ސްޕެއިންގެ ޚާރިޖީ ވަޒީރު-- ފޮޓޯ: އަނަޑޯލޫ އަޖަންސީ
ދުނިޔެ
06 Jun 2024 | 17:23
ޣައްޒާގެ ގަތުލުއާއްމާއި ގުޅޭގޮތުން ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ސްޕެއިން އިން ބައިވެރިވަނީ

ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމާއި ގުޅިގެން ދެކުނު އެފްރިކާއިން އިސްރާއީލާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައިގައި ސްޕެއިން އިން ބައިވެރިވުމަށް ހުށަހަޅައިފިއެވެ.

އިސްރާއީލުން ޣައްޒާގެ ނަސްލު ނައްތާލުމުގެ ގޮތުން ލާއިންސާނީ އަމަލުތައް ހިންގަމުންދާތީ ދެކުނު އެފްރިކާއިން މި މައްސަލަ އައިސީޖޭ އަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ.

މި މައްސަލައިގައި އެފްރިކާ އާއި އެކު ސްޕެއިން އިން ބައިވެރިވާނެ ކަމަށް އިއުލާނު ކުރައްވަމުން އެގައުމުގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބާރެސް ވިދާޅުވީ، ސްޕެއިން އިން މިފަދައިން ނިންމީ، އިސްރާއީލުން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމު ހުއްޓުވައި، މެދުއިރުމައްޗަށާއި ހާއްސަކޮށް ޣައްޒާއަށް ހަމަޖެހުން ގެނައުމަށްޓަކައި ކަމަށެވެ.

ސްޕެއިން ގެ މި ނިންމުމާއިއެކު އެގައުމު ވެގެން ގޮސްފައިވަނީ ދެކުނު އެފްރިކާއިން ހުށަހެޅި މި މައްސަލައިގައި ހުޅަނގުން ބައިވެރިވި ފުރަތަމަ ގައުމަށެވެ.

ސްޕެއިން އިން މިފަދައިން ނިންމާފައިވާއިރު، އެގައުމާއި ނޯވޭ އާއި އަޔަރލޭންޑުން ވަނީ ދާދި ފަހުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފައެވެ.

ސްޕެއިންގެ އިތުރުންވެސް، މެކްސިކޯ، ކޮލަމްބިއާ، ނިކަރާގޫއާ އަދި ލީބިޔާ އިން ވެސް ވަނީ މި މައްސަލައިގައި އެފްރިކާ އާއި އެކު ބައިވެރިވާން ބޭނުންވާކަން ހާމަކޮށް، އެކަމަށް އެދި ހުށަހަޅާފައެވެ. މިގައުމުތަކަށް މި މައްސަލައިގައި ބައިވެރިވެވޭނީ އައިސީޖޭއިން ގޮތެއް ނިންމުމުންނެވެ.

ކޯޓުން މި ގައުމުތައް މައްސަލައިގައި ބައިވެރިކުރަން ނިންމައިފިނަމަ، ފަލަސްތީނުގެ ހައްގުގައި ލިޔުމުންނާއި އާންމު އަޑުއެހުންތަކުގައި ވާހަކަ ދެއްކުމުގެ ފުރުސަތު މި ގައުމުތަކަށް ފަހިވެގެންދާނެ އެވެ.

ދެކުނު އެފްރިކާއިން ހުށަހެޅި މި މައްސަލައާއި ގުޅިގެން އައިސީޖޭއިން ބޭއްވި އަޑުއެހުމުގައި، ނިމިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލައި، އެއްވެސް ދަތިކަމެއް ނެތި ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ވަނީ އިސްރާއީލަށް އަމުރުކޮށްފައެވެ.

މި އަމުރަށް އިސްރާއީލުން ތަބާވެފައިނުވާއިރު، މި މައްސަލައާއި ގުޅިގެން ވަކާލާތު ކުރަމުން އެގައުމުން ވަނީ ޣައްޒާގައި ގަތުލުއާއްމު ހިންގާކަމަށް ދެކޮޅު ހަދާފައެވެ.

މި އަމުރު ނެރެފައިވަނިކޮށް، ޔަހޫދީން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަކޮށް އެހީގެ މަގުތައް ބަންދުކޮށްފައިވާއިރު، ދާދި ފަހުން އެމީހުން ޣައްޒާގެ އުތުރުގައިވާ ޖަބަލިއާއިން ފޭބީ މުޅި ތަން ސުންނާފަތިކޮށްލުމަށް ފަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.