ސްޓެލްކޯ-- ފޮޓޯ: ވޮއިސް
ހަބަރު
03 Jun 2024 | 15:52
ކަރަންޓު ބިލުތަކާއި ގުޅިގެން މިހާތަނަށް ސްޓެލްކޯއަށް 6،794 ޝަކުވާ!

ކަރަންޓު ބިލުތަކާއި ގުޅިގެން ޝަކުވާ ހުށައެޅުމަށް ސްޓެލްކޯއިން ހުޅުވާލުމާއި އެކު، މިހާތަނަށް އެކަމާއި ގުޅޭ 6،794 ޝަކުވާ ލިބިފައިވާކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ އޭގެ ތެރޭގައި 659 ފޯނުކޯލު ހިމެނޭ އިރު މި ހުރިހާ ފޯން ކޯލަކަށް އެޓެންޑްވެފައިވާ ކަމަށާއި، މީގެ އިތުރުންވެސް، ކަރަންޓު ބިލުތަކާއި ގުޅިގެން ވައިބަރ، ވަޓްސްއެޕް، ޓެލެގްރާމް، ފޭސްބުކް އަދި ވެބްސައިޓް މެދުވެރިކޮށް 6135 މެސެޖް ލިބިފައިވާކަމަށެވެ.

ކަރަންޓު ބިލުތަކާއި ގުޅިގެން ހުށަހަޅަން ޖެހޭ މައްސަލަތައް އެ ކުންފުނީގެ ސާވިސް ނަންބަރު ކަމަށްވާ 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ، [email protected] އަށް މެއިލް ކުރުމަށް ވެސް ސްޓެލްކޯއިން އެދެއެވެ.

ސްޓެލްކޯއިން ބުނީ، ކަރަންޓުބިލާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ސްޓެލްކޯއިން މިފަދައިން އެދިފައިވަނީ، އެ ކުންފުނިން އެންމެ ފަހުން ފޮނުވި ކަރަންޓު ބިލުތައް އާދަޔާ ޚިލާފަށް ބޮޑުވި މައްސަލައާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށެވެ.

ކޮމެންޓް
އަލީބެ
6000 މީހުން ހުށަހެޅީމަ އޭސީސީ މިކަން ބަލަން ނޫޅެނީ އިންޓްރެސްޓިން ކަމެއް މީން ވާންނެތީމާތަ
03 Jun 2024
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.