މޯދީ ، އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރަނީ --- ފޮޓޯ: އިންޑިއާޓްޑޭ
ދުނިޔެ
04 Jun 2024 | 22:51
މޯދީއަށް އެކަނި ސަރުކާރު އެކުލަވާލެވޭ ވަރަށް ގޮނޑި ނުލިބުނު!

އިންޑިއާގެ ވެރިކަން ކުރާ ޕާޓީ، ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ނުވަތަ އިންޑިއާގެ މިހާރުގެ ބޮޑުވަޒިރު ނަރެންދުރަ މޯދީއަށް އެމަނިކުފާނު އެކަނި ސަރުކާރެއް އެކުލަވާލެވޭ ވަރަށް އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ނުކުރެވުނު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރަސްމީ ނަތީޖާ އިއުލާނު ކުރުމަށް އަދި ވަގުތު ނަގާނެ ކަމަށް ބެލެވިފައިވީ ނަމަވެސް މިހާތަނަށް ނަތީޖާ ނުކުމެފައިވާ ގޮތަށް ބަލާއިރު ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ގޮނޑިތައް،  މޯދީގެ ޕާޓީއަށް އެކަނި ސަރުކާރެއް އެކުލަވާލެވޭވަރަށް ކާމިޔާބު ނުކުރެވުނަސް ލޮކް ސަބާގެ އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރާނީ ބީޖޭޕީ ހިމެނޭ ނޭޝަނަލް ޑިމޮކްރަޓިކް އެލަޔަންސް (އެންޑީއޭ) އިން ކަމަށް ވަނީ ކަށަވަރު ވެފައެވެ.

އިންޑިއާގައި މިއަދު ބޭއްވި އާންމު އިންތިހާބުން މިހާތަނަށް ގުނާފައިވާ ފޮށިތަކުން، އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ 543 ގޮނޑީގެ ތެރެއިން ބީޖޭޕީއަށް ލިބިފައިވަނީ 240 ގޮނޑިއެވެ. އިންޑިއަން ނޭޝަނަލް ކޮންގްރެސް އިންވަނީ 99 ގޮނޑި ނަގާފައެވެ.

މި ނަތީޖާ އައިސްފައިވާއިރު، އެގައުމުގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީ އޭނާގެ މަގާމު ދިފާއު ކުރަން ބޭނުންވާނަމަ، ދެން ޖެހޭނީ އިތުރު ޕާޓީތަކާއެކު ކޯލިޝަން ހަދާށެވެ.

މީގެ ކުރިން ބީޖޭޕީން ބަލާފައިވަނީ މި އިންތިހާބުގައި 400 އަށްވުރެ ގޮނޑި ކާމިޔާބު ކުރެވޭނެކަމަށެވެ. އެ ޕާޓީން އިންތިހާބުގެ ކެމްޕޭނު ކޮށްފައިވަނީ ވެސް 400 ގޮނޑި ލިބޭނެ ކަމަށް ބަލައިގެންނެވެ.

މި ނަތީޖާއާއި އެކުވެސް މޯދީ ވިދާޅުވެފައިވަނީ ރައްޔިތުން އިތުބާރާއި އެކީ އޭނާއަށް އިތުރު ދައުރެއް ދިނުމުން ރައްޔިތުންގެ ފަރާތުން ސަރުކާރަށް އޮތް އިތުބާރު ހާމަވެފައިވާ ކަމަށެވެ. އަދި މިއީ ތާރީހީ ކާމިޔާބީއެއް ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.

ކޯލިޝަން ހަދައިގެން މޯދީ އިތުރު ދައުރެއް ކަށަވަރުކޮށްފިނަމަ، އޭނާ ވެގެން ދާނީ، އެގައުމުގެ ކުރީގެ ބޮޑު ވަޒިރު، ޖަވާހިރުލާލް ނެހުރޫއަށްފަހު، ތިން ވަނަ ދައުރެއް ކާމިޔާބު ކުރާ ފުރަތަމަ ބޮޑު ވަޒީރަށެވެ.

އިންޑިއާގެ އާއްމު އިންތިޚާބުގައި ލޮކްސަބާއަށް 543 މެމްބަރުން އިންތިޚާބު ކުރަނީ 5 އަހަރުގެ ދައުރަކަށެވެ. މި އިންތިޚާބުގައި ގާތްގަނޑަކަށް 970 މިލިއަން މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިފައިވެއެވެ. އެއީ ދުނިޔޭގެ އާބާދީގެ 10 އިން ސައްތައެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ގާތްގަނޑަކަށް 642 މިލިއަން މީހުން ވޯޓުލީ ކަމަށް ވަނީ ބެލެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.