ނާއިބު ރައީސް، ފަލަސްތީނު ފަންޑަށް ފައިސާ ހަދިޔާ ކުރައްވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
13 Jun 2024 | 10:30
ފަލަސްޠީނާއެކު ދިވެހީން ފަންޑަށް ފައިސާ ޖަމާކުރުމުގެ ވަގުތު އިތުރު ކޮށްދީފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައުގަތުމަށް ފަލަސްޠީނަށް އެހީވުމަށް ކުރިއަށް ގެންދިޔަ "ފަލަސްޠީނާއެކު ދިވެހިން" ޓެލެތޯނުގެ އެކައުންޓަށް ފައިސާ ޖަމާކުރެވޭ ވަގުތު މަދާމާ ހަވީރު 06:00އާ ހަމައަށް އިތުރުކޮށްފިއެވެ.

މި ޓެލެތޯން އިންތިޒާމް ކޮށް ކުރިއަށް ގެންދާ ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، ފަލަސްތީނަށް އެހީވުމަށް ހުޅުވާލި ފަނޑަށް ފައިސާ ޖަމާކުރަމުން ދިޔައިރު ބައެއް ބައެއް ފަރާތްތަކަށް ޖަމާ ނުކުރެވުނު ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޓެލެތޯންއަށް ހަމަޖައްސާފައިވާ އޮޑިޓް ފަރމްއާ މަޝްވަރާކުރުމަށްފަހު ޓްރާންސްފާ މެދުވެރިކޮށް ފައިސާ ބަލައިގަތުމަށް ވަގުތު އިތުރުކޮށްދީފައުވާ ކަމަށް ޒީނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އެއީ އެއްފަހަރާ ގިނަ ބަޔަކު އެއްފަހަރާ ފައިސާ ޖަމާކުރަން އުޅުމުން ވީ ގޮތެއް ކަމަށް. އެހެން ވުމުގެ ސަބަބުން އަޅުގަނޑުމެން މިރޭ މި ނިންމީ ކުރިން ހެނދުނު 8:00 އިން މެނދަމު 12:00 ޓެލެތޯން ކުރިއަށް ގެންދާ ގޮތަށް އޮތީ، އެހެން ނަމަވެސް މިހާރު އަޅުގަނޑުމެން ނިންމާފައި މިވަނީ ޓެލެތޯންގެ މި ލައިވް ޝޯ މިރޭ ނިންމާލި ކަމުގައިވިއަސް ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ޓްރާންސްފާ ކުރުމުގެ ފުރުސަތު ދޭން" ޒީނާ ވިދާޅުވިއެވެ.

އެހެންކަމުން ފައިސާ ޖަމާކުރަން ބޭނުންވާ ފަރާތްތަކުން، ދިވެހި ފައިސާއިންނަމަ 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށް ޖަމާކުރުމަށް ޕީއެސްއެމްއިން އެދެއެވެ. 

ޕީއެސްއެމް އިން މައުލޫމާތު ދީފައިވާ ގޮތުން، ރޭގެ 12:00 ޖެހުމާއި ހަމައަށް 13،133،927ރ. (ތޭރަ މިލިއަން އެއް ލައްކަ ތިރީސް ތިން ހާސް ނުވަސަތޭކަ ހަތަވީސް ރުފިޔާ) ލިބިފައިވެއެވެ. އަދި 33،693.42 ޑޮލަރު ފަނޑަށް ލިބިފައިވާކަން ޕީއެސްއެމުން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުންވެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 13 ފަންޑު ފޮށީގެ ތެރެއިން ގިނަ ފަނޑުފޮށިތަކުގައި ހުރި ފައިސާ ގުނުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.