ރެއާލް މެޑްރިޑުގެ ކުޅުންތެރިން ޗެންޕިއަންސް ލީގުގެ ޓްރޮފީއާއެކު
ކުޅިވަރު
10 Jun 2024 | 18:46
ކުލަބު ވޯލްޑްކަޕުގައި ރެއާލް މެޑްރިޑް ބައިވެރިނުވާނެކަމަށް ދެކޭވަހަކަތައް އެކުލަބުން ދޮގުކޮށްފި

އަންނަ އަހަރު އެމެރިކާގައި އޮންނަ ފީފާ ކުލަބު ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ރެއާލް މެޑްރިޑުން ކުޅޭނެ ކަމަށާއި އެމުބާރާތުގައި ވާދަނުކުރުމާއި މެދު އެއްވެސް ވަރަށް މަޝްވަރާކޮށްފައި ނުވާނެކަމަށް ރެއާލް މެޑްރިޑުން ބުނެފިއެވެ.

ރެއާލް މެޑްރިޑުން މިހެން ބުނެފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިން އެކުލަބުން ނެރުނު ނޫސްބަޔާނެއްގައެވެ. އަދި ރެއާލް މެޑްރިޑުން މިފަދަ ބަޔާނެއް ނެރެފައިވަނީ އެޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ އާއި ހަވާލާދީ އަންނަ އަހަރު ބާއްވަން ނިންމާފައިވާ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ދައުވަތު ރެއާލް މެޑްރިޑުން ގަބޫލުނުކުރާނެ ކަމަށް ބުނެ ބައެއް މީޑިއަތަކުން އެ ޙަބަރު ރިޕޯޓުކޮށްފައިވަނިކޮށެވެ.

މިއަދު ބައެއް މީޑިއާތަކުން ރިޕޯޓްކޮފައިވާގޮތުގައި ފީފާ ކޮންފަޑެރޭޝަން ކަޕްގެ ބަދަލުގައި ކްލަބްތަކަށް ކޮންމެ ހަތަރު އަހަރުން އެއް އަހަރަކު ބާއްވާ މުބާރާތެއް ގޮތަށް ކްލަބް ވޯލްޑް ކަޕް ފޯމެޓް ބަދަލުކޮށް 24 ޓީމު ހިމެނޭގޮތަށް ކުޅޭ ފުރަތަމަ މުބާރާތުގައި ނުކުޅެން ރެއާލް މެޑްރިޑުން ބޭނުން ނުވަނީ އެމުބާރާތުގައި ވާދަކުރާނަމަ ކުޅެންޖެހޭ މެޗުތަކުގެ އަދަދު އިތުރުވެ ކުޅުންތެރިންގެ ސިއްހަތަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެތީކަމަށް  ބުނެފައިވެއެވެ.

މިހާރުގެ ފޯމެޓައް އެންމެ ފުރަތަމަ ކުލަބު ވޯލްޑްކަޕް ބޭއްވުމަށް ފީފާއިން ނިންމީ 2021 އަހަރު ޗައިނާގައެވެ. ނަމަވެސް، ކޮވިޑް-19ގެ ސަބަބުން ފީފާ އަށް މަޖުބޫރުވީ މުބާރާތް ފަސްކުރާށެވެ. އަދި އައު ފޯމެޓައް ބައްވާ ފުރަތަމަ މުބާރާތް މިހާރު ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރު އެމެރިކާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ފަހިދިރިއުޅުމުގެ އެޕާޓްމަންޓެއް ކުއްޔައްދިން މީހަކު ޖޫރިމަނާކޮށްފި
ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ދޫކޮށްފައިވާ އެ ފްލެޓްތައް ކުއްޔަށްދޭނަމަ އެއްބަސްވުން ބާތިލްކޮށް، ފްލެޓްތައް އަތުލާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ
04 Jun 2026
32 ސްޓޯލްއާއެކު އެމް.އެން.ޔޫ "ފަހި ފުރުސަތު "މިއަދު އާންމުންނަށް ހުޅުވާލައިފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު" ޔުނިވަރސިޓީގެ މައި މަރުކަޒާއި، އަތޮޅުތަކުގެ ކެމްޕަސްތަކުގައި މިއަދު، ރަސްމީކޮށް ހުޅުވައިފިއެވެ.
04 Jun 2026
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެއްޖެ: ޓްރަމްޕް
އީރާނުން ނިއުކްލިއަރ ހަތިޔާރު ނުގެންގުޅުމަށް އެއްބަސްވެފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި އެ ގައުމުގެ އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
04 Jun 2026
ދިއްލީގެ ހޮޓަލެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި 21 މީހަކު މަރުވެއްޖެ
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ބޭރު ގައުމުތަކަށް ނިސްބަތްވާ 12 މީހަކާއި އިންޑިއާގެ 9 މީހެކެވެ
04 Jun 2026
ބީއެމްއެލް އިން ނެރޭ ސުކޫކްގެ ބޭނުމަކީ އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުން: ޒަމީރު
މާލީ ވަޒީރު ވިދާޅުވީ މިކަން ކުރުމަށް ސަރުކާރުން އިސްނެގުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާގެ ތެރެއިން އިޤްތިޞާދު ކުރިއެރުވުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތަކަށް މަގުފަހިކޮށްދިނުމުގެ އިތުރުން، މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިޤްތިޞާދީ ހަރަކާތްތައް ފުޅާކުރުން ކަމަށް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.