ޕީއެންސީ ޕީޖީ-- ފޮޓޯ: މަޖިލިސް
ހަބަރު
04 Jun 2024 | 15:19
ބިލު ބޭރުކުރީ ވަކި ކަމަކަށް ޓާގެޓްކޮށްފައި އޮތީމަ، މިކަމުން ގޯތި ލިބުމަކަށް ހުރަހެއް ނޭޅޭނެ: ޕީއެންސީ

ބަންޑާރަ ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓް ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ފަރާތްތަކާއި ގޯތި ހަވާލުކުރަންޖެހޭ ކަމަށް ބުނެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރު ކުރީ އެ ބިލުގައި ވަކި ކަމަކަށް ޓާގެޓް ކޮށްފައި އޮތުމުން ކަމަށާއި، މި ކަމުގެ ސަބަބުން ގޯތި ލިބުމަށް ހުރަހެއް ނޭޅޭނެކަމަށް ޕީއެންސީ އިން ބުނެފިއެވެ.

ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ މި ނިންމުމާއި އެކު،  ރައްޔިތެއްގެ އަސާސީ ހައްގަކަށް އަސަރު ނުކުރާނެކަމަށެވެ. އަދި މިހާރުވެސް ބިމާ ބެހޭ ގާނޫނު އޮތް ގޮތުން އެ ގާނޫނުގެ ދަށުން ގޯތީގެ ރަޖިސްޓްރީ ދޫކުރަމުންދާކަމަށާއި، ބިލު ބޭރުކުރިޔަސް އެ ރަޖިސްޓްރީތައް ދޫކުރުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ހުސްނީ ވިދާޅުވިއެވެ.

"މިއަދު ނިންމި ނިންމުގެ ސަބަބުން އެ ރަޖިސްޓްރީތައް ދޫކުރުމަށް އެއްވެސް ހުރަހެއް ނެތް"

ހުސްނީ ވިދާޅުވިއެވެ.

ހުސްނީ އިތުރަށް ވިދާޅުވީ، މި އިސްލާހު އެންމެ ފަހު ވަގުތު 19 ވަނަ މަޖިލީހުން ހުށަހަޅައިގެން ފާސްކޮށްފައި އޮތްއިރު ތިން މަސް ތެރޭގައި ވަކި ރަޖިސްޓްރީ ތަކެއް ދޫކޮށްފައި އޮތް އޮތުން އެއީ ހެޔޮ ނިޔަތެއްގައި ކޮށްފައި އޮތް ކަމެއްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި ބިލު މަޖިލީހުން ބޭރު ކުރުމަށް ނިންމީ ވަކި ކަމަކަށް ޓާގެޓްކޮށްގެން ފާސްކޮށްފައި އޮތް ބިލަކަށްވާތީ، އޭގެ ސަބަބުން ފުށުއަރާ އެތައް ކަންތައްތަކެއް ހުރުމުން ކަމަށެވެ.

ހުސްނީގެ އިތުރުން، ޕީއެންސީ ޕީޖީ ގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވީ، ގިނަ އަދަދެއްގެ ގޯތި ދީފައި ހުރީ އަދި ނުހިއްކާ ބިންތަކުން ކަމަށްވާއިރު، އެކަމުގައި ގާނޫނާއި ފުށުއަރާ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދުމަށް ބިމުގެ ބިލްގެ ނަމުގައި މި ސަރުކާރުން އާ ބިލެއް ހުށަހަޅާފައިވާ ކަަމަށާއި އެ ބިލް މެދުވެރިކޮށް މިހާރު ގޯތި ލިބިފައި ހުރި ފަރާރްތަކަށް އަދި ފްލެޓްތަކާއި، ކޮންމެ ސަރުކާރަކުން ގޯތި ދިނަސް ރައްކާތެރިވެގެން ދާނެކަމަށް ފަލާހް ވިދާޅުވިއެވެ.

"ބައެއް ބޭފުޅުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކޮށްފައި އޮތް އިރުގައި އެ ގޯތި އޮތް ތަނެއް އަދިވެސް އޮތީ ސާފުނުވެ. ގިނަ އަދަދެއްގެ ބޭފުޅުންނަށް ގޯތިތައް ދީފައި ހުރީ އަދި ނުހިއްކާ ބިންތަކުން. އެހެންވީމާ ރަޖިސްޓްރީއަކީ މިހާރު މި އޮތް ބިމާބެހޭ ގާނޫނަށް ބަލައިފި ކަމަށްވާ ނަމަ ފުށުއަރާ އެކަމާ ދޭތެރޭ ވަރަށް ބޮޑަށް ގާނޫނީ ގޮތުން މައްސަލަތައް ހުރި ކަންކަމަށް އެބަވޭ،"

ފަލާޙް ވިދާޅުވިއެވެ.

ބިމާއި ބެހޭ މި ބިލު ހުށަހަޅުއްވާފައިވަނީ ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ. 35 މެންބަރުންގެ ވޯޓުން ބިލު ފާސްކުރުމަށް ފަހު ތަސްދީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވުމުން އެމަނިކުފާނު ވަނީ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ
01 Jul 2026
ދާރުލް އާސާރުގެ ބޮޑު މަރާމާތެއް މީގެ ކުރިން ކޮށްފައެއް ނެތް
ދާރުލްއާސާރު މަރާމާތުކުރުމަށްޓަކައި މުހިންމު ޕްރޮޖެކްޓެއް ފެށުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އަދި، އެކަމަށް ޗައިނާ ސަރުކާރުގެ އެހީ ލިބިފައިވާ ކަމަށާ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
01 Jul 2026
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ އަކަށް ފިރުޒުލް އައްޔަނުކޮށްފި
މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، މުޙައްމަދު ފިރުޒުލް ޢަބްދުالله ޚަލީލް އައްޔަނުކޮށްފިއެވެ.
01 Jul 2026
ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރާ ބިލު މަޖިލިހުން ފާސްކޮށްފި
މެންބަރު ވަނީ މިހާރު 8 ރުފިޔާ އަށް ހުރި ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 4 ރުފިޔާ އަށް ކުޑަކުރުމަށް ހުށަހަޅައިފައެވެ. އަދި އެޑްވެލޮރަމް ޑިއުޓީގެ ގޮތުގައި ނަގާ 50 އިންސައްތަ، 30 އިންސައްތައަށް ދަށްކޮށް، ހީޓް ޓޮބޭކޯ ޕްރޮޑަކްޓްސް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތަކުން ނަގާ ޑިއުޓީވެސް މި މިންގަނޑުން ކުޑަކުރުމަށް ވަނީ ހުށަހަޅައިފައެވެ.
01 Jul 2026
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނަން
2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ފަޒާގެ މަރުކަޒަށް ފީފާ ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް، އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ފުޓުބޯޅައެއް ނުފޮނުވާހާ ދުރަށް، އެބޯޅަ ހަނދަށް ފޮނުވާލާނެ ކަމަށް އައިސެކްމަން ވިދާޅުވިއެވެ.
01 Jul 2026
ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓުގައި އެސްޓީއޯއިން
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާއެކު ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް އޭސީތައް ޚާއްޞަ ޕްރޮމޯޝަނާއެކު ވިއްކަން ފަށައިފައިވާއިރު ހަތަރު ސައިޒެއް ޑިސްކައުންޓް އަގުގައި ލިބެން ހުންނާނެއެވެ.
01 Jul 2026
މިނިވަން 60 ފާހަގަކުރަން 4.1 މިލިއަން ރުފިޔާ ޚަރަދުކުރި: ހީނާ
މިނިވަން 60 ފާހަގަކުރުމަށް ޘަޤާފަތާބެހޭ ވުޒާރާއިން 4.1 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ.