ފަލަސްތީނު ފަންޑަށް ގައުމީ ދިފާއީ ބާރުގެ ފަރާތުން ފައިސާ ހަވާލުކޮށްދެއްވުން-- ފޮޓޯ: ޕީއެސްއެމް
ހަބަރު
12 Jun 2024 | 15:40
ފަލަސްތީން ފަންޑަށް ގައުމީ ދިފާއީ ބާރުން 2.1 މިލިއަން ރުފިޔާގެ އެހީއެއް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެދިލެއްވުމުގެ މަތިން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ކުރިއަށްގެންދާ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ގައުމީ ދިފާއީ ބާރުގެ ފަރާތުން 2.1 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

ގައުމީ ދިފާއީ ބާރުގެ ފަރާތުން ހަދިޔާކުރި، 2،169،826.32 ރުފިޔާގެ އެހީ ޕީއެސްއެމްގެ  މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރާއި ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް އިބްރާހީމް ޙިލްމީ އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަހުމަދު ގިޔާސްއެވެ.

ހަމައެއާއިއެކު، ޣައްސާން ވިދާޅުވީ، ފަލަސްތީނަށް ދިމާވެފައި މި އޮތް ހިތާމަވެރި ހާލަތުގައި، ބައިނަލްއަގްވާމީ މަސްރަހުގައި އެންމެ ބޮޑަށް ފާހަގަކުރެވޭ އިސްލާމީ ލީޑަރަކީ ރައީސް ޑރ.މުޢިއްޒު ކަމަށާއި، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ކޮންމެ ފޯރަމެއްގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި އެކަމަށްޓަކައި ދިވެހި ރައްޔިތުން ރައީސް ޑރ.މުޢިއްޒު އާއި މެދު ފަޚުރުވެރިވާކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

"ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސް މުއިއްޒުގެ އެދިވަޑައިގަތުމަށް ދިވެހި ސިފައިން ހުށިޔާރު ކަމާއި އެކު އެބޭފުޅުންގެ ކޮންޓްރިބިއުޝަން ހަވާލު ކުރަން އަޅުގަނޑުމެން ވަރަށް އުފަލާއެކު އައިސް މި ތިބީ"

ވަޒީރު ޣައްސާން ވިދާޅުވިއެވެ.

މި ޓެލެތޯންގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޣައްސާން ވަނީ މިރޭ 12 ކުރިން ވީވަރަކުން ހުރިހާ ފަރާތްތަކުން ވެސްފަލަސްތީނަށް އެހީވުމަށް ޓެލެތޯންއަށް ފައިސާ ހަދިޔާ ކުރުމަށް އެދިވަޑައިގެންފައިއެވެ.

މިއަދު ހެނދުނު 8 ޖެހިއިރު ފެށި މި ޓެލެތޯން މިރޭ 12 ޖެހުމާއި ހަމައަށް ކުރިއަށް ދިޔުމަށް ހަމަޖެހިފައިވާއިރު، މި ޓެލެތޯނުގައި މާލެ ސިޓީގެ އެކި ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފައެވެ.

ފަނޑު ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް ފަސޭހަ ކަމާއި އެކު ފައިސާ ޖަމާކުރެވޭނެ ފަދައިން ދެ އެކައުންޓެއް ވަނީ ހުޅުވާފައެވެ. އެގޮތުން ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށް ފައިސާ ޖަމާ ކުރެވޭނެއެވެ.

ހަމައެއާއިއެކު، 'ފަލަސްޠީނާއެކު ދިވެހީން' ޚާއްޞަ ޓެލެތޯނުގެ ކަންކަން ދެފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށާއި ހަރަކާތުން ލިބޭ ފައިސާ އޭގެ ހައްގުވެރިންނާ ހަމައަށް ފޯރާކަން ޔަޤީންކުރުމަށް މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އެމެރިކާއިން ވޯލްޑް ކަޕް ކާމިޔާބުކޮށްފިނަމަ ހަނދަށް ފުޓުބޯޅައެއް ފޮނުވާނަން
2026 ވަނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ނާސާއިން މިހާރުވެސް ވަނީ ބައިނަލްއަޤްވާމީ ފަޒާގެ މަރުކަޒަށް ފީފާ ބޯޅައެއް ފޮނުވާފައެވެ. ނަމަވެސް، އެމެރިކާއިން މުބާރާތް ކާމިޔާބުކޮށްފިނަމަ، މީގެ ކުރިން ފުޓުބޯޅައެއް ނުފޮނުވާހާ ދުރަށް، އެބޯޅަ ހަނދަށް ފޮނުވާލާނެ ކަމަށް އައިސެކްމަން ވިދާޅުވިއެވެ.
01 Jul 2026
ފިލިޕްސް އޭސީ ޚާއްޞަ ޑިސްކައުންޓުގައި އެސްޓީއޯއިން
އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާ ހުޅުވުމާއެކު ފިލިޕްސް ބްރޭންޑުގެ ސްޕްލިޓް އޭސީތައް ޚާއްޞަ ޕްރޮމޯޝަނާއެކު ވިއްކަން ފަށައިފައިވާއިރު ހަތަރު ސައިޒެއް ޑިސްކައުންޓް އަގުގައި ލިބެން ހުންނާނެއެވެ.
01 Jul 2026
މިނިވަން 60 ފާހަގަކުރަން 4.1 މިލިއަން ރުފިޔާ ޚަރަދުކުރި: ހީނާ
މިނިވަން 60 ފާހަގަކުރުމަށް ޘަޤާފަތާބެހޭ ވުޒާރާއިން 4.1 މިލިއަން ޚަރަދުކޮށްފައިވާ ކަމަށެވެ.
01 Jul 2026
އާރަށް މައްސަލަ؛ އައު ހެކިތައް ބަލައިނުގަނެވޭނެ: ސްޕްރީމް ކޯޓު
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްވެފައިވާ ކަމަށް ތުހުމަތުކޮށް ހުށަހެޅިފައިވާ މައްސަލާގައި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކި ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.
01 Jul 2026
ވޯލްޑްކަޕްގެ ޚަބަރުތައް ގެނެސްދިނުމުގައި އަޚްލާޤީ މިންގަނޑުތަކަށް ސަމާލުވުމަށް
ފީފާ ވޯލްޑްކަޕްގެ ފޯރި ގަދަވަމުން އަންނަ މި ދަނޑިވަޅުގައި، މެޗުތައް ބްރޯޑްކާސްޓްކުރުމާއި ޚަބަރު ފެތުރުމުގައި އަޚްލާޤީ މިންގަނޑުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.
01 Jul 2026
ސައުދީއަށް ޖީ20 ތެރެއިން ރައްކާތެރިކަން އެއްވަނަ
ސަޢޫދީ ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސް އިން އާންމުކުރި ތަފާސް ހިސާބުތައް ބިނާވެފައިވަނީ އދ.ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ އިންޑިކޭޓާ ޑޭޓާބޭހުގެ މައްޗަށެވެ. ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޤައުމުގެ އާބާދީގެ 97.7 އިންސައްތަ މީހުން ރޭގަނޑު އެކަނި އެ މީހުންގެ އަވައްޓެރި ސަރަހައްދުތަކުގައި ހިނގާފައި އުޅެން ރައްކާތެރި ކަމަށް ދެކެއެވެ.
01 Jul 2026
އެމްބާޕޭގެ މޮޅު ކުޅުމާއެކު ފްރާންސް ގަދަ 16 ޓީމްގެ ތެރެއަ
01 Jul 2026
އައިވަރީ ކޯސްޓް ބަލިކޮށް ނޯވޭ ގަދަ 16 އަށް
މުބާރާތުގެ ގަދަ 16 ގެ ޖާގައެއް ނޯވޭ ހޯދާފައި ވަނީ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނުމެޗް 2-1 ގެނަތީޖާއިން ކާމިޔާބުކޮށްގެންނެވެ