ޣައްޒާގެ ކޭމްޕަކަށް ޔަހޫދީން ދިން ހަމަލާގައި އިމާރާތެއް ބިމާއި ހަމަވެފައި-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
09 Jun 2024 | 15:27
ޣައްޒާގެ ކޭމްޕަކަށް ޔަހޫދީން ދިން ހަމަލާތަކެއްގައި 210 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ މެދުތެރޭގައި ހުރި ކޭމްޕަކަށް ޔަހޫދީން ދިން ހަމަލާތަކެއްގައި 210 މީހުން ޝަހީދުކޮށްލައިފިއެވެ.

ހަމާސް އިން ނެރުނު ބަޔާނެއްގައި ބުނީ، މި ހަމަލާތަކުގައި 210 މީހުން ޝަހީދުވެފައިވާއިރު، 400 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާކަމަށެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ސިފައިން ޣައްޒާގެ މެދުތެރެއަށް ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. މިހަމަލާތަކާއި ގުޅިގެން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ، އަލް ނޫސެއިރާތަށް ޔަހޫދީ ސިފައިން ދިން ހަމަލާތަކާއި ގުޅިގެން ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުންނަށް ޒަހަމްވެ، ޝަހީދުވެފައިވާކަމަށެވެ. 

"ހީވަނީ ބިރުވެރި ފިލްމެއްގެ މަންޒަރެއް ފެނުނުހެން. ނަމަވެސް މިއީ ހަގީގަތަށް ލޮލު ކުރިމަތީގައި ހިނގާ ދިޔަ ގަތުލުއާއްމެއް. ރޭގަނޑުގެ ވަގުތުގައި އިސްރާއީލުގެ ހަނގުރާމަ މަތިންދާބޯޓުތަކާއި ޑްރޯންތައް އާއްމުންގެ ގެތަކަށް ދިޔައީ ހަމަލާ ދެމުން. އޭގެ އިތުރުންވެސް، އެ ސަރަހައްދު ދޫކޮށް ދިޔުމަށް މަސައްކަތް ކުރަމުންދިޔަ އާއްމުންނަށް ވެސް އެމީހުން ހަމަލާދިން."

ސިއްހީ އެހީތެރިއެއްކަމުގައިވާ ޒިޔާދު ބުންޏެވެ.

"ރޮއިޓާސް" އިން ރިޕޯޓްކުރި ގޮތުގައި މިހަމަލާތައް އަމާޒުކޮށްފައިވަނީ ޣައްޒާގެ މެދުތެރޭގައި ހުރި މާކެޓަކަށާއި، އަލްއައުދާ މިސްކިތަށެވެ.

" އިސްރާއީލުގެ ހަތަރު މީހުން މިނިވަން ކުރުމަށްޓަކައި އިސްރާއީލުން ޣައްޒާގެ ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލި."

ޒިޔާދު ބުންޏެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަލް ނޫސެއިރާތަކީ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން އެތައް ބަޔަކު ބޯހިޔާވަހިކަން ހޯދަމުން އަންނަ ސަރަހައްދެކެވެ. މި ސަރަހައްދަށް ޔަހޫދީ ސިފައިން އަރައި، ލާއިންސާނީ އެތަކެއް އަމަލުތަކެއް ހިންގާފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންތައް ސަލާމަތްކުރުމަށް ކަމަށް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.