ނިހާޔާ އަދި ޝުއާއު ސްޕޯޓްސް މިނިސްޓަރާއެކު... ފޮޓޯ: މިނިސްޓްރީގެ ޕޭޖުން
ކުޅިވަރު
14 Jun 2024 | 00:43
ޗެސްގެ ފޯރިގަދަވިއިރު، އެންމެ ކުރީގައި ނިހާޔާ އަދި ޝުއާއު

ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޅޭ އިންޑިވިޖުއަލް ކުޅިވަރުތަކުގެ ތެރެއިން މިވަގުތު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ޗެސް އެވެ. އެގޮތުން މިކުޅިވަރުގައި ގައުމީ ފެންވަރުގައި ވާދަކުރާ ކުޅުންތެރިންގެ އަދަދު އަަަަހަރަކަށް ފަހު އަހަރެއް އުތުރުވަމުން އަންނައިރު، މިއަހަރުގެ ގައުމީ ޗެސް މުބާރާތުގައި ވަނީ ރެކޯޑް އަދަދަކަށް ކުޅުންތެރިން ބައިވެރިވެފައެވެ.

އެގޮތުން 2024 މެއި 27 އިން 2024 ޖޫން 7 ގެ ނިޔަލަށް މާލެ ސިޓީގައި ކުރިއަށްދިޔަ 10 ވަނަ ގައުމީ ޗެސް މުބާރާތުގައި ޖުމްލަ 111 ކުޅުންތެރިއަކު ވާދަކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ އަންހެން ކެޓަގެރީގައި ބައިވެރިވި 33 ކުޅުންތެރިންގެ އިތުރުން އޯޕަން ކެޓަގެރީގައި ވާދަކުރި 78 ކުޅުންތެރިންނެވެ. އަދި މިއަހަރުގެ މުބާރާތުގައި ވަނީ ޖުމްލަ 580 މެޗު ކުޅެފައެވެ. 

މިއީ މިދިޔަ އަހަރު ބޭއްވި ގައުމީ ޗެސް މުބާރާތުގައި ބައިވެރިވި ކުޅުންތެރިންގެ ނިސްބަތުން 24 އިންސައްތަ އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ މުބާރާތުގެ އަންހެން ކެޓަގަރީގައި 19 ކުޅުންތެރިއަކު ވާދަކުރުއިރު، އޯޕަން ކެޓަގެރީގައި ވާދަކޮށްފައިވަނީ 65 ކުޅުންތެރިންނެވެ. މިއާއެކު މިއަހަރުގެ މުބާރާތް ވެގެންގޮސްފައި ވަނީ ގައުމީ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ކުޅުންތެރިން ވާދަކުރި މުބާރާތަށެވެ.

މިއަހަރުގެ މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ނިހާޔާ އަޙުމަދު އެވެ. އަދި ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ޝުއާއު އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.