ވަޒީރު ރަމީލާ: ފޮޓޯ/ ވޮއިސް
ހަބަރު
07 Jun 2024 | 12:35
ކެންސަރުގެ ފަރުވާއަށް ވަޒީރު ރަމީލާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

ކެންސަރު ފަރުވާއަށް ދަނޑުވެރިކަމާ ބެހޭ ވަޒީރު ޑރ. އައިޝަތު ރަމީލާ އެޑްމިޓްކޮށްފިއެވެ.

ވަޒީރު ރަމީލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަނެއްކާވެސް އިތުރު ސާޖަރީއަކާއި ކީމޯތެރަޕީ އަދި އިމިއުނޯތެރަޕީއަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ.

އަދި ކެންސަރުބަލި ތަހައްމަލް ކުރައްވަމުންދާ މި ދަތުރުގައި، ދިރިއުޅުމުގައި ދިމާވަމުންދާ އެކިއެކި ގޮންޖެހުންތަކާއި ކުރިމަތިލެއްވުމަށް ލިބިލައްވާ ހިތްވަރާއި، މާތް الله ދެއްވާފައިވާ ނިޢުމަތްތަކަށް ޝުކުރު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. 

ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް ވަޒީރު ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުވެސް ރާއްޖޭން ބޭރަށް ފުރާވަޑައިގަތެވެ. ފަރުވާއަށް ފަހު ރާއްޖެ ވަޑައިގެންނެވީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

އެދުވަހު ކުރެއްވި ޕޯސްޓެއްގައި ވަޒީރު ރަމީލާ ވިދާޅުވީ ބަލި މިހާރު ހުރީ އެޑްވާންސް ސްޓޭޖުގައި ކަމަށާއި، ކީމޯ ތެރަޕީގެ 9 ސެޝަން މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފަރުވާގެ ދެވަނަ ފޭސް ފެށުމުގެ ކުރިން ރާއްޖޭގައި ހޭދަކުރަން ލިބޭ ދުވަސްތަކުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފުމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. 

ވަޒީރު ރަމީލާ ގެންދަވަނީ މެޓަސްޓޭޓިކް ސީރަސް ޕެޕިލަރީ ކާސިނޯމާ ކެންސަރަށެވެ. މެޓަސްޓޭޓިކް ކެންސަރަކީ ހަށިގަނޑުގެ އެއް ގުނަވަނުން އަނެއް ގުނަވަނަށް ފެތުރޭ ކެންސަރެކެވެ. 

ވަޒީރު ރަމީލާ އަކީ މި ސަރުކާރުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މަދު އަންހެން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

ޑރ. ޢާއިޝަތު ރަމީލާ ވަނީ މީގެކުރިން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތުގެ މަގާމާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު އެންޑް އެންޑް ފެމެލީގެ މަގާމުވެސް އަދާކުރައްވާފައެވެ. ދިވެހި ސަރުކާރުގެ ޚިދުމަތް ފެށްޓެވީ ނަރުހެއްގެ ވަޒީފާއިން 1990 ވަނަ އަހަރުއެވެ. ވަޒީރު ޕީއެޗްޑީ ހާސިލް ކުރެއްވީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

ކޮމެންޓް
ޙަފީޒާ
އަވަސް ޝިފާ އަކަށް އެދެން
07 Jun 2024
މުހަންމަދު
މިއީ ސަރުކާރުގެ ޚަރަދުގައި އަގުބޮޑޫ ފަރުވާ ދޭން ވަޒީރެއްގެ ގޮތުގައި މަގާމު ދިން އެމް.ޑީ. ޕީ ގެ ކަބަލެއް.
08 Jun 2024
ގުޅޭ ލިޔުންތައް
22 Sep 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ދެ މީހުން ހައްޔަރުކޮށްފި
ގެމަނަފުށީ ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، ކަނޑުހުޅުދޫ ދެ ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށާ އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
22 Sep 2026
ކަޅުބިލަ މަހުގެ އަގު 22 ރުފިޔާއަށް
މަސް ގަންނަ އަގަށް މި ބަދަލު ގެނެސްފައިވަނީ މި ދުވަސްވަރުގެ މަސްވެރިކަމުގެ ޙާލަތަށާއި، ދުނިޔޭގެ ބާޒާރާއި ރާއްޖޭގެ އެތެރޭގެ މާކެޓުގައި މަހުގެ އަގުތަކަށް އަންނަމުންދާ ލޮޅުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ.
22 Sep 2026
ކޮންގްރެސް ބާއްވަން ސަރުކާރުން ތަނެއް ނުދިން: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް އަށް ސަރުކާރުން ހުރަސްއަޅަމުންދާ ކަމަށާަ އެހެން ނަމަވެސް، އެ ކޮންގްރެސް މާލެ ސިޓީ ކައުންސިލް ހޯލު ބިމުގައި ޓެންޓް ޖަހައިގެން ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ.
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.