ޣައްޒާގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީ ފައުޖުގެ ބައިގަނޑެއް-- ފޮޓޯ: ބީބީސީ
ދުނިޔެ
17 Jun 2024 | 10:31
ހަމާސްގެ ވަރުގަދަ ހަމަލާތަކެއް؛ ޔަހޫދީ ސިފައިންގެ 8 މީހަކު މަރާލައިފި!

ހަމާސް ޖަމާއަތުން ދިން ވަރުގަދަ ރޮކެޓް ހަމަލާތަކެއްގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުގެ 8 ސިފައިން މަރާލައިފިއެވެ.

މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދިން ހަމަލާގައި މަރާލި 21 ސިފައިންނަށްފަހު، ޔަހޫދީންނަށް އަމާޒުކޮށް ހަމާސް އިން ދިން އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްގެ ތަލް އަލް ސުލްތާން ކައިރީގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީ ފައުޖަށް އަމާޒުކޮށް ހަމާސް އިން ދިން މިހަމަލާގައި، ޔަހޫދީންގެ އުޅަނދެއް ވެސް ވަނީ ގޮއްވާލާފައެވެ. މި ސަރަހައްދަކީ ޣައްޒާގައި ހުންނަ 8 ރެފިއުޖީ ކޭމްޕް ގެ ތެރެއިން އެއް ކޭމްޕް ހުންނަ ތަން ކަމަށްވާއިރު، މިއީ ފަހަކަށް އައިސް ޔަހޫދީން އެމީހުންގެ ލާއިންސާނީ އަމަލުތައް ހިންގަމުން އަންނަ އެއް ސަރަހައްދެވެ.

ހަމާސުން މި ހަމަލާ ދިނީ ޔަހޫދީ ފައުޖުން އެ ސަރަހައްދުގައި "އަސްކަރީ އޮޕަރޭޝަނެއް" ކުރިއަށް ގެންދިޔުމަށް ފަހު އެނބުރި އަންނަނިކޮށެވެ. ޔަހޫދީން އެ ސަރަހައްދުގައި ހިންގި މި އަނިޔާވެރި އަމަލުތަކާއި ގުޅިގެން ޣައްޒާގެ 30 މީހަކު ވަނީ ޝަހީދުވެފައެވެ.

ހަމާސްގެ މި ހަމަލާއާއި އެކު ހަނގުރާމަ ފެށުނީއްސުރެ މަރުވި ޔަހޫދީ ސިފައިންގެ އަދަދު މިވަނީ 600 އަށް ވުރެ މައްޗަށް އަރާފައެވެ.

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޔަހޫދީން ޣައްޒާއަށް ދިން ހަމަލާތަކުގައި 41 މީހަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރެއިން 5 ފަރާތަކީ ކުޑަ ކުދިންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.