ރަފާ ބޯޑަރ ސަރަހައްދު
ދުނިޔެ
04 Jun 2024 | 11:48
ރަފަޙް ބޯޑަރު ހުޅުވޭނީ އިސްރާއީލުން އެތަނުން ދުރަށް ޖެހުމުން: މިސްރު

ފަލަސްތީނާއި މިސްރު ގުޅޭ ސަރަހައްދީ އިމުގައިވާ ރަފަޙް ހުރަސް އަލުން ހުޅުވޭނީ އިސްރާއީލުން އެސަރަހައްދުން ފަހަތަށް ޖެހުމުންކަމަށް މިސްރުން ބުނެފިއެވެ.

އިސްރާއީލާއި މިސްރު އަދި އެމެރިކާ ބައިވެރިވެގެން، ސަރަހައްދީ ރޮނގު ހުޅުވާލުމާ ގުޅޭ މަޝްވަރާތަކެއް އިއްޔެ މިސްރުގެ ވެރިރަށް ޤާހިރާގައި ކުރިއަށްދިޔައެވެ.

ވަކިގޮތަކަށް މި ބައްދަލުވުމުގައި ނިމިފައި ނުވިނަމަވެސް، މިސްރުން ވަނީ އިސްރާއީލުން ސަރަހައްދީ އިމުގެ ފަލަސްތީން ފަޅިން ދުރަށް ނުޖެހެނީސް ސަރަހައްދީ އިން ހުޅުވާނުލާނެކަމަށް ތަކުރާރުކޮށް ބުނެފައެވެ.

ޣައްޒާގެ ދެކުނުގައި، މިސްރާއި އިންވެގެން އޮންނަ ރަފަޙް ބޯޑަރު އިސްރާއީލުން ހިފީ މިހާރު ޔަހޫދީ ސިފައިން ފަލަސްތީނުގައި ހިންގަމުންދާ ޢުދުވާނުގައި، މިދިޔަ މެއި މަހުއެވެ. އެއާއެކު ޣައްޒާއަށް އެހީ ފޮނުވުމަށް އޮތް ހަމައެކަނި މަގު ބަންދުވިއެވެ.

އެހެންނަމަވެސް މިދިޔަ ހަފްތާގައި މިސްރުން ވަނީ ޣައްޒާއާއި އިންވެގެން، އިސްރާއީލުން ވެރިވެގެންފައިވާ ބިމުގައި އޮންނަ ކެރެމް ޝަލޮމް ހުރަސް މެދުވެރިކޮށް ޣައްޒާއަށް އެހީ ފޮނުވާފައެވެ. ބައިނަލްއަޤްވާމީ އެހީދޭ ފަރާތްތަކުން ވަނީ ރަފަޙް ހުރަސް ހުޅުވާނުލައިފިނަމަ ޣައްޒާގެ ޙާލަތު އިތުރަށް ގޯސްވާނެކަމުގެ އިންޒާރު ދީފައެވެ.

ފަލަސްތީނުގެ އޮފިޝަލުން އަލުން ރަފަޙް ހުރަސް ބަލަހައްޓަން ފެށުމުން، އެތަން ހިނގާގޮތް ބެލުމަށް ވިލާތުގެ އިއްތިޙާދުގެ މޮނީޓަރުންނަށް ފުރުސަތު ދިނުމަށް ތައްޔާރަށް ތިބިކަމަށްވެސް މިސްރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.