މިއަހަރުގެ ޙައްޖު ޚުތުބާ ދެއްވަނީ--
ދީން
15 Jun 2024 | 16:53
ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ދުޢާކުރުމަށް ޙައްޖު ޚުތުބާގައި ގޮވާލައްވައިފި

ޔަހޫދީންގެ ލާއިންސާނީ ހަމަލާތައް ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރިމަތިވެފައިވާ ހިތްދަތި ހާލުން އަރައިގަތުމަށް އެދި ދުޢާކުރުމަށް ޙައްޖު ޚުތުބާގައި ގޮވާލައްވައިފިއެވެ.

މި ޚުތުބާގައި ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލުން މިންޖުކުރެއްވުމަށް އެދި ދުއާ ކުރުމަށް ވަނީ ގޮވާލައްވާފައެވެ.

"ކާނެ އެއްޗެއް ނެތް، ލާނެ އަންނައުނެއް ނެތް ހާލުގައި ތިބި ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުއާކުރައްވާ،"

ޚުތުބާގައި ވިދާޅުވިއެވެ.

މިއަދު އިއްވި ޙައްޖު ޚުތުބާގައި އެކަކު އަނެކަކުގެ މަސްލަހަތު ރައްކާތެރިކޮށް، ފާސިދު ކަންކަމުން ދުރުހެލިވެ، އެއްބަޔަކު އަނެއްބަޔަކަށް ގެއްލުން ދިނުމުން ދުރުހެލިވުމަށް ވެސް ވަނީ ގޮވާލައްވާފައެވެ.

ހަމައެއާއިއެކު، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޙައްޖަތުލް ވަދާއުގެ ހުތުބާގައި ހަދީޘް ކުރެއްވި ބައެއް ކަންކަމަށް އަލިއަޅުވާލާ، ޚުތުބާގައި ވަނީ އެކެއްގެ ލެޔާއި ނަފްސު އަނެކާއަށް ހަރާމްވެގެންވާކަން ބަޔާންކޮށްފައެވެ. އަދި މީހުން ނުރުހޭ ނަންނަމުން ނުގޮވުމަށާއި، އެއް ބަޔަކު އަނެއް ބަޔަކަށް ގެއްލުން ނުދިނުމަށާއި، ރަލާއި މަސްތުވާތަކެތި ފަދަ ޝައިތާނީ އަމަލުތަކުން ދުރުހެލިވުމަށް ވެސް ޙައްޖު ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.

މިއަހަރުގެ ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވާފައިވަނީ މަސްޖިދުލް ޙަރަމްގެ އިމާމު، ޝެއިޚް މާހިރު ބިން ޙަމަދު އަލްމުޢައިޤްލީއެވެ.

މަސްޖިދުލް ނަބަވީގެ އިމާމުކަން ވެސް ކުރެއްވި ޝެއިޚް މާހިރު، މަސްޖިދުލް ޙަރަމްގެ އިމާމުގެ އައްޔަނުކުރައްވާފައިވަނީ 2007 ވަނަ އަހަރުއެވެ. ޝެއިޚް ތަޢުލީމް ޙާޞިލްކުރެއްވީ މައްކާގެ އުއްމުލް ޤުރާ ޔުނިވަރސިޓީންނާއި ރިޔާޞްގެ ކިންގް ސަޢުދު ޔުނިވަރސިޓީންނެވެ.

ޢަރަފާތު ދުވަހަކީ ޙައްޖުގެ އަޅުކަމުގެ އެންމެ މުހިއްމު ދުވަހަށްވާއިރު، އަރަފާތު ދުވަހުގެ ހުތުބާ ދެނީ، ކީރިތި ރަސޫލާ މުޙައްމަދު (ސ.ޢ.ވ) ޢަރަފާތު ދުވަހުގެ ޚުތުބާ ދެއްވި މަޤާމުގައި ބިނާކޮށްފައިވާ މަސްޖިދުލް ނަމިރާގައެވެ. މި މިސްކިތަކީ މައްކާގެ ދެވަނައަށް އެންމެ ބޮޑު މިސްކިތެވެ.

ޙައްޖު ދުވަސް ނުވަތަ ޢަރަފާތު ދުވަހަކީ އެތައް ގޮތަކުން ބަރަކާތްތެރި ދުވަހަކަށް ވާއިރު، އެއީ އެތައް މިލިއަން މުސްލިމުން މާތްވެގެންވާ އަރަފާތު ބިމުގައި ހޭދަ ކުރާ ދުވަހެވެ.

ހަމައެއާއިއެކު، މި ދުވަހަކީ މާތް ﷲ ގެ އަޅުތަކުންގެ ތެރެއިން ގިނަ ބަޔަކު ނަރަކައިން މުއްތިކުރައްވާ ދުވަހަށް ވުމާއިއެކު، އެއީ މާތް ﷲ ގެ ދީން ފުރިހަމަކުރެއްވިކަން ޢިއުލާންކުރެއްވި، އަދި  މުޅި އިސްލާމީ އުންމަތަށް ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ވަސިއްޔަތްޕުޅު އިއްވި ދުވަސްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ