ހއ. މާރަންދޫ-- ފޮޓޯ: ޒުވާން މަސްވެރިޔާ
ހަބަރު
15 Jun 2024 | 18:38
ދީނީ މިންގަނޑާއި އެއްގޮތަށް ޖަމިއްޔާއަކުން އީދު ފާހަގަކުރަން މާރަންދޫ ކައުންސިލުން ހުރަސް އަޅައިފި

އިސްލާމް ދީނުގެ އުސޫލުތަކާއި އެއްގޮތަށް ހއ.މާރަނދޫގައި އަޟްހާ އީދު ފާހަގަކުރުމަށް އެރަށުގެ ޖަމިއްޔާއެއް ކަމަށްވާ މާރަންދޫ ދަންމަރު (މާދަ) ޖަމިއްޔާ އިން މަސައްކަތްކުރުމުން، ރަށުގެ ކައުންސިލުން އެކަމަށް ހުރަސް އަޅައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން މާދަ ޖަމިއްޔާއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ޖަމިއްޔާ އަކީ އިޖުތިމާޢީ، ތަޢުލީމީ އަދި ދީނީ މިންގަނޑުގެ ތެރޭގައި ހިންގުމުގެ މަގްސަދުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމަށާއި، އެގޮތުގެ މަތިން، 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގެ އަޟްހާ އީދު ފާހަގަކުރުމަށް ނިންމުމުން، ރަށުގެ ކައުންސިލުން އެކަން މަނާކޮށް އިންޒާރުދިން ކަމަށެވެ.

މި ނޫސް ބަޔާނުގައި މާދަ ޖަމިއްޔާއިން ވަނީ ކައުންސިލުން މިފަދައިން މަނާކުރީ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތި ކަމަށާއި، އީދު ކުޅިވަރު ކުޅުން މަނާކޮށް އިންޒާރު ދިނީ ހަމައެކަނި އެ ޖަމިއްޔާ އަށް ކަމަށް ބުނެފައެވެ. އަދި މިފަދައިން ރަށުގެ ކައުންސިލުން އަމަލުކުރީ، އެ ޖަމިއްޔާ އަކީ ކައުންސިލުން އިސްނަގައިގެން، ރަށުގެ މުއައްސަސާތަކާއި ޖަމިއްޔާތައް ހިމަނައިގެން އުފައްދާފައިވާ ކުޅިވަރު ކޮމެޓީގެ މެމްބަރަކަށް ވުން ކަމަށް ބުނެ އެ ޖަމިއްޔާ އިން ވަނީ އެ ކޮމެޓީގައި ހިމެނޭ އެހެން ފަރާތްތަކުން ވެސް ކޮމިޓިގެ ބައިވެރިވުމެއް ނެތި ހަރަކާތްތައް ކުރިއަށް ގެންދާކަމަށް ބުނެފައެވެ.

މިކަމާއި ގުޅޭ ގޮތުން "ވޮއިސް" އަށް މައުލޫމާތު ދެއްވަމުން އެ ޖަމިއްޔާގެ މުއައްސިސަކު ވިދާޅުވީ، ކައުންސިލުން އީދުގެ ކަންކަން ފާހަކުރުމަށް އެކުލަވާލި ކޮމެޓީގައި އެ ޖަމިއްޔާ ހިމެނޭ ކަމަށާއި، އެހެންނަމަވެސް އެ ކޮމިޓީން ރަށުގައި އީދު ފާހަގަކުރުގެ ގޮތުން ބާއްވަން ނިންމި ހަރަކާތްތަކުގެ ތެރޭގައި މިއުޒިކް އާއި ސްޓޭޖް ޝޯ ތަކާއި ދެ ޖިންސް އެއްވެގެން ކުޅިވަރު ކުޅުން ފަދަ ކަންކަން ހިމެނޭތީ އޭގެ ފަހުން ކޮމިޓީގައި ބައިވެރި ނުވާ ކަމަށެވެ.

އެ ޖަމިއްޔާއިން ބުނީ، އޭގެ ފަހުން، މާދަ ކަމިއްޔާއިން އަމިއްލަ އަށް އީދު ކުޅިވަރުތައް އިންތިޒާމް ކުރުމަށް ނިންމި ކަމަށާއި، އެގޮތުން މިދިޔަ އަހަރު އެކަމަށްޓަކައި ރަށުގެ ވަކި ސަރަހައްދެއް ބޭނުންވާކަމަށް ކައުންސިލަށް އެދުމުން އެހުއްދަ ކައުންސިލުން ދޫކޮށްފައި ނުވާ ކަމަށެވެ. އަދި ހުއްދަ އަށް އެދުނީ ވަކިން އީދު ފާހަގަކުރަން ނޫން ކަމަށާއި، ވަކި ޖަމާއަތެއް ކަމަށް ކައުންސިލުން ލޭބަލް ކުރި ނަމަވެސް އެ ޖަމިއްޔާ އިން އީދު ފާހަގަކުރަނީ މުޅި ރަށަށް ހުޅުވާލައިގެން ކަމަށް މާދަ ޖަމިއްޔާއިން ބުންޏެވެ.

ކައުންސިލުން އުފެއްދި ކޮމިޓީއާއި ގުޅިގެން އެއްވެސް ކުޅިވަރެއް ކުޅެން ބޭނުންނުވަނީ ދީނީ ގޮތުން ހިޔާލު ތަފާތުވާތީ ކަމަށާއި، އެފަދަ ކަންކަމުގައި ކައުންސިލުން ބައިވެރިވާއިރު، ޖަމިއްޔާއިން އެފަދަ ކަންކަމުން ބަރީއަ ވާން ބޭނުންވާތީ ކަމަށެވެ.

"އަޅުގަނޑުމެން މިއަހަރު ވެސް މަސައްކަތް ކުރިން އިޖްތިމާއީ ސެންޓަރުވެސް ނަގައިގެން އީދު ކުޅިވަރުގެ ބައެއް ހަރަކާތްތައް ސެންޓަރުގެ ކުރިއަށް ގެންދަން. ދެން އިޖްތިމާއީ ސެންޓަރު ހިންގުމާއި ހަވާލުވެ ހުންނެވި ބޭފުޅާ އެ ހުއްދަ ވެސް ދިން، އެހެންނަމަވެސް، ފަހުން ކައުންސިލުން މިނިސްޓްރީ އަށް ގުޅައިގެން އެހުއްދަ އާއި އެއްޗެހި ބާތިކޮށް، އިޖުތިމާއި ސެންޓަރުގައި އަޅުގަނޑުމެންނަށް ނުކުޅެވޭ ގޮތް ހަދާފައިވަނީ."

މާދަ ޖަމިއްޔާ އިން ބުންޏެވެ.

މި މައްސަލަ އާއި ގުޅިގެން މާދަ ޖަމިއްޔާ އިން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ވެސް ސިޓީ ފޮނުވާފައިވާއިރު، އެލްޖީއޭ އިން ވެސް މިކަމާއި ގުޅޭ ޖަވާބެއް ދީފައެއް ނުވެއެވެ.

މާރަންދޫ ކައުންސިލުން 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުވެސް މިކަމާއި ގުޅިގެން އެ ޖަމިއްޔާ އަށް ފޮނުވި ސިޓީގައި ވަނީ، އެޖަމިއްޔާ އިން އީދު ފާހަގަކުރުމަށް ހުރަސް އަޅާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މާދަ ޖަމިއްޔާއިން މާރަންދޫގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ބައިސްކަލް ރޭސް، ފައިގަތަޅާ އަދި ބެޑްމިންޓަން ފަދަ އެތައް ކުޅިވަރެއް ރޭވި ނަމަވެސް، ކައުންސިލުގެ މި ނިންމުމުގެ ސަބަބުން އެ ޖަމިއްޔާ އަށް ވަނީ އީދު ފާހަގަކުރެވޭ ގޮތް ނުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.