ޗައިނާގެ ކުންފުންޏަކުން އުފެއްދި ކާރެއް ދައްކާލަނީ -- ފޮޓޯ: އޭޕީ
ދުނިޔެ
15 Jun 2024 | 13:40
ޗައިނާގެ އިލެކްޓްރިކް ކާރުތަކަށް އީޔޫގެ އިތުރު ޓެރިފްތަކެއް؛ ހަންގޭރީގެ ވިސްނުން ތަފާތު

ޗައިނާގައި އުފައްދާ އިލެކްޓްރިކް ކާރުތައް ވިލާތުގެ ޤައުމުތަކަށް އެތެރެކުރުމަށް ނަގާ އިމްޕޯޓް ޓެރިފް 38 އިންސައްތަ އިތުރުކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ނިންމައިފިއެވެ.

ޔޫރަޕިއަން ކޮމިޝަނުން މި ނިންމުން ނިންމީ ޗައިނާގެ ސަޕްލައި ޗެއިންތެރެއިން ލިބޭ ސަބްސިޑީތަކާއި އެހެނިހެން އެހީތަކުގެ ސަބަބުން 'އަންފެއަރ' ފައިދާތަކެއް ޗައިނާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނުތަކަށް ލިބޭކަމަށް އެކޮމިޝަނުގެ ރިޕޯޓަކުން ދެއްކުމާ ގުޅިގެންނެވެ.

ޗައިނާގައި އުފައްދާ އިލެކްޓްރިކް ކާރުތަކުން ޓެރިފް އިތުރުކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ނިންމިނަމަވެސް، މި ނިންމުމަށް ޔޫރަޕްގެ ހުރިހާ ގައުމުތަކުން ތާއީދެއް ނުކުރެއެވެ. އެގޮތުން ޗައިނާއާއެކު އޮންނަ ގުޅުން ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ހެންގޭރީއިން ވަނީ ޔޫރަޕިއަން ކޮމިޝަންގެ މި ނިންމުމަކީ ވިޔަފާރީގެ ވާދަވެރިކަމަށް އެންމެ ފައިދާހުރި ގޮތް ނޫންކަމަށާއި، މިއީ ޗައިނާއާމެދު ތަފާތުކުރުން ގެންގުޅުންކަމަށް ސިފަކޮށްފައެވެ. ހަންގޭރީ އިން ދަނީ ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރާ ބެޓެރި އުފައްދާ ޔޫރަޕްގެ މަރުކަޒަކަށް އެގައުމު ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޗައިނާގެ ވިޔަފާރިއާއި ބެހޭ ވުޒާރާއިންވެސް ވަނީ ޔޫރަޕިއަން ކޮމިޝަނުގެ ނިންމުމަށް ފާޑުކިޔާފައެވެ. ބުދަ ދުވަހު ޗައިނާގެ ކޮމަރސް މިނިސްޓްރީއިން ބުނީ މިޓެރިފް ތަކަކީ މާ މަތީ ޓެރިފްތަކެއްކަމަށާއި، ޓެރިފްތައް އިއުލާންކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ދެއްކު ހުއްޖަތްތަކަކީ އެއްވެސް ހަގީގަތެއް ނެތް އަދި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ކުރިމަތީގައި އެއްވެސް އަސާސެއް ނެތް ވާހަކަތަކެއްކަމަށެވެ. އަދި މިއީ ޗައިނާއާއި ޔޫރަޕާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަން އިތުރުކުރުމަށް ޔޫރަޕިއަން ކޮމިޝަނުން އެޅި ފިޔަވަޅެއްކަމަށްވެސް ޗައިނާއިން ސިފަކުރެއެވެ.

ޗައިނާއިން ޔޫރަޕަށް އެތެރެކުރާ އިލެކްޓްރިކް ވެހިކަލްތަކަށް މިހާރުވެސް 10 އިންސައްތައިގެ ޓެރިފެއް ނަގައެވެ. އިއްޔެ އިއުލާންކުރި ބަދަލުތަކާއެކު ޗައިނާގެ ސަރުކާރު ހިއްސާވާ އެސް.އޭ.އައި.ސީ މޮޓޯރސްގެ ކާރުތަކުން 38.1 އިންސައްތަ، ގީލީ ހޯލްޑިންގ ކުންފުނީގެ މޮޑެލްތަކުން 20 އިންސައްތަ އަދި ބީ.ވައި.ޑީ ގެ މޮޑެލްތަކުން 17.4 އިންސައްތައިގެ ޓެރިފެއް ނަގަން ފަށާނެއެވެ. ޔޫރަޕިއަން ކޮމިޝަނުން ޗައިނާގެ އިލެކްޓްރިކް އުޅަނދުތަކުގެ މާކެޓް ދިރާސާކުރުމަށް ކުރި މަސައްކަތުގައި އެއްބާރުލުން ދިން ކުންފުނިތަކުގެ މޮޑެލްތަކަށް ޓެރިފް ކުޑަކޮށްދިންއިރު، އެއްބާރުލުން ނުދޭ ހުރިހާ ބްރޭންޑަކަށް 38 އިންސައްތައިގެ ޓެރިފެއް މަތިކުރާނެކަމަށް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

ޗައިނާގެ އިލެކްޓްރިކް ވެހިކަލް އުފައްދާ ކުންފުނިތަކުން ޔޫރަޕްގައި މަގުބޫލު ގިނަ ބްރޭންޑްތަކެއް އުފައްދައެވެ. އެގޮތުން ވޮލްޥޮ ގްރޫޕްގެ ބޮޑު ހިއްސާއެއް ގީލީ އިން ކޮންޓްރޯލްކުރާއިރު، ވޮލްކްސްވޭގަން ގްރޫޕުން ޗައިނާގެ ކުންފުނިތަކާއެކު ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.