އައިއޭސީން ޣައްޒާ އަށް އެހީ ފޯރުކޮށްދެނީ-- ފޮޓޯ: އައިއޭސީ
ހަބަރު
17 Jun 2024 | 12:04
އައިއޭސީން ކަތިލާ އުޟްހިޔާތަކުގެ ހިއްސާއެއް ދަޅުތަކުގައި ބަންދުކޮށް، ޣައްޒާއަށް ފޯރުކޮށްދެނީ

އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން މިއަހަރުގެ އަޟްހާ އީދަށް ކަތިލާ އުޟްހިޔާތަކުގެ ހިއްސާއެއް ދަޅުތަކުގައި ބަންދުކޮށް ޣައްޒާއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.

އައިއޭސީން ބުނީ ޣައްޒާ އަށް ހާއްސަކޮށް ކަތިލެވޭ އުޟްހިޔާ ކަތިލުން ކުރިއަށް ދަނީ ދެކުނު އެފްރިކާ އާއި އިންޑިއާގައި ކަމަށާއި، އުޟްހިޔާގެ ގޮތުގައި ކަތިލެވެނީ ގެރި ކަމަށެވެ.

މިތަކެތީގެ 1800 ހިއްސާ ޣައްޒާ އަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ހިއްސާ އަކީ ގާތްގަނޑަކަށް 15 ކިލޯއެވެ. އަދި ކޮންމެ ހިއްސާއަކުން ގާތްގަނޑަކަށް 39 ދަޅު އުފެއްދޭއިރު، ކޮންމެ ދަޅެއްގައި 340 ގްރާމް ހުންނާނެ ކަމަށް އައިއޭސީން މައުލޫމާތު ދެއެވެ. މިފަދައިން އުޟްހިޔާ ބަންދު ކުރުމަށް ފަހު ޣައްޒާ އަށް އައިއޭސީން 70،200 ދަޅު ފޮނުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާ އާއި ދެކުނު އެފްރިކާގެ އިތުރުން ވެސް އައިއޭސީން މިއަހަރު މިސްރާއި ޗާޑާއި ސޯމާލިއާގައި ވެސް އުޟްހިޔާ ކަތިލަމުން އަންނައިރު، ޗާޑާއި ސޯމާލިއާ އަކީ ކުރިން އުޟްހިތާ ކަތިލުމަށް ހަމަޖެހިފައިވާ ތަންތަނަށް ނުވި ނަމަވެސް، އައިއޭސީން ބުނީ، ހީކުރި ވަރަށް ވުރެ ގިނަ އަދަދަކަށް އުޟްހިޔާ ލިބުމުގެ ސަބަބުން، އެ ދެ ގައުމުން އިތުރު ބަކަރި އާއި ކަންބަޅި ބަކަރި ހޯދައި އެކަން ކުރިއަށްދާ ކަމަށެވެ.

މިއަހަރު އުޟްހިޔާގެ ގޮތުގައި އައިއޭސީން ކަތިލާ ތަކެތި:

1) 409 ބަކަރި

2) 131 ކަންބަޅި ބަކަރި

3) 7 ޖަމަލު (49 ހިއްސާ)

4) 5 ގެރި (29 ހިއްސާ)

މި ތަކެތީގެ ޖުމްލަ ހިއްސާގެ އަދަދަކީ 2418 ކަމަށް އައިއޭސީން ބުނެއެވެ.

 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.