އިސްލާމިކް މިނިސްޓަރ ޑރ ޝަހީމް ޢަލީ ސަޢީދު: ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ހަބަރު
07 Jun 2024 | 16:46
ތަނަވަސްކަން ނެތް މީހުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންދިޔުމަކީ އިސްލާމީ އުންމަތުގައި ކުރަމުން އައި ކަމެއް: ޝަހީމް

ތަނަވަސްކަން ނެތް މީހުން ދައުލަތުގެ ޚަރަދުގައި ހައްޖަށް ގެންދިޔުމަކީ އިސްލާމީ އުންމަތުގައި ކުރަމުން އައި ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީއެސްއެމްގެ ހައްޖު ކަވަރޭޖްއަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މިއަދު ހައްޖަށް ފުރި ފަރާތްތަކުގެ ތެރެއިން 48 މީހުންނަކީ ސަރުކާރުގެ ހަރަދުގައި ހައްޖަން ފޮނުވާ ފަރާތްތައް ކަމަށާ އެހެން ކަމަށް ވުމުން މިއަދަކީ ވަރަށް ވެސް ހާއްސަ ދުވަހެއް ކަމަށެވެ.

"މިކަމާ ގުޅިގެން ވެސް ނަފްރަތު އުފެދޭ ވާހަކަތައް އެބަދައްކާ. މި މީހުން ހައްޖަށް ފޮނުވަނީ ޒަކާތުގެ ފައިސާއިންނޭ. މިއީ ހައްޖު ވާޖިބުނުވާ ބަޔަކަށް ހައްޖުގެ ކިޔު ސިސްޓަމްގެ ތެރެއިން ނާޖައިސް ގޮތުގައި ޖާގަ ހޯދައިދިނިއްޔޭ. މި ގޮތަށް ވާހަކަތައް ފަތުރަމުންދަނީ. މިއީ ވަރަށް ހިތާމަވެރި ކަމެއް. އެފަދަ އެއްވެސް ކަމެއް ނުހިނގާ. ޒަކާތުގެ ފައިދާއިން ފަގީރުން ހައްޖަށް ހޭދަކުރުން ޝަރުއީ ގޮތުން މައްސަލައެއް ނޫން. އެހެން ނަމަވެސް ސަރުކާރުން މިކަން ކުރަނީ ދައުލަތުގެ ހަރަދުގައި." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ޝަހީމް ވިދާޅުވީ ސަރުކާރުން ހައްޖަށް ލިބޭ ކޯޓާގެ ތެރެއިން ކޮންމެވެސް ވަރެއް އަބަދު ވެސް ރިޒާވްގައި ބަހައްޓާ ކަމަށެވެ. އަދި ފަގީރުންނަށް ހައްޖުގެ ފުރުސަތު ފަހިކޮށްދިނީ އެ ކޯޓާގެ ތެރެއިން ކަމަށެވެ.

ސަރުކާރުގެ ފަރާތުން މީހުން ހައްޖަށް ފޮނުވުމަކީ ހުރިހާ ޒަމާނެއްގައިވެސް  އިސްލާމީ އުންމަތެ އެކި ކަންކޮޅުތަކުގައި އޮތް ކަމެއް. އެކަން ރާއްޖޭގައި ތަންފީޒު ވެގެން މިދަނީ ރައީސް މުއިއްޒުގެ ވައުދުފުޅުގެ ތެރެއިން.

ޑރ ޝަހީމް ޢަލީ ސަޢީދު

މިއާއެކު ޝަހީމް ވަނީ ދައުލަތުގެ ޚަރަދުގައި މީހުން ހައްޖަށް ފޮނުވުމަކީ ޝަރުއީ ގޮތުން އެއީ މައްސަލައެއް ނޫންކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ތަނަވަސް މަހުޖަނު
ތަނަވަސް ކަށް ހުރިމީހުންނަށް ފުރުސަތު ގެއްލޭގޮތަށް ހައްޖުދަތުރު ރޭވުމަކީވެސް އިސްލާމީ އުއްމަތުގައި ކޮށްއުޅުނު ކަމެއްތޯ؟
07 Jun 2024
ހައްވާ
ޑޮކްޓަރ ޝަހީމު ހައްޖުގެ އަޅުކަމަކީ ކުޅަދާނެ ކަން ލިބެގެންވާ މީހާގެ މައްޗަށް އޮތް ފަރުޟު.
07 Jun 2024
ހުސެން
މާ ރަނގަޅު ވާނެ ބޭސް ފަރުވާ ނުކުރެވި ތިބި މީހުންނަށް ބޭސް ފަރުވާ ކޮއްދިނިއްޔާ
08 Jun 2024
ދިވެހިން
ކޮންމެ ފަސްއަހަރަކުން 1000 ކޯޓާ ރިޒާވްގަބަހައްޓަން ލިބޭތަ ބަލަތިފަގީރުންވެސް ކިއުގަޖައްސާ ކިއުގަތިބީވެސް ދިވެހި ރައްޔަތިންނޭ ބުރަމަސައްކަތް ކޮށްގެން ފައިސާހޯދާފަ ތިތަނަށް ދެއްކި މީހުން
08 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.
07 Oct 2026
12 ކިލޯ މަސްތުވާތަކެއްޗާއެކު ދެ ދިވެހިން ބެންކޮކުން ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ ކްރިސްޓަލް މެތް އަދި ކެނެބިސްއާއެކު ދެ ދިވެހި ފިރިހެނުން ތައިލެންޑުގެ ވެރިރަށް ބެންކޮކުން ހައްޔަރުކޮށްފިއެވެ. ބެންކޮކުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 46 އަހަރުގެ އަލީ ރަޝީދު އަދި 34 އަހަރުގެ މުޙައްމަދު ވިސާމް އެވެ.