މިއަދުގެ އާއިލީ ހަވީރުގެ ތެރެއިން: ފޮޓޯ/ ހުޝާން
ހަބަރު
16 Jun 2024 | 22:10
އަގުހުރި އިނާމްތަކާއިއެކު، ދަނގެތީ ޢީދު އުފާ ހަރަކާތްތައް ފަށައިފި؛ މިއަދުގެ ބޮޑު އިނާމަކަށް ދޫކޮށްލީ ބޮޑު ފްރިޖެއް!

އިސްލާމީ އުސޫލުތަކާއި އެއްގޮތަށް، އެންމެން ޝާމިލް ކޮށްގެން، އަގުހުރި އިނާމްތަކާއިއެކު އދ. ދަނގެތީގައި ކުރިއަށް ގެންދާ “ބީއެމްއެލް އިސްލާމިކް ޢީދު އުފާ” ގެ ހަރަކާތްތައް މިއަދު ފަށައިފިއެވެ. 

ދަނގެތީ ޢީދު އުފާ ހަރަކާތްތައް ކުރިއަށް ގެންދަނީ އެރަށު ދީނީ ޖަމިއްޔާއެއް ކަމަށްވާ ޖަމިއްޔަތުލް ޤަލަމުން އިސްނަގައިގެން ރަށުގެ އެހެން މަދަނީ ޖަމިއްޔާ ތަކާއި މުވައްސަސާ ތަކާއި ގުޅިގެންނެވެ. އެގޮތުން، މި އަހަރުގެ ކުޅިވަރުތައް ހިންގުމުގައި، އެ ރަށު ޖަމިއްޔަތުލް އަންވާރު، ދަނގެތީ ސިއްހީ މަރުކަޒު، ދަނގެތީ މަސައްކަތްތެރިންގެ ޖަމިއްޔާ، އަންހެނުންގެ ތަރައްގީއަށް މަަސައްކަތްކުރާ ކޮމިޓީ، އަދި ދަނގެތި ޕޮލިސް ސްޓޭޝަނުން ބައުވެރިވެއެވެ. 

މި އަޟުހާ ޢީދުގެ ހަރަކާތްތައްވެސް ފަށާފައިވަނީ ބޮޑު ޖަމާޢަތުގައި ކުރެވުނު ޢީދު ނަމާދުންނެވެ. އެއަށްފަހު، އުޟުހިޔާ ކަތިލުން ކުރިއަށް ގެންގޮސްފައިވާއިރު، މި ހަރަކާތް ބަލާލުމަށް ކުދި ބޮޑު އެތައް ބަޔަކު ވަނީ އެ ރަށު އޯޕަން ސްޓޭޖް ސަރަހައްދަށް އެއްވެފައެވެ. 

އީދު ނަމާދު ޖަމާއަތުގައި ކުރުން: ފޮޓޯ/ ޢަލީ ހުޝާން

މިއަދުގެ ޢީދު އުފާ ހަރަކާތްތަކުގެ ތެރެއިން އެންމެ ފޯރިއާއެކު ކުރިއަށްދިޔަ އެންމެ ޚާއްސަ ހަރަކާތަކީ ޢާއިލީ ހަވީރުގެ ތެރެއިން ކުރިއަށް ގެންދެވުނު ހަރަކާތްތަކެވެ. މި ހަވީރަށް އައި ހުރިހާ ކުޑަ ކުދިންނަށް ޢީދު ހަދިޔާ ބަހާފައިވާއިރު، ހަވީރުގައި ބަހަށްޓާފައި ހުރި ސްޓޯލްތަކުން ކުޅިވަރުތައް ކުޅުނު ކުދިންނަށްވެސް ހަދިޔާތައް ބަހާފައިވެއެވެ. މީގެ އިތުރުން ބޭބީ ނާސަރީ އިން ފެށިގެން ގްރޭޑް 4 އާއި ހަމައަށް ގްރޭޑް ކުޅިވަރުތައް، މި އާއިލީ ހަވީރުގެ ތެރެއިން ކުރިއަށް ގެންދެވި، އެ ކުޅިވަރުތަކުން އެއްވަނައަށް އައި ޓީމުގެ ހުރިހާ ކުދިންނަށް ހަދިޔާއަކަށް ކުޅޭ ކުޅޭ ސާމާނު ބަހާފައިވެއެވެ.

ދަނގެތީ އީދު އުފާ 1445: އުޟުހިޔާ ކަތިލުން- ފޮޓޯ/ ޢަލީ ޙުޝާން

ހަމަމިއާއެކު، މި ޢާއިލީ ހަވީރު ކުރިއަށް ދިޔައިރު ގްރޭޑް 3 އަދި 4 ގެ ދަރުވަރުންގެ ފަރާތުން ސްޓޭޖް ހަރަކާތްތައްވެސް ވަނީ ހުށަހަލާއިދީފައެވެ. 

ދަނގެތީ ޢީދު އުފާ ހަރަކާތްތަކުގެ ތެރެއިން ދޫކޮށްލާ އެތައް އިނާމްތަކުގެ ތެރެއިން އެންމެ ޚާއްސަ އެއް އިނާމަކީ އާއިލީ ހަވީރާއި އިސް ރަށްވެހިންގެ ހަވީރުގެ ތެރެއިން އެ ހަވީރުގައި ބަްިވެރިވާ ހުރިހާ ބައިވެރިންގެ މެދުގައި ގުރުލައިގެން ހޮވޭ ނަސީބުވެރި ފަރާތަށް ދޫކޮށްލާ ބޮޑު ހަދިޔާއެވެ.

އާއިލީ ހަވީރުގެ ކުޅިވަރެއްގެ ތެރެއިން-

އެގޮތުން އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް އާއިލީ ހަވީރުގައި ބައިވެރިވި ބޮޑެތި މީހުންގެ މެދުގަޔާއި ކުޑަކުދިންގެ މެދުގައިވެސް ގުރުލައިގެން ނަސީބުވެރި ފަރާތެއް ހޮވާފައިވާއިރު، ބޮޑެތިމީހުންގެ ތެރެއިން ހޮވުނު ނަސީބުވެރި  ފަރާތަށް ދީފައިވަނީ، ހައިސެންސް ބްރޭންޑްގެ 256 ލީޓަރ ގެ ބޮޑު ރެފްރިޖެރާޓަރ އެކެވެ. އަދި ކުޑަކުދިންގެ ތެރެއިން ނަސީބުވެރި ފަރާތަށް ދީފައިވަނީ ބައިސްކަލެކެވެ. 

އާއިލީ ހަވީރަށްފަހު، މިއަދުގެ ފަހު ހަރަކާތަކަށް ކުރިއަށް ގެންގޮސްފައިވަނީ ފިރިހެނުންގެ ހުނަރު ދައްކާލުމެވެ. މި ހަރަކާތް ކުރޮއަށް ދިޔައިރު، ހަރަކާތް ބަލަން ގޮސްތިބި މީހުންގެ މެދުގައި ގުރުލައިގެން ނަސީބުވެރި އެކި ފަރާތްތަކަށްވެސް އަގުހުރި އިނާމަތައް ދީފައިވެއެވެ. 

ދަނގެތީ ބީއެމްއެލް އިސްލާމިކް އީދު އުފާ ހަރަކާތްތައް ބުރާސްފަތި ދުވަހުގެ ރެއާއި ހަމައަށް ކުރިއަށްދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާދަމާ ހަވީރު، އިސްރަށްވެހިންނަށް ޚާއްސަ ކޮށްގެން ބާއްވާ އިސްރަށްވެހިންގެ ހަވީރެއް އޮންނައިރު، މާދަމާ ރޭ، ބޮޑުމަސް ޝޯއާއކު އަންހެން ކަނބަލުންގެ ކެއްކުމުގެ މުބާރާތް، “ރަނިރަހަ” ގެ ފުރަތަމަ ބުރުވެސް އޮންނާނެއެވެ. އިސްރަށްވެހިންގެ ހަވީރުގެ ތެރެއިންވެސް ހަވީރަށް އަންނަ މީހުނާއި ކުދިންގެ މެދުގައި ގުރުލައިގެން ހޮވޭ ނަސީބުވެރިޔާއަށް ބޮޑެތި އިނާމަތައް ވަނީ ހުށަހަޅާފައެވެ. 

އާއިލީ ހަވީރުގެ ކުޅިވަރެއްގެ ތެރެއިން-

މިފަހަރުގެ އީދު އުފާގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި ދޫކޮށްލަން ހަމަޖެހުފައުވަނީ، ނަސީބުވެރި ފަރާތަކަށް، ނަވާ ހައްޖު އެންޑް އުމްރާގެ ފަރާތުން ދޭ އުމްރާ ދަތުރެކެވެ. މީގެ އިތުރުން، ކުޑަކުދިންގެ ތެރެއިން ނަސީބުވެރި ފަރާޔަކަށް ކުޑަކުދިންގެ ސައިކަލަކާއި، ޓެބްލެޓެއް ދިނުމަށްވެސް ވަނީ ނިންމާފައެވެ. 

މިކަންކަމުގެ އިތުރުން، އީދު އުފާގެ މި ހަރަކާތްތައް ހުށަހެޅުމުގައި ކޮންމެ އަހަރަކު ޚާއްސަ މެހެމާނުން ބައިވެރިވާއިރު މި ފަހަރުގެ ޚާއްސަ މެހެމާނުންނަކީ ޕްރެޒެންޓަރ އަހުމަދު ހަމީދު އާއި، އިބްރާހިމް ރަމީޒު (ރަމީޒްބެ) އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.