ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް އަދި ޖަމާލް މުސިއާލާ ސްކޮޓްލޭންޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ
ކުޅިވަރު
15 Jun 2024 | 03:46
ފަސޭހަކަމާއެކު ސްކޮޓްލޭންޑް ބަލިކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި

ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ގުރޫޕް އޭގައި ހުކުރު ދުވަހުގެ ރޭ ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލޭންޑާއި ޖަރުމަނު ވާދަކުރި މެޗު 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ޖަރުމަނުން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނު ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ސްކޮޓްލޭންޑަށް މިމެޗުގައި އިތުރު މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފު ނިމެންދަނިކޮށް، އެޓީމުގެ ރަޔަން ޕޯޓިއެސް، އެޓީމުގެ ޕެނަލްޓީ އޭރުއާ ތެރެއިން ޖަރުމަނުގެ މިޑްފީލްޑަރު ގުންޑޮގަންއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މެޗުގެ ރެފްރީ އޭނާއަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މިއާއެކު މެޗުގެ ބާކީބައި އެޓީމުން ފުރިހަމަކުރީ އެއްކުޅުންތެރިއަކު މަދުކޮށެވެ. އަދި މިފައުލާއި ގުޅިގެން ޖަރުމަނަށް ޕެނަލްޓީއެއް ލިބުނުއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ޖަރުމަނު ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ސްކޮޓްލޭންޑުން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނުއިރު، މިހާފުގައި ޖަރުމަނުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގައި ސްކޮޓްލޭންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ ދެވަނަ ހާފުގެ ފަހުކޮޅު ޖަރުމަނުގެ ޕެނަލްޓީއޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭޖެހުމެއްގައި ކެޕްޓަން އެންޑްރޫ ރޮބާޓްސަން ގޯލު ކުރިމަށްޗަށް ހުރަސްކޮދިން ބޯޅައެއްގައި އެޓީމުގެ ސްކޮޓް މެކެނާ ބޮލުން ފޮނުވާލި ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މީގެ އިތުރުން މިމެޗުގައި ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ފްލޯރިއަން ވާޓްޒް، ޖަމާލް މުސިއާލާ، ކައި ހަވާޓްޒް،ނިކްލަސް ފުލްކްރޫގް އަދި އެމްރޭ ޗާން މިއިން ކޮންމެ ކުޅުންތެރުއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުލުންތެރިއަކަށް ހޮވުނީ ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ޖަމާލް މުސިއާލާ އެވެ.

މިމުބާރާތުގައި މާދަމާ ރޭ ތިން މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި 18:00 ގައި ހަންގޭރީ އާއި ސްވިޒަލޭންޑް ވާދަކުރާއިރު، ދެވަނަ މެޗުގައި 21:00 ގައި ކްރިއޭޝިއާ އިން ނުކުންނާނީ ސްޕެއިން އާއި ދެކޮޅަށެވެ. އަދި 00:00 ކުޅެވޭ ތިންވަނަ މެޗުގައި އެންމެ ފަހުގެ ޗެންޕިއަން އިޓަލީ ނުކުންނާނީ އަލްބޭނިއާއި ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.