ރާއްޖެ އާއި ދެކޮޅަށް ބިލު ހުށަހަޅާ ޖޯޝް ގޮތެއިމާ-- ފޮޓޯ: ގެޓީ
ދުނިޔެ
05 Jun 2024 | 15:22
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ނިންމުމުން، އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ހުއްޓާލަން ގޮވާލާ ބިލެއް!

އިސްރާއީލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމުމުން، އެމެރިކާއިން ރާއްޖެ އަށް ދެމުންއަންނަ އެހީ ހުއްޓާލުމަށް ގޮވާލާ ބިލެއް އެގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މި ބިލަކީ ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުގެ ރައްޔިތުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ހުއްޓުވުމުގެ މަގްސަދުގައި އެ މަޖިލީހުގެ މެމްބަރު ޖޯޝް ގޮތެއިމާ ހުށަހަޅާ ބިލެކެވެ. އޭނާ އަކީ އެމެރިކާގެ މަޖިލީހުގައި އިސްރާއީލާއި އެއްކޮޅަށް އެންމެ ވަރުގަދަ އަށް ވަކާލާތު ކުރާ އެކަކެވެ. 

މި ބިލަށް "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިޔަރ އެކްޓް (ޕާތު)" ނުވަތަ އެމެރިކާ އާއި ގާތް ގުޅުމެއް އޮންން ގައުމުތަކުގެ ރައްޔިތުންގެ ދަތުރުފަތުރުކުރުން ހިމާޔަތް ކުރުމުގެ ބިލް ގެ ނަމުން ނަންދިނުމަށް ނިންމާފައިވާކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' އިން ރިޕޯޓް ކުރެއެވެ.

މި ބިލުގައި ވާގޮތުން، ޔަހޫދީން ރާއްޖެ އެތެރެވުން މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުން ރާއްޖެ އިން ބަދަލުކުރަންދެން އެމެރިކާ އިން ދޭ އެހީ ކަނޑާލަންޖެހޭނެއެވެ.

ބިލާއި ބެހޭ ގޮތުން ވާހަކަދައްކަމުން ޖޯޝް ގޮތެއިމާ ބުނީ، އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކޮށްފައިވާ ގައުމަކަށް އެގައުމުގެ  ޑޮލަރު ފޮނުވަން ނުޖެހޭނެކަމަށާއި، ރާއްޖެ އިން ނިންމި ނިންމުމަކީ ޔަހޫދީންނާއި މެދު އޮތް ނަފްރަތު ދައްކުވައިދޭ އަމަލެއް ކަމަށެވެ. އަދި ސަރުކާރުގެ މި ނިންމުން ބަދަލު ނުކުރާހާ ހިނދަކު އެމެރިކާގެ ޑޮލަރުގެ އެންމެ ސެންޓެއްހާ ހިސާބުވެސް ދެވިގެން ނުވާނެ ކަމަށް އޭނާ ބުންޏެވެ.

އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރާނެކަން ސަރުކާރުން މި ހަފްތާގައި އިއުލާން ކުރުމާއިއެކު، ރާއްޖެ ވެގެން ގޮސްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމާއި ގުޅިގެން އެގައުމުގެ ޕާސްޕޯޓް މަނާކުރާނެ ކަމަށް އިއުލާން ކުރި ފުރަތަމަ ގައުމަށެވެ.

ދިވެހި ސަރުކާރުގެ މި ނިންމުން ބޭރުގެ ދުނިޔޭގެ ފަލަ ސުރުޚީ ތަކަށް ވެސް އަރައި، އެތައް ބަޔަކު އަންނަނީ ސަރުކާރަށް ތާއީދުކޮށް ތައުރީފް ކުރަމުންނެވެ. އަދި މި ނިންމުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ރާއްޖެ އަށް ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުންވާކަމަށް ބުނެ އެކަމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ކޮމެންޓް
ޔަހޫދީ ވައިރަސް
ރިޒުޤްދެއްވަނީ މާތްﷲ. ކަލޭމެން ބުނާހާ ބެރަކަށް ނަށަންޖެހޭ ބައެއްނޫން މުސްލިމުންނަކީ
05 Jun 2024
އާދަނު123
އެމެރިކާ ޑޮލަރަކީ ކުރިޔަށް އޮތްތާ އެވެސް އަގެއް އޮންނާނެ އެއްޗެއްނޫން، އެމެރިކާ މުޅި ދުނިޔެ ކޮންޓްރޯލް ކުރުމުގެ ދުވަސް މާޒީ ވެއްޖެ، އެމެރިކާ ހަލާވާ ދުވަސް ވަރަށް އަވަހަށް ފެންނާނެ
05 Jun 2024
ފެކްޓް ޗެކް
15 ވަނަ ގަައުމު! އެއްވަނަ އެއް ނޫނޮ!
05 Jun 2024
مريم
ޚަބަރުގަ އެންމެ ޑޮލަރެއް ދޭން ނުޖެހޭ ނެ ކަމަށްބުނެފާއޮތަސް ރިޒުޤު ދެއްވަނީ އެމީހުން ނ ޫޫނ ްްال الله سبحانه وتعالى
05 Jun 2024
ފިޒާ
ﷲގެ ރުހިވޮޑިގަތުން ލިބިގެންވާ އަޅުން ނަށް އެއް ދޮރު ބަންދު ވިއްޔާ ހަތްދޮރު އެކަލާނގެ ހުޅުއްވަވާ ދެއްވާނެ އިންޝާﷲ
05 Jun 2024
ޔަހޫދީން
ކުރިއަށް އޮތް 20 އަހަރު ތެރޭގައި އެމެރިކާގެ ބަރުވެރިކަުގެ ނިމުން ވަރަށް ގާތް. ބްރިކްސް ކަރަންސީ އަކީ އެމެރިކާގެ ތައްޕާހުން އެތައް ޤައުމެއް ސަލާމަތް ކޮށްދޭނެ ކަމެއް. އިންޝާﷲ އެކަން ﷲގެވާގިފުޅާއި އެކު ވާނެ
05 Jun 2024
އަނީ
އެމެރިކާތަ އަހަރެމެންނަށް ރިޒުޤު ދެނީ؟
05 Jun 2024
އަޙުމަދު
ރިޒުގު ދެއްވަނީ އެމެރިކާ އަކުން ނޫން ﷲއިރާދަކުރެއްވިއްޔާ އެމެރިކާއިން ދޭ ޑޮލަރު ކޮޅެއް ނުލިބުނަސް ދިވެހިން ބަނޑަކަށް ނުޖެހޭނެ
05 Jun 2024
އިހުސާނު
އެމެެރިކާ އިން ދޭ އެހީއެް ބޭނުމެއް ނޫން. އިޒްރޭލުގެ އެއްވެސް މީހަކަށް ރާއްޖެ އާދެވިގެން ނުވާނެ.
06 Jun 2024
Mohamed Shamil
އެމީހުން ހަންޑާލަން އުޅެނީ ކޮން އެހީއެއްބާ ؟ އެހީ ނުދިނަސް އޯކޭއި ވާނެ ރިޒުގް ދެއްވާނީ ހެއްދެވި ފަރާތުން އެމެރިކާއެއް ނޫން
08 Jun 2024
ޒިޔާދު
އެމެރިކާއިންޑޮލަރު ނިދިނަސް ރަގަޅު އިންސާނުން މެރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން
12 Jun 2024
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.