ވަޒީރު އަލީ އިހްސާން:ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Jun 2024 | 11:04
ގާނޫނާ ފުށުއަރާ ހިނދުގައި އެއީ ވަޒީރެއްތޯ، މެންބަރެއްތޯ ބެލުމެއް ނޯންނާނެ: އިހްސާން

ދިވެހި ރައްޔިތުން، ފުލުހުންގެ ފަރާތުން އެދެނީ، އެމީހަކީ ވަކި ފަންތިއެއްގެ މީހެއްތޯ ބެލުމެއްނެތި ހަމަހަމަ ކަމާއިއެކު، ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށާ، ގާނޫނާއި ފުށުއަރާ ހިނދުގައި އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ، އޭނާއަކީ މަޖިލިސް މެންބަރެއްތޯ ބަލައިގެން ނުވާނެ ކަމަށް، ދާޚިލީ ސަލާމަތާއި ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިހްސާން ވިދާޅުވެއްޖެއެވެ.  

ފުލުހުންގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ކުރިއަށް އޮތް ފަސް އަހަރުގެ، ފުލުހުންގެ އެކްޝަން ޕްލޭންގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި ތަފާތު ނުކޮށް ޚިދުނަތްތައް ފޯރުކޮށްދިނުން ހިމަނާފައިވާނެ ކަމަށެވެ.

ދިވެހި ރައްޔިތުމީހާ އެދެނީ މިއަދު، އޭނާ އަކީ ވެރިއެއްތޯ، ގެރިއެއްތޯ ނުބަލާ، ތިބޭފުޅުންގެ ( ފުލުހުންގެ ) ޚިދުމަތް ދޭން. ގާނޫނާއި ފުށުއަރާ ހިނދުގައި އޭނާއަކީ ދައުލަތުގެ ވަޒީރެއްތޯ، އޭނާއަކީ މަޖިލިސް މެންބަރެއްތޯ، އޭނާ އަކީ އެވެނި ހައިސިއއޔަތެއްގެ މީހެއްތޯ މިއެއް ބެލުމެއް ނޯންނާނެ އަޅުގަނޑުމެން. އަދުގެ ސަރުކާރަކުން ތިބޭފުޅުންގެ މައްޗަށް، އެއްވެސް މީހަކު އިންފުލުއެންސެއް ނުކުރާނެ މިޔަނި މީހަކާ ދޭތެރޭ މިޔަނި ގޮތަކަށް އަމަލު ކުރާކަށް

ވަޒީރު ޢަލީ އިހްސާން

އެހެންކަމުން، ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ބާރު ދިވެހި ފުލުހުންނަށް ފުރިހަމައަށް ލިބިގެންވާ ކަމަށް އިހްސާން ވިދާޅުވުއެވެ.

މީގެ އިތުރުން ވަޒީރުގެ ވާހަކާގައި ވަނީ، ފުލުހުން ޓެކްނޮލިޖީގެ ބޭނުން ހިފުމާއި ގުޅޭގޮތުންވެސް އަލުއަޅުވާލައްވާފައެވެ. އެގޮތުން ޓެކްނޮލިޖީގެ ޚިދުމަތްތައް ފުލުހުންނަށް ފޯރުކޮށްދެވުފައުވާ ނަމަވެސް، އެ ޚިދުމަތުގެ ބޭނުން ފުރިހަމަ ގޮތުގައި ނުކުރެވޭކަން ފާހަގަކުރެއްވިއެވެ.

އަދި ޕޮލިސް އެޕްލިކޭޝަންގެ ނަމުގައި އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފައިވާއިރު، އެއާއި ގުޅޭ ގޮތުން އާއްމު ރައްޔިތުން ހޭލުންތެރިކޮށް، އެ ބޭނުން ކޮށް، ފުލުހުންގެ މަސައްކަތްތައް ފަސޭހަކުރުމުގެ މަސައްކަތް ނުކުރެވޭކަން ފާހަގަކުރައްވައި ވަޒީރު ވަނީ ލިބިފައުވާ ޓެކްނޮލިޖީގެ ބޭނުން ފުރިހަމައަށް ކުރުމަށް ފުލުހުންގެ ފަރާތުން އެދުވަޑައުގެންފައެވެ. 

ކޮމެންޓް
އިއްބެ
ތިޔަހެންވެއްޖިއްޔާ ހަމަސާބަސް މިޒަމާނުގައި އަހުރެމެންނަށްފެންނަނީހަމައެކަނި ބަތްތައްޓަށްހިގާޝަރީޢަތް
05 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.