ޣައްޒާގައި 17,000 ކުޑަކުދިންނަކީ މައިންބަފައިން ނެތް، ނުވަތަ މައިންބަފައިންގެ ތެރެއިން އެކަކު ޝަހީދުވެފައިވާ ކުދިން-- ފޮޓޯ: ސީއެފް ޖަސްޓިސް
ދުނިޔެ
12 Jun 2024 | 13:24
ޣައްޒާގެ ގަތުލުއާއްމަށް 249 ދުވަސް، 37،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފި!

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހުއްޓުމެއްނެތި ޔަހޫދީން ޣައްޒާ އަށް ދެމުންއަންނަ ލާއިންސާނީ ހަމަލާތަކަށް 249 ދުވަސް ވެފައިވާއިރު، އެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 37,164 އަށް އަރައިފިއެވެ.

މިދިޔަ އަހަރު ޔަހޫދީ ފައުޖުން ޣައްޒާ އަށް ދޭންފެށި މި ހަމަލާތަކުގައި މިހާތަނަށް 84,832 މީހުން ޒަހަމްވެފައިވާއިރު، ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ ޔަހޫދީން ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް 40 މީހަކު ޝަހީދުކޮށްލާފައިވާ ކަމަށެވެ.

މިނިސްޓްރީން ފާހަގަކޮށްފައިވާ ގޮތުގައި، ކެނޑިނޭޅި ޔަހޫދީން ދެމުން އަންނަ ބޮމުގެ ހަމަލާތަކުގެ ސަބަބުން އިމާރާތްތައް ބިމާއި ހަމަވުމުގެ އިތުރުން، މީހުން ސަލާމަތްކުރުމަށް އެހީވާ މީހުން މަދުވުމުގެ ސަބަބުން އިމާރާތްތަކާއި އެނޫންވެސް އެފަދަ ތަންތަނުގެ ދަށުގައި ނުފެނި ތާށިވެ، ގެއްލިފައިވާ މީހުންގެ އަދަދު 10،000 އަށް އަރާފައިވާ ކަމަށެވެ.

ހަމަލާތަކުގެ އިތުރުންވެސް، ޣައްޒާގެ ބޯޑަރުތައް ބަންދުކޮށް، އެހީ ވެއްދުމަށް ޔަހޫދީން އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅު ތަކުގެ ސަބަބުން ބަނޑުހައިހޫނު ކަން އިންތިހާއަށް ބޮޑުވެ، މި ވޭނުގައި މިހާތަނަށް 32 މީހަކު ވަނީ ޝަހީދުވެފައެވެ. 

ޣައްޒާ ގެ އާއްމުން ބޭނުންވާ ސިއްހީ އެހީ ވެއްދުމަށް ވެސް ހުރަސްތަކާއި ކުރިމަތިލާން ޖެހިފައިވާއިރު، އެކަމާއި ގުޅިގެން ޣައްޒާގައި ބަލި ފެތުރޭ މިންވަރު އިތުރުވެ، ދޭން ޖެހޭ ފަރުވާ ދިނުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކޮށްލަން ޖެހެއެވެ.

މި މަހުގެ 2 ވަނަ ދުވަހު ޣައްޒާގެ ހެލްތު މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި: 

1) ހަމަލާތަކުގައި ލިބުނު ޒަހަމްތަކާއި ގުޅިގެން އިތުރު ފަރުވާއަށް ބޭރަށް ދާން ޖެހިފައިވާ އާއްމުން - 11،000

2) ކެންސަރު ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ފަރުވާ ނުލިބި ނާޒުކު ހާލަތެއްގައި ތިބި އާއްމުން - 10،000

3) ގަތުލުއާއްމުގެ ސަބަބުން ގައިންގަޔަށް އަރާ ބަލިތައް ފެތުރި، އެބަލިތައް ތަހައްމަލު ކުރަމުންދާ އާއްމުން - 1,095,000

4) ހެޕަޓައިޓިސް ގެ ކޭސްތައް- 20,000

5) ސިއްހީ ހިދުމަތް ނުލިބުމުގެ ސަބަބުން ރިސްކްގައި ތިބި ބަނޑުބޮޑު އަންހެނުން- 60,000

6) ހިތުގެ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކުގެ ތެރެއިން ރިސްކްގައި ތިބި ފަރާތްތައް- 350,000

ޣައްޒާގެ އާއްމުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އދ އާއި ބައިނަލްއަގުވާމީ ކޯޓުތަކުގެ އިތުރުން، ދުނިޔޭގެ ގިނަ ގައުމުތަކާއި، ޖަމިއްޔާތަކުން ގޮވާލަމުން އަންނަ އިރުވެސް، ހަމަލާތައް ހުއްޓާލާފައެއް ނުވެއެވެ.

ދާދި ފަހުން ޔަހޫދީން ޣައްޒާ އަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ގަރާރެއް އދ އިން ފާސްކޮށްފައިވާއިރު، ގަތުލުއާއްމު ހުއްޓުމާއި ބެހޭ ކަންކަމަށް ތާއީދު ކުރާނެ ކަމަށް ހަމާސް އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.