ރައީސް ޑރ މުހައްމަދު މުޢިއްޒު
ހަބަރު
02 Jun 2024 | 11:26
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދޭން ނިންމުމުން ރައީސް މުޢިއްޒު މަރުހަބާ ދަންނަވައިފި

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ދޭން ނިންމި ނިންމުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ދަންނަވައިފިއެވެ. 

ސުވިޓްޒަލޭންޑުގެ ޖެނީވާގައި ކުރިއަށް ދިޔަ 77ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ވަނީ ދުނިޔޭގެ ސިއްޙަތު ޖަމުޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ދޭން ނިންމާފައެވެ. އެގޮތުން ފަލަސްތީނަށް މެންބަރުކަން ދިނުމަށް ރާއްޖެއިންވެސް ވަނީ ވޯޓު ދީފައެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ނިންމި މި ތާރީޚީ ނިންމުމާއެކު، ވޯޓުލުން ފިޔަވާ، އެހެން ގައުމުތަކަށް ލިބޭ ހުރިހާ ޙައްޤެއް ފަލަސްޠީނަށްވެސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގައި ލިބިގެންދާނެއެވެ.

މި ނިންމުމަށް މަރުހަބާ ދަންނަވައި ރައީސް މުޢިއްޒު ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއއގައި ވިދާޅުވީ، ފަލަސްތީނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މެންބަރުކަން ދިނުމަށް ރާއްޖެއިން ދިން ވޯޓަކީ، ފަލަސްތީނުގެ ދައުލަތް ބަލައިގަނެ، އެގައުމަށް ބައިނަލްއަގުވާމީ ޖަމިއްޔާތަކުން މެންބަރުކަން ދިނުމަށް ދިވެހިން ގޮވާލަމުންދާ ގޮވާލުމަށް ދިން އިޖާބައެއް ކަމަށެވެ. އަދި ހެލްތު އެސެމްބްލީގެ އެ ނިންމުމަކީ ސުލްހައިގެ މަގަށް އެޅުނު ފިޔަވަޅެއް ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.   

ފަލަސްތީނަށް ދުނުޔޭގެ ސިއްހަތު ޖަމިއްޔާވެ މެންބަރުކަން ދިނުމަށް ނިންމި ނިންމުމަށް މަރުހަބާ ދަންނަވައި ސިއްހަތާ ބެހޭ ވުޒާރާގެ ވަޒީރު ޑރ.ޢަބްދުالله ޚަލީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވަނީ ފަލަސްޠީނުގެ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ފުރިހަމަ ލަފާފުޅާއެކު އިސްލާމީ ޤައުމުތަކާއެކު ވާރލްޑް ހެލްތު އެސެމްބްލީގައި ރާއްޖޭން ވަރަށް ބޮޑަށް ވަކާލާތުކޮށްފައިވާނެ ކަމަށް ވިދާޅުވެފައެވެ.

ސްވިޓްޒަރލޭންޑުގެ ޖެނީވާގައި ބޭއްވި ވޯލްޑު ހެލްތު އެންސެމްބުލީގައި ރާއްޖޭގެ ފަރާތުން ސިއްޙީ ވަޒީރު ޚަލީލުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ވޯލްޑް ހެލްތު އެސެމްބްލީގައި ފަލަސްތީނާއި ގުޅޭގޮތުން ނެގި ވޯޓުގައި ރާއްޖެއިން ވަނީ އެޤައުމުގެ ސިއްޙީ ހާލަތު ރަނގަޅު ކުރުމަށް ވޯޓު ދީފައެވެ. 192 ޤައުމެއްގެ ހެލްތު މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި މި އެސްމްބްލީގެ މިއަހަރުގެ ޝިއާރަކީ "އޯލް ފޯ ހެލްތު، ހެލްތު ފޯ އޯލް' އެވެ. އެގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ ސިއްހީ ގޮންޖެހުންތަކާއި ކުރިމަގުގައި އިސްކަންދޭނެ ދާއިރާތަކާއި ގުޅޭގޮތުން މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ސްޓޭޓް ފާމާއިން އެސްޓްރަޒެނިކާއާ ގުޅިގެން މަސައްކަތް ފަށައިފި
ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ބޭސް ލިބުން ހަރުދަނާކުރުމާ ގުޅޭ ގޮތުން ސްޓޭޓް ފާމާއިން ޔޫރަޕްގެ ބޮޑު ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނިކާގެ މަންދޫބުންނާ މިއަދު ބައްދަލުކޮށް މަޝްވަރާ ފަށައިފިއެވެ.
05 Aug 2026
ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ އިސްލާހެއް
ރަށްރަށާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތަކާއި ތަންތަން، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް ނެގޭގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ