ރެޑްހޯކްސް ކުޅުންތެރިން މުބާރާތުގެ ޓްރޮފީއާއެކު... ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
ކުޅިވަރު
11 Jun 2024 | 22:52
ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް އަންހެން ޑިވިޝަންގެ ތަށި ރެޑްހޯކްސް ދިފާއުކޮށްފި

ހޭންޑްބޯޅަ މޯލްޑިވްސް ޗެންޕިއަންޝިޕް 2024 ގެ އަންހެން ޑިވިޝަން ފައިނަލުގައި މިރޭ ވާދަވެރި ކުޅުމަކަށްފަހު 23-21 ގެ ނަތީޖާއަކުން އޮރިކްސް ބަލިކޮށް ރެޑްހޯކްސް ޖެހިޖެހިގެން ދެވަނަ ފަހަރަށް މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.

އޮރިކްސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ތުޅާދޫ ބަލިކުރުމަށްފަހުއެވެ. އަދި އެންމެ ފަހުގެ ޗެންޕިއަން ރެޑްހޯކްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި ފަސޭހަކަމާއެކު ތަފާތުބޮޑު ނަތީޖާއަކުން ކީންސް ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހު އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި އަވަސް ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމުނީ އެއް ޕޮއިންޓްގެ ލީޑަކާއެކު 10-11 ނަތީޖާއަކުން އޮރިކްސް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި ވެސް ދެޓީމުގެ ފަރާތުން ވަރަށް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗު ނިމެން ހަމިނެޓަށްވީއިރުވެސް ދެޓީމު އޮތީ 18-18 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. ނަމަވެސް މެޗުގެ ފަހު ފަސް މިނެޓުގައި އޮރިކްސްގެ ކުޅުންތެރިންގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު، އޭގެ ފައިދާނަގައި ރެޑްހޯކްސް އިން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްހޯކްސް ސްޕޯޓްސް ކުލަބުގެ ގޯލުކީޕަރު އައިޝަތު އާލާ އަލީ އެވެ. އެނާ ވަނީ މިމެޗުގައި އޮރިކްސް އިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުޝިއާރުކަމާއެކު ދިފާއުކޮށް މިމެޗުން ރެޑްހޯކްސް މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދީފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ އައިޝަތު ރީމާ (އޮރިކްސް / ޕީޕީ )، ޒުލޭހާ އިބްރާހިމް (އޮރިކްސް / ސެންޓަރބެކް)، ފިރުޝާނާ ނަސީރު (ރެޑްހޯކްސް / ރައިޓްބެކް)، ޔަސްފާ އާދަމް (ރެޑްހޯކްސް/ ލެފްޓްބެކް)، ފާތުމަތު ޖުނާ (ރެޑްހޯކްސް / ރައިޓްވިންގް)، ފާތުމަތު ތުހުފާ (ރެޑްހޯކްސް / ލެފްޓްވިންގް ) އަދި އައިޝަތު އާލާ އަލީ (ރެޑްހޯކްސް / ގޯލުކީޕަރު) އެވެ.

މިއަހަރުގެ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ އަންހެން ޑިވިޝަނުގައި 16 ޓީމު ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި 16 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.