މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު-- ފޮޓޯ: މަޖިލިސް
ހަބަރު
04 Jun 2024 | 14:55
ނިސްބަތްވާ ރަށަކަށް ބެލުމުގެ ބަދަލުގައި، ބަންޑާރަ ގޯތި ނެތްނަމަ ގޯތި ލިބެންޖެހޭ: ހުސްނީ

ނިސްބަތްވާ ވަކި ރަށަކަށް އިސްކަން ދިނުމުގެ ބަދަލުގައި، ބަންޑާރަ ގޯތި ނެތް ކޮންމެ ދިވެއްސަކަށް ގޯތި ލިބެންޖެހޭ ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކު ވިދާޅުވެއްޖެއެވެ.

މިއަދު ޕީއެންސީ ޕީޖީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހުސްނީ ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ހަމައެކަނި މާލެ ތޮއްޖެއްސުމުގެ ބަދަލުގައި، އާބަން ސެންޓަރުތަކެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކުރުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރު ފެނިގެން ދަނީ މާލެއިން ގޯއްޗަށް އެޕްލައިކުރެވިގެން މިދަނީ މާލެ ރައްޔިތުންނަށް. ތުރާކުނުން ތުރާކުނު ރައްޔިތުންނަށް އިސްކަންދޭން އެބަ ޖެހޭ. އެ ރަށަކުން އެ ރަށެއްގެ ރައްޔިތުންނަށް އިސްކަންދޭން ޖެހޭ. އެހެންނަމަވެސް އަޅުގަނޑު ގަބޫލުކުރަން ބަންޑާރަ ގޯތި ނެތް ކޮންމެ ދިވެއްސަކަށް ގޯތި ލިބެންޖެހޭ ކަމަށް. އެއީ ވަކި އެ މީހަކު ނިސްބަތްވާ ރަށަކުން އިސްކަންދެވިގެން ނުވާނެ،" 

ހުސްނީ ވިދާޅުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ބަހުސް ކުރައްވަމުން ހުސްނީ ވަނީ ބިމާއި ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައި، ވަކި މުއްދަތެއްގެ ތެރޭގައި ގޯތިތައް ހަވާލު ކުރަން ލާޒިމު ކުރާއިރު، ފުރަތަމަ ގޯތިތައް ދޫކުރީ ބިމާއި ބެހޭ ގާނޫނާއި އެއްގޮތަށްތޯ ސުވާލު އުފައްދަވާފައެވެ.

ބަންޑާރަ ގޯތި ދޫކުރުމުގައި ދާއިމީ އެޑްރެހަށް ބަލާ ބެލުން ދޫކޮށްލަން ޖެހޭ ކަމަށާއި، ރަށަކުން ބަންޑާރަ ގޯއްޗަށް ހުޅުވާލުމުން، ރަށްވެހިންނަށް އިސްކަންދޭ ދިނުން ނިމުމަކަށް ގެނެސް ގޯތި ނެތް ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ރާއްޖޭގެ ބިމުން ބަންޑާރަ ގޯއްޗަށް ކުރިމަތިލުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ހުސްނީ ވިދާޅުވިއެވެ.

ކޮމެންޓް
ޢަމީން
މިއޭ މިބުނާ ވާހަކަޔަކީ އިންސާފުވެރި ގާނޫނު ހެދޭނީ އިންސާފު ދަންނަ އިލްމާ ގާބިލްކަން ހުންނަ މީހަކު މިކަމަށް ނިކުމެގެންނޭ ސާބަހޭ ހުސްނީ
04 Jun 2024
ޔޫ އެން
ބަލަ ރަށު މީހާ އައްވެސް ގޯތިނުދީގެން ނުން މިއުޅެނީ..... ގޯތި އިތުރު ކޮއްދޭނެ ކަމަށް މިނިސްތަރު ބުނެފަ ވެސް... އިތުރު ކޮއްލަ ދޭން ބުނީމަ އެކަންވެސް ކޮއް ނުދިން ބައެކޭ ތީ.......
05 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.