ޔަހޫދީންގެ ހަމަލާތަކުގައި ޒަޚަމްވެފައިވާ ޣައްޒާގެ ކުޑަކުދިންތަކެއް-- ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
08 Jun 2024 | 09:04
ޣައްޒާގެ ކުޑަކުދިންނާއި މެދު ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އިސްރާއީލް އދ ގެ ބްލެކް ލިސްޓަށް

ޣައްޒާގެ މައުޞޫމް ކުޑަކުދިންނާއި މެދު ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލް އދ ގައި ބްލެކް ލިސްޓްކޮށްފިއެވެ.

މި ލިސްޓަކީ ދުނިޔޭގައި ހިނގާ އެކި ހަމަނުޖެހުން ތަކުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ، އެ ކުދިންނަށް އަނިޔާވެރިވާ ގައުމުތައް ހިމެނޭ ލިސްޓެކެވެ.

މި ލިސްޓަށް އިސްރާއީލު އިތުރުކުރުމަށް އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ނިންމެވީ، ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ، ގާނޫނާއި ޚިލާފު އެތައް އަމަލުތަކެއް ހިންގާފައިވާތީއެވެ. މިއީ ދުނިޔޭގައި ހިނގާ ހަމަނުޖެހުންތަކާއި ގުޅިގެން އަހަރަކު އެއްފަހަރު ނެރޭ "ކުޑަކުދިންނާއި ހަތިޔާރު އެޅި ހަމަނުޖެހުން" ރިޕޯޓުގައި ހިމަނާ، އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅޭ ލިސްޓެކެވެ.

ގުޓަރެސް ގެ މި ނިންމުން ބަދަލު ކުރުމަށް އިސްރާއީލުން ބާރުއެޅިނަމަވެސް، އެ ނިންމުން ބަދަލު ނުކުރާނެކަން ގުޓަރެސް ހާމަކޮށްފައިވާއިރު، މި މަހުގެ 14 ގައި ލިސްޓް އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅުމަށްފަހު، މި މަހުގެ ތެރޭގައި އާއްމު ކުރާނެއެވެ.

މިއާއިއެކު، އިސްރާއީލުން އދ އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ގިލާޑް އެރްދާން ވަނީ މިއީ ހަމާސް އަށް ބާރުލިބޭނެ ކަމެއް ކަމަށާއި، މިއަދު ބްލެކްލިސްޓްވީ އިސްރާއީލު ނޫން ކަމަށާއި، އެއީ ޚުދު އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ކަމަށް ވެސް ބުނެފައެވެ.

މިކަމަށް ރައްދުދެއްވަމުން ގުޓަރެސްގެ ތަރުޖަމާނު ސްޓެފަން ޑޫޖަރިކް ވިދާޅުވީ، އިސްރާއީލުގެ މަންދޫބުގެ މި ވާހަކަތަކަކީ އދ ގެ ހިދުމަތުގައި އޭނާ ހުރި 24 އަހަރުގެ ތެރޭގައި ވެސް އދ ގެ މަންދޫބަކު ދައްކާފައިވާ ވާހަކަތަކެއް ނޫންކަމަށާއި، އެ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ.

މި ލިސްޓުގައި އިސްރާއީލު ހިމެނުމަށް އެކި އެކި ހައްގުތަކާ ބެހޭ ޖަމާއަތްތަކުން ބާރުއަޅާފައިވާއިރު، މީގެ ކުރިން 2022 ވަނަ އަހަރު ވެސް އިސްރާއީލުން ކުރިއެރުންތައް ނުދައްކާނަމަ، ހަމަނުޖެހުންތަކުން ކުޑަކުދިން ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅާ ގައުމުތަކުގެ ލިސްޓުގައި ހިމަނާނެ ކަމަށް ބުނެ އދ އިން ވަނީ އިންޒާރުވެސް ނެރެފައެވެ.

އިސްރާއީލުގެ އިތުރުން ފަލަސްތީނުގެ ހައްގުގައި ހަނގުރާމަ ކުރަމުންދާ ހަމާސް ޖަމާއަތް ވެސް ވަނީ މި ލިސްޓްގައި ހިމަނާފައެވެ.

ޔަހޫދީ ފައުޖުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމާއި ގުޅިގެން މިހާތަނަށް 15,571 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.