ރައީސް ޑރ.މުޙައްމަދު މުޢިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Jun 2024 | 09:10
އިންޑިއާގެ ބޮޑުވަޒީރުގެ ފަރާތުން ރައީސް ޑރ.މުޢިއްޒުއާއި ދިވެހީންނަށް އީދު ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަާއި ދިވެހިންނަށް އަޟްހާ އީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބޮޑުވަޒީރު މޯދީގެ މި މެސެޖް އެކްސް ގައި ހިއްސާ ކުރަމުން ބުނީ، ރައީސް ޑރ.މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި އެންމެހާ ދިވެހީންނަށް ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ މޯދީ ފޮނުއްވާފައިވާ ކަމަށެވެ.

މި މެސެޖްގައި މޯދީ ވިދާޅުވީ، މިއަދު މި ފާހަގަކުރާ އުފާވެރި ދުވަހުން ހަނދާނަށް ގެނެސްދެނީ އެންމެން އުންމީދު ކުރާ ސުހްލަވެރި އަދި އެންމެން އެކުލެވޭ ދުނިޔެއެއް ބިނާ ކުރުމުގައި ބޭނުންތެރި، އެކުވެރިކަމާއި އެއްބައިވަންތަކަން ކަމަށެވެ.

ހަމައެއާއިއެކު، މިއީ އިންޑިއާގައި އޮތް މަލްޓި ކަލްޗަރަލް ހެރިޓޭޖް ގެ ތެރެއިން އެގައުމުގައި ވެސް ފޯރި އާއި އުފާވެރިކަމާއިއެކު ފާހަގަކުރެވޭ ދުވަހެއްކަން މޯދީ ފާހަގަކުރެއްވިއެވެ.

އިންޑިއާ އާއި ރާއްޖޭގެ ގުޅުން ކުރިއަށް ވުރެ ބަދަހިވަމުން އަންނައިރު، ދާދި ފަހުން ރައީސް ޑރ.މުޢިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް ތިން ވަނަ ފަހަރަށް މޯދީ ހުވާކުރެއްވި ރަސްމިއްޔާތަށް ވެސް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި ރައީސް ޑރ.މުޢިއްޒުގެ އަރިހުގައި ސަރުކާރުގެ އިސްވަފުދެއް ވަޑައިގެންއިރު، އިންޑިއާއިން އެމަނިކުފާނަށް ހޫނު މަރުހާބައެއް ވަނީ ކިޔާފައެވެ.

މި ދަތުރުފުޅަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ.މުޢިއްޒު ވަނީ ކުރިޔަށް އޮތް ތަނުގައި ދެޤައުމުގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެކަމަށާއި، ކަންކަން ފަހިވެގެންދާނީ ދިވެހިރާއްޖެއަށް އަދި ދިވެހިންނަށް ހެވާއިލާބަ ލިބޭގޮތަށްކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.