އެމްއެމްސީގެ މެންބަރުންނާއި ނޫސްވެރިން ތަމްރީނު ދަތުރެއްގައި ޕާކިސްތާނަށް ފުރުން:
ހަބަރު
03 Jun 2024 | 17:54
އެމްއެމްސީގެ މެންބަރުންނާއި ނޫސްވެރިން ތަމްރީނު ދަތުރެއްގައި ޕާކިސްތާނަށް

މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާއި ނޫސްވެރިންތަމްރީނު ދަތުރެއްގައި ޕާކިސްތާނަށް މިއަދު ފުރައިފިއެވެ.

03 ޖޫން 2024 އިން 10 ޖޫން 2024 ގެ ނިޔަލަށް ކުރިއަށް ދާ މި ތަމްރީނު ދަތުރަކީ، ދިވެހި ނޫސްވެރިން ތަމްރީނުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް، އެމްއެމްސީން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން، ޕާކިސްތާނުގެ އެމްބަސީއާއެކުވެފައިވާ މަޝްވަރާތަކުގެ ދަށުން އެ ޤައުމުން ދީފައިވާ ފުރުސަތެއް ކަމަށް އެ ކައުންސިލުން ބުނެއެވެ. 

​​​ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ހުންނަ "އިންފޮރމޭޝަން ސަރވިސް އެކަޑަމީ" ގައި ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގައި، މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވަނީ، ކައުންސިލުގެ ރައީސް އަޙްމަދު މުސްޠަފާގެ އިތުރުން މީޑިއާ ތަމްސީލުކުރައްވާ  މެންބަރުންކަމުގައިވާ މެންބަރު މޫސާ ރަޝީދު، މެންބަރު މުޙައްމަދު ސިމާޢު އަދި މެންބަރު މުޙައްމަދު އަފްރާހްއެވެ. އަދި މީޑިއާތަކަށް ހުޅުވާލި ފުރުސަތުގައި ނޮމިނޭޓްވެފައިވާ ނޫސްވެރިޔާ އިބްރާހިމް ސަނީހްވެސް މި ދަތުރުގައި ބައިވެރިވެއެވެ. 

​​​އެމްއެމްސީން ބުނެފައިވާ ގޮތުން މި ދަތުރުގައި ތަމްރީނުތަކުގެ އިތުރުން އެ ޤައުމުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގ ގެ އިސްވެރިންނާ ބައްދަލުކުރުމާއި، މީޑިއާއާ ގުޅުންހުރި މުހިންމު ތަންތަނަށް ޒިޔާރަތްކުރުންވެސް އޮންނާނެއެވެ. 

ޕާކިސްތާނަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނުޕްރޮގްރާމްތަކެއް ހިންގުމަށާއި، ޕާކިސްތާންގެ ތައުލީމީ ޚިދުމަތްދޭ މަރުކަޒުތަކުގެ މާހިރުންދިވެހިރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމަށާއި، އަދި ކުރު މުއްދަތާއި ދިގުމުއްދަތުގެ ސްކޮލާޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުންދިވެހިރާއްޖޭގައި ހުންނަވާ ޕާކިސްތާން އެމްބަސެޑަރ ވައިސް އެޑްމިރަލް (ރިޓަޔާޑް) މުޙައްމަދު ފައްޔާޒް ގިލާނީއާ އެކު މީޑިއާ ކައުންސިލުން މަޝްވަރާކޮށްފައިވަނީ 12 މެއި 2024ގައެވެ.

އަދި މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕާކިސްތާންގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އާއި ދެމެދު މިހާރު ކުރިއަށްދާ ދަތުރުގެ ތެރެއިން ފަހުމުނާމާއެއްގައި ސޮއިކުރުމަށް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންވެސް އެމްއެމްސީން ފާހަގަކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް