ގާސިމް އިބްރާހިމް-- ފޮޓޯ: މަޖިލިސް
ހަބަރު
10 Jun 2024 | 10:49
އިސްރާއިލް ޕާސްޕޯޓު މަނާކުރުމާއި މެދު ފުންކޮށް ވިސްނާލަން ޖެހޭ: ގާސިމް

ޔަހޫދީންނަކީ މާތް ﷲ ބާއްވާލެއްވި ދީނެއްގެ މަތީގައި ރަސޫލުންނަށް އިމާންވާ ބަޔަކަށް ވާހިނދު އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އަށް ނާދެވޭގޮތަށް ޕާސްޕޯޓު މަނާކުރާއިރު ވިސްނާލަންޖެހޭކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން އިސްރާއީލުގެ ރައްޔިތުންނަށް ރާއްޖެ އަށް ނާދެވޭ ގޮތަށް ޕާސްޕޯޓް މަނާކުރުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލަށް ބަހުސްކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ބިލާއި ގުޅޭ ގޮތުން ބަހުސް ކުރައްވަމުން ގާސިމް ވިދާޅުވީ، ޕީއެންސީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހް ދެންނެވި ފަދައިން 241 ކޮމިޓީ އަށް ބިލު ހުށަހަޅައި މައްސަލަ ނިންމެވުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

އިސްރާއީލުގެ މީހުން ރާއްޖެ އަށް އައުން މަނާ ކުރުމަށް ނިންމުމަކީ ޔަހޫދީންނަށް ރާއްޖެއަށް ނާދެވޭ ގޮތަށް ނިންމުންކަމަށް ވިދާޅުވެ ގާސިމް ވަނީ ޔަހޫދީންނަކީ މާތް ﷲ ބާއްވާލެއްވި ދީނެއްގައި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އިމާންވެފައިވާ ބަޔަކަށް ވާހިނދު މިކަމަށް ފުންކޮށް ވިސްނާލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

"އިސްރާއީލުގެ ނޭޝަނާލިޓީ އޮތް މީހަކަށް ދިވެހި ރާއްޖެއަށް ނާދެވޭ ގޮތަށް އަޅުގަނޑުމެން ނިންމާލާއިރު އޭގެ މާނައަކީ ޔަހޫދީންނަށް ނާދެވޭ ގޮތަށް ނިންމާ ވާހަކައެ ވިދާޅުވަނީ ކުރުގޮތެއްގައި ބުނާކަމަށް ވަންޏާ. އެހެންވީމަ އެއީ ﷲ ބާއްވާލައްވާފައިވާ ދީނެއްގައި ރަސޫލުންނަށް އީމާންވެފައި ތިބި ބަޔަކަށް ވާހިނދު އަޅުގަނޑުމެން އެފަދަ ކަމެއް ކުރުމުގެ ފުރުސަތާއި މެދު ވަރަށް ފުންކޮށް އެ ނަޒަރިއްޔާތުން ވިސްނާލަން ޖެހޭނެ. އެކަމާއި މެދު ވަރަށް ފިކުރުވެރިކަމާއި އެކު ވިސްނާލަން ޖެހޭނެ." 

ގާސިމް ވިދާޅުވިއެވެ.

އޭގެ މާނައަކީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންނަށް ނިސްބަތް ކޮށް ދެމުންދާ އަނިޔާވެރިކަމާއި، ލިބެމުންދާ އަނިޔާވެރިކަން ހިތަށް ނައުން ނޫން ކަމަށާއި، ނުވަތަ އިސްރާއީލުގެ ޕާސްޕޯޓް ގެންގުޅޭ ޔަހޫދީ އަކު ދިވެހި ރާއްޖެ އަށް އައުން މަނާކުރުމުގެ ކަންތައްތައް ކުރިއަށް ނެރެ އެކަންތައް ވަކިގޮތަކަށް ކުރުން ނޫންކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މި މައްސަލައާއި މެދު ފިޔަވަޅެއް އަޅާއިރު ފުންކޮށް ވިސްނަން ޖެހޭ ކަމަށް ގާސިމް ތަކުރާރުކޮށް ވިދާޅުވިއެވެ.

"މިއަދު މަޖިލީހުން ނިންމަވާ ނިންމެވުން ވާންވާނީ ދިވެހި ރާއްޖޭގެ މުސްތަގުބަލަށާއި އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަމަށާއި، އެކަމުގެ މައްޗަށް ވިސްނައިގެން ކުރެވޭ ކަމެއް މެނުވީ ނުކުރެވޭނެ." 

ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ގާސިމް ވަނީ އެމްޑީޕީގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ ސިޔާސީ ގޮތުން ޕީއެންސީގެ ވެރިކަން ނިމުމަކަށް ގެނެސް، ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމަށް ވެސް ތުހުމަތު ކުރައްވާފައެވެ. އަދި މި ބިލު ހުށަހަޅުއްވަމުން މެމްބަރު މީކާއީލް ދެއްކެވި ވާހަކަފުޅުތަކާއި ދެކޮޅު ކަމަށާއި، ބިލު  ރަނގަޅަށް ދިރާސާ ކޮށްފައިނުވާކަމަށް ގާސިމް ވިދާޅުވިއެވެ.

ބިލު ހުށަހަޅުއްވަމުން މީކާއިލް ވަނީ ހުރިހާ ޕާޓީތަކަށް ވެސް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން "ގުދޯ ގުދޯ ގޮވުމުގެ" ބަދަލުގައި، ހުރިހާ ޕާޓީއެއް އެކުވެ، ރަނގަޅު މަސައްކަތްތެއް ކުރެވޭނެ ބިލެއްގެ ގޮތުގައި މި ބިލު ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މި ބިލާއި ގުޅިގެން އިސްރާއީލުގެ ދިރިއުޅޭ ފަލަސްތީނު ދަރިކޮޅުގެ މީހުންނަށް ރާއްޖެ އެތެރެވުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަކަން ފާހަގަކުރައްވަމުން މީކާއީލް ވިދާޅުވީ، މިއީ ވަކި މަގްސަދެއްގައި ހުށަހަޅާ ބިލެއް ކަމަށާއި، ބައެއް ޔަހޫދީންވެސް ގަތުލުއާއްމާއި ދެކޮޅު އިރު، މި ބިލު ހުށަހަޅަނީ އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ މީހުންނަކީ މި ގައުމުން ބަލައިގަންނާނެ ބައެއްނޫކަން ދައުލަތެއްގެ ސިފައިގައި ހާމަކުރުމުގެ ބޭނުމުގައި ކަމަށެވެ.

ކޮމެންޓް
އެދުރު
ގާސިމޫ ، ކަލެއަށް ކިޔޭނުކިޔޭ އެއްޗެއް އެބަ އެނގޭތަ. ރޯމާ ދުވާލު ކުޑަކުދިން މަރަމުން ގެންދާ ޒަޔަނިސްޓުންނަށް ކަލޭ ތި ތާއީދުކުރަނީ. ޕީއެންސީގެ ހުރި ދީންވެރިކަނެއްވެސް މިފަހަރު އެނގިދާނެ.
10 Jun 2024
ހާރޫން
ޔަހޫދީންގެ ވިޔަފާރިތައް ހިމާޔަތްކުރާ، ސޭޓޭއްދޯ.. ޔަޤީން ލާރިގަނޑެއް ލިބުނީ...
10 Jun 2024
ރައްޒާޤް
ރާއްޖޭގެ ޤާސިމް ސޭޓް ޚަރަދުކޮށްގެން އުޅޭ ސަލަފީންނަށް މި ކަމަކީ އެއްވެސް ކަމެއް ނޫން. ޔާމީން ބުނި ބަހެއްނަމަ، ނިމުނީ ހުރިހާ އެންމެން ތިބޭނީ ދީނުން ބޭރުވެފައި.
10 Jun 2024
ދީނޭ
އިންނައްދީނަ ޢިންދަﷲިލް އިސްލާމް. ދެން ކީކޭ މީނާ މިކިޔަނީ
10 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.