ހަފީޒު ތައިލެންޑުގެ މީޑިއާއަށް ދިން އިންޓަވިޔުގައި
ހަބަރު
06 Jun 2024 | 10:09
ދިވެއްސަކަށް ބެންކޮކުގެ ކެބެއްގައި ބަހަށްޓާފައި ދެވުނު، ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްދީފި

ދިވެއްސަކަށް ބެންކޮކުގެ ޓެކްސީއެއްގައި ބަހަށްޓާފައި ދެވުނު ތައިލެންޑްގެ 80،000 ބާޓް، (ގާތްގަނޑަކަށް 2100 ޑޮލަރު) އާއި ތަކެތި ހަވާލުކޮށްދީފިއެވެ. 

ތައިލެންޑްގެ މީޑިއާއަކުން ރިޕޯޓް ކޮށްފައުވާ ގޮތުން، މިމަހު 4 ވަނަ ދުވަހު، ޢަލީ ހަފީޒު ނަމަކަށް ކިޔާ ދިވެއްސަކަށް އޭނާގެ ފައިސާ ތަކާއި ތަކެތި ހުރި ދަބަސް، މަގުމަތިން ނެގި ޓެކްސީއެއްގެ ތެރޭގައި ބަހައްޓާފައި ދެވުމުން، އެތަކެތި ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހަފީޒު ދަންނަ އެހެން ޓެކްސީ ޑްރައިވަރެއް (ސިރޯޖް) ގާތު އޭނާ އެދުނީއެވެ. 

އެއާއެކު ސިރޯޖް ، ހަފީޒާއެކު ގޮސް ތައިލެންޑުގެ ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކުރި ކަމަށާ، އެ ރިޕޯޓް ކުރުމުން، ޓެކްސީ ޑްރައިވަރުންގެ މެދުގައި މަގުބޫލޫ ރޭޑިއޯ ސްޓޭޝަނެއް މެދުވެރިކޮށް އެ ދަބަސް ޓެކްސީގައި ބޭއްވިފައިވާ ކަމަށް މެސެޖު ފޯރުކޮށް ދެވުނު ކަމަށް ތައިލެންޑްގެ ނޫހުން މައުލޫމާތު ދީފައިވެއެވެ.

އަދި އެ ޓްކްސީ ހޯދުމުގެ މަސައްކަތް، ސީސީޓީވީ ފޫޓޭޖްތައް މެދުވެރިކޮށް ކުރަމުންދަނިކޮށް، އެ ޓެކްސީގެ ޑްރައިވަރު ވަނީ އެ ދަބަސް ދަބަހުގައި ހުރި ހުރިހާ ތަކެއްޗާއެކު ރޭޑިއޯ ސްޓޭޝަނާއި ހަވާލުކޮށްފައި ކަމަށް ބުނެފައިވެއެވެ. 

އެ ދަބަސް ހަވާލުކުރިއިރު ދަބަހުގެ ތެރޭގައި ހުރި، ހަފީޒުގެ ޕާސްޕޯޓާއި، ފޯން ޗާޖަރާއި، 28،658 ތައިލެންޑް ބާޓް، 1294 ޑޮލަރު، 1690 ދިވެހި ރުފިޔާ، 2840 ލަންކާ ލަންކާ ރުޕީ، ހަމަޔަށް ހުރި ކަމަށާ، އެ ފައިސާގެ އަގު ތައިލެންޑްގެ ފައިސާގެ 80،000 ބާޓް އަށް އަރާނެ ކަމަށް އެގައުމުގެ ނޫހުން މައުލޫމާތު ދީފައުވެއެވެ. 

އެތަކެތި ހުރި ޓެކްސީ ޑްރައިވަރު މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި، އެ ބެކްޕެކް ފެނި، އޭގައި އެހާ ގިނަ ފައިސާ ހުއްޓާ ފެނުމުން އޭނާ ވަރަށް ހައިރާންވިއެވެ. އެހެން ނަމަވެސް، އެ ފައިސާ އޭގެ ވެރިފަރާތާއި ހަވާލު ކުރުމަށް އޭނާ ބޭނުންވި ކަމަށެވެ. އަދި އޭނާ އަކީ މީގެ ކުރިންވެސް އެފަދައިން މީހުންނަށް ހަނދާންނެތި ޓެކްސީގައި ބަހައްޓާ ތަކެތި ފޯރުކޮށްދޭ މީހެއްކަމަށް ބުނެފައިވެއެވެ. 

މީގެ އިތުރުން މީޑިއާއަށް ދިން އިންޓަވިޔުއެއްގައި ހަފީޒު ވަނީ އެތަކެތި ލިބުމުން އެކަމަށް އެހީވެދިން މީހުންނަށް ޝުކުރުއަދާކޮށްފައެވެ. 

ު

ކޮމެންޓް
ސަލީމް
ތިޔަ ޓެކްސީޑްރައިވަރަށް ހެޔޮ ރަގަނޅު އެހީއެއް ވާންވާނެ!
06 Jun 2024
ކިލަމަންޑާ
ރާއްޖޭގައި ނަމަ ބޭރު މީހާ އުޅޭނީ ކޮންހާލެއްގައިބައި؟
08 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.