ޣައްޒާ އަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ގައުމުތަކުން ގޮވާލަމުން އަންނަ ގޮވާލުންތަކަށް ޔަހޫދީން ވަނީ ބީރު ކަންފަތެއް ދީފައި-- ފޮޓޯ: އަނަޑޯލޫ އަޖަންސީ
ދުނިޔެ
18 Jun 2024 | 09:40
ކޮންމެ ދުވަހަކުވެސް ވަކި ވަގުތަކަށް ޣައްޒާގެ ދެކުނުގައި ގަތުލުއާއްމު މެދުކަނޑާލާނެ ކަމަށް ޔަހޫދީން ބުނެފި

ޣައްޒާގެ ދެކުނުގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ފައުޖުން ހިންގަމުން އަންނަ ގަތުލުއާއްމު ކޮންމެ ދުވަހެއްގެ ވެސް ވަކި ވަގުތަކަށް ހުއްޓާނެ ކަމަށް އެމީހުން ބުނެފިއެވެ.

މިއީ ޣައްޒާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އިންތިހާ އަށް ބޭނުންވެފައިވާ އިންސާނީ އެހީ ވެއްދުމުގެގޮތުން އެޅި ފިޔަވަޅެއް ކަމަށް ޔަހޫދީން ބުނެފައިވާއިރު، އެމީހުންގެ މި ނިންމުމުގެ ފަހަތުގައިވާ ނިޔަތާއި މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ޔަހޫދީންގެ ހަމަލާތައް ކޮންމެ ދުވަހަކުވެސް ހުއްޓާލުމަށް ނިންމާފައިވަނީ ޣައްޒާގެ ގަޑިން ހެނދުނު 8:00 އިން ރޭގަނޑު 19:00 އަށެވެ.

މި ވަގުތު ކޮޅުގެ ތެރޭގައި ޣައްޒާއާއި އިސްރާއީލާއި ދެމެދު އޮންނަ ކަރެމް ޝަލޮމް ބޯޑަރު ކައރީގައި ހިނގާ ހަމަލާތައް ހުއްޓާލައި އެހީ ވެއްދުމަށް ހުޅުވާލި ނަމަވެސް،  އެމީހުންވަނީ ދާއިމީ ކޮށް ހަނގުރާމަ ހުއްޓާލުމާއި ރަފާހް ގައި ހިންގާ އުދުވާންތައް ހުއްޓުމަށް ދެކޮޅު ހަދާފައެވެ.

މިކަމާއި ގުޅިގެން އދ ގެ ތަރުޖަމާނަކު ވިދާޅުވީ، ޔަހޫދީން މިފަދައިން ނިންމި ނަމަވެސް ޣައްޒާއަށް އެހީ އެތެރެކުރެވިފައިނުވާ ކަމަށެވެ.

މީގެ އިތުރުންވެސް، ޣައްޒާއަށް އިންސާނީ އެހީ ފޯރު ކޮށްދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެކްޝަންއެއިޑް އިން ބުނީ މިކަމުގެ ސަބަބުން ޣައްޒާ އަށް އިތުރު އެހީ ވެއްދުމަށް މަގުފަހި ވެގެން ދިޔަ ނަމަވެސް، މި ނިންމުމާއި ގުޅޭ ތަފްސީލު ޔަހޫދީން މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ފާއިތުވި އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ޔަހޫދީން ޣައްޒާ އަށް އަރައިގަނެ، ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، އެމީހުން ވަނީ ޣައްޒާ އަށް އެހީ ވެއްދޭނެ ހުރިހާ އެއްގަމު މަގުތަކާއި ބޯޑަރުތަކެއްގެ ކޮންޓްރޯލް ނަގާފައެވެ. މިކަމާއި ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ނުލިބި އެތައް ބަޔަކު ބަނޑުހައިހޫނު ކަމުގެ ވޭނުގައި ޝަހީދުވަމުންދާއިރު، އެހެނިހެން އިންސާނީ އެހީތެރިކަމުން ވެސް އެމީހުން ވަނީ މަހުރޫމް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.