ބޮޑުވަޒީރު މޯދީ އަދި ރާހުލް ގާނދީ
ދުނިޔެ
04 Jun 2024 | 22:46
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ޖާދޫ ކެނޑި ހިންދޫ ވަތަނީ ދީނީކާޑު ފޭލްވީތަ؟

އިންޑިއާގެ މިއަހަރުގެ ލޯކްސަބާ އިންތިޚާބުގައި ތިންވަނަ ޓާމަކަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޮވިވަޑައިގެންފިކަމަށް އިންތިޚާބީ ނަތީޖާ ދެއްކިނަމަވެސް އިންތިޚާބަށްފަހު ނެގި އެކްޒިޓް ޕޯލްތަކުން ބީޖޭޕީ ބޮޑުތަކުން ކާމިޔާބުކުރާނެކަމަށް ދެއްކިދެއްކުން ދިމާނުވެ އިންޑިޔާގެ ހިންދޫންގެ ބައިބޯތަންތަނުން ބީޖޭޕީއަށް ހީވެސް ނުކުރާފަދަ ބޮޑު ނާކާމިޔާބެއް ކުރިމަތިވެއްޖެއެވެ. އަދި ސަރުކާރެއް އުފެއްދުމަށް ބީޖޭޕީއަށް ފުރުސަތު ލިބުނު ނަމަވެސް މިއީ އެޕާޓީއަށް ސަރުކާރެއް އުފެއްދުމަށް ބޭނުންވާ ވަރަށް ގޮނޑި ނުލިބި އެހެން ޕާޓީތަކާއި ގުޅިގެން ސަރުކާރެއް އުފެއްދުމަށް ޖެހުނު ފުރަތަމަ ފަހަރުވެސް މެއެވެ.

އިންތިޚާބުގައި އިންޑިއާގެ ރައްޔިތުން ވޯޓްލަމުންދިޔައިރު ބޮޑުވަޒީރު މޯދީ ގެންދެވީ އޭނާއަކީ ހިންދޫ އިލާހު މަތިން ޚާއްސަ މަގްސަދެއް ފުރިހަމަކުރުމަށް މިދުނިޔެ މައްޗަށް ފޮނުވާފައިވާ ފަރާތެއްކަމަށް ދައުވާ ކުރަމުން އިންޑިއާގެ އާބާދީގެ 80 އިންސައްތަ ނިސްބަތްވާ ހިންދޫގެ ހިތް އޭނާއަށް އަނބުރުވާލެވޭތޯ ވަރުގަދަ ޕްރޮޕެގެންޑާ ކެމްޕޭނެއް ކުރައްވަމުންނެވެ. އެކަމަކު އިންތިޚާބުގެ ނަތީޖާ އިއުލާން ކުރިއިރު އިންޑިއާގެ ހިންދޫން އެންމެ ގިނަ އުއްތަރަ ޕްރަދޭޝްއިން ލިބުނީ ނާކާމިޔާބެވެ. އުއްތަރަ ޕްރަދޭޝައަކީ މޯދީއަށްފަހު ދެން ބީޖޭޕީގެ ވެރިކަމަށް އަންނާނެ ކަމަށް ގިނަ މީހުން ބަލާ ހަރުކަށި ޔޯގީއަދިތުޔާނާތު ޗީޕް މިނިސްޓަރުކަން ކުރާ ސްޓޭޓެވެ. އެސްޓޭޓްގައި އިސްލާމުންނަށް ވަރަށް އިހާނެތިކޮށް ހިތައި އެތައްބަޔަކު ދިރިތިއްބައި އަންދައި ހަދާފައިވެއެވެ. އުއްތަރަޕްރަދޭޝްގެ ރައްޔިތުން މި އިންތިޚާބުގައި ބީޖޭޕީ ކުޅުނު ދީނީކާޑާއި ހިންދޫ ވަތަނީ ކާޑު ބޮލާލާޖަހައި އެސްޓޭޓްގެ ބާރުދިނީ ކޮންގްރެސް ގުޅިފައިވާ އިންޑިއާ އެލަޔަންސަށެވެ. އެންމެ ހައިރާންވީ އަޔޯދިޔާގެ މިސްކިތް ތަޅައިލައި އެތާގައި އާދަޔާއި ޚިލާފް ބޮޑު ފައްޅިއެއް އެޅި ހިސާބުގައިވެސް ރައްޔިތުން ބީޖޭޕީއަށް ވޯޓް ނުދިން ކަމެވެ. ބީޖޭޕީ ވެރިކަންކުރި ހަރިޔާނާ ސްޓޭޓާއި ރާޖަސްތާން ސްޓޭޓްގައިވެސް ކުރިމަތިވީ ނާކާމިޔާބެވެ.

މި އިންތިޚާބުގައި ބީޖޭޕީ ކެމްޕެއިން މޮޓޯއަކަށް ހެދީ މޯދީސަރުކާރު ޔަގީން އެވެ. ހުރިހާއެއްޗަކީ މޯދީއެވެ. މޯދީއަކީ ކަލާނގެފަދަ މާތް މީހެކެވެ. މޯދީއަކީ އިންޑިއާއެވެ. އިންޑިއާއަކީ މޯދީއެވެ. މޯދީއަކީ އިންޑިއާގެ ތަރައްގީއެވެ. ތަރައްގީއަކީ މޯދީއެވެ. ކެމްޕެއިންގައި މޯދީ ޔަގީންކަމާއެކު ވިދާޅުވަމުން ގެންދެވީ ލޯކްސަބާގެ 543 ގޮނޑީގެތެރެއިން 400 ގޮނޑި ބީޖޭޕީން ނަގާނެ ކަމަށެވެ. އެކަމަކު އެޕާޓީއަށް ލިބުނީ 239 ގޮނޑިއެވެ. މިއީ އެޕާޓީއަށް އެކަނި ސަރުކާރެއް އުފެއްދުމަށް ބޭނުންވާ މެޖޯރިޓީއަށްވުރެ ދަށް އަދަދެކެވެ. ސަރުކާރެއް އުފެއްދެނީ އެޕާޓީއާއި ގުޅިފައިވާ ކޯލިޝަނާއެކު ލިބުނު 292 ގޮނޑިންނެވެ. ކޮންގްރެސް ހިމެނޭ އިންޑިއާ އެލަޔަންސަށް ލިބިފައިވަނީ 232 ގޮނޑިއެވެ.

އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ސިފަކުރާ ގޮތުގައި މޯދީއަކީ އިންޑިއާގެ ފަހުގެ ތާރީޚްގައި އުފެދުނު އެންމެ ޚުދު މުޚްތާރު ލީޑަރެވެ. އިންޑިއާގެ ސަލާމަތީ އިދާރާތަކާއި މިނިވވަން ހުރިހާ މުއައްސަސާތަކެއް އޭނާވަނީ ކޮންޓްރޯލް ކުރައްވާފައެވެ.  އިދިކޮޅު އެތައް ލީޑަރުންނެއް އެކި ތުހުމަތުގައި  އިންތިޚާބާއި ކުރިމަތިވިއިރު ވަނީ ޖަލަށް ލާފައެވެ. އެކަމަކު އުޑުގައި އލިގަދަކޮށް ފިޔަޖަހަމުންދިޔަ މޯދީގެތަރި މިއިންތިޚާބުގައި ވަނީ އަލިކަން ފަނޑުވެފައެވެ. ރައްޔިތުން ވޯޓްދޭން އިސްކަންދިނީ ވަތަނީ ކާޑާއި ދީނީ ކާޑުގެ ބަދަލުގައި ވަޒީފާ ނެތުމާއި ކާބޯތަކެތީގެ އަގު މަތިވުމުގެ މައްސަލައަށެވެ.

އިންޑިއާގެ މުޙައްލިލުން ބުނާގޮތުގައި މުޅި އިންތިޚާބަށް ބަލާއިރު އެންމެ ބޮޑު ކާމިޔާބެއް ހޯދީ ކޮންގްރެސް ޕާޓީއެވެ. އެޕާޓީގެ ލީޑަރ ރާހުލް ގާނދީއެވެ. އިންޑިއާގެ ޕޮލިޓިކްސްގައި ރާހުލް ގާނދީގެ އަގުވައްޓައިލުމަށްޓަކައި " ޕައްޕޫ" " ޝަހެޒާދާ" އޭ ކިޔައި ވަނަން ހަރުކޮށް މިހާތަނަށް ބީޖޭޕީން ކުޅުނު ކުޅިގަނޑު ރައްޔިތުން ބަލައި ނުގަނެ އޭނާ ވާދަ ކުރެއްވި ދެ ދާއިރާއިންވެސް ބޮޑު ތަފާތަކުން މިފަހަރު ބީޖޭޕީގެ ކެންޑިޑޭޓުން ބަލިކޮށްފައިވެއެވެ. މިއިންތިޚާބަކީ ބީޖޭޕީގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް އިންޑިއާގައި ޕާލަމެންޓަށް ބާރުގަދަ އިދިކޮޅު ޕާޓީއެއް އަންނަ ފަހަރެވެ.

އެކަމަކު ބީޖޭޕީގެ ވެރިކަމުގައި މިހާތަނަށް ފެނުނު މަންޒަރަކީ އެޕާޓީއަކީ އިދިކޮޅު ޕާޓީތަކުގެ ސްޓޭޓް ސަރުކާރުތަކުގެ ޕާލަމެންޓް މެންބަރުން ގަނެގެން ސަރުކާރުތައް ވައްޓާލުމުގެ ކުޅަދާނަ ޕާޓީއެއް ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.