އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން
ހަބަރު
18 Jun 2024 | 12:36
ދަނގެތި ޢީދު އުފާ: އިސްރަށްވެހިންނަށް ޚާއްސަ ހަވީރަކާއިއެކު އަގުވަޒަންކުރީ އެބޭފުޅުންގެ އަގުހުރި ޚިދުމަތްތައް

އދ. ދަނގެތީގައި ބަރަކާތްތެރި އަޟުޙާ ޢީދުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އެރަށުގައި ތިބި އިސްރަށްވެހިންނަށް ޚާއްސަ ހަވީރެއް ބާއްވައިފިއެވެ. 

ސަގާފީ ކުލަ ތަކާއިއެކު އިއްޔެ ދަނގެތީގައި ކުރިއަށް ގެންދިޔަ މި ހަވީރުގައި އެ ރަށުގެ 70 އަހަރުން މަތީގެ އިސްރަށްވެހިންނަށް ދައުވަތު އަރުވައި، އެ ބޭފުޅުން ދަނގެއްޗަށާއި އަދި ދިވެހިރާއްޖެއަށް އެކި ރޮނގު ރޮގުން ކޮށްދެއްވި ޚިދުމަތްތަކުގެ އަގުވަޒަން ކޮށްފައެވެ. 

އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން

އެގޮތުން، އިސްރަށްވެހިން ހަވީރަށް އައުމުން، ރަތް ދޫލައިން ރަސްމީ ޢިއްޒަތުގައި އެ ހުރިހާ ބޭފުޅުންނަށްވެސް މަރުހަބާ ކިޔާފައިވާއިރު، އެއިން ކޮންމެ ބޭފުޅަކާއި ގުޅޭ މައުލޫމާތާއި، އެބޭފުޅުން ކޮށްދެއްވި ޚިދުމަތްތަކާއި ގުޅޭ ތަޢާރަފެއް ދީފައިވެއެވެ. އެއަށްފަހު މާބޮޑިއަކާއި އަދި ހަދިޔާ ޕެކެއްވެސް އެބޭފުޅުންނަށް ދެވިފައިވެއެވެ. 

އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މީގެ އިތުރުން، މިހާރު ދުނިޔެ ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން، ދަނގެއްޗަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްގެ އަގުވަޒަން ކުރުމުގެ ގޮތުން “ޝަޚްސުންގެ ރަންހަނދާނުގައި” ނަމުގައި ދެވޭ ހަނދާނީ ފިލާއެއްވެސް ވަނީ އަލް މަރުހޫމާ ޒުލޭޚާ އާދަމް (ތުއްތު ކަނބުލޮ)އަށް އަރުއްވާފައެވެ. މި ފިލާ ހަވާލުކޮށްފައިވަނީ އޭނާގެ ފިރިހެން ދަރިއަކާއެވެ.

އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ފިލާ ހަވާލު ކުރުމުގެ ކުރިން، ޒުލޭޚާ އާދަމްގެ ތައާރަފަކާއި، އޭނާގެ ދަރިންނާއި ގުޅޭ މައުލޫމާތާއު، އޭނާ އާއި އޭނާގެ ދަރިން ދަނގެއްޗަށާއި ރާއްޖެއަށް ކޮށްދީފައިވާ، އަދި ކުރަމުންދާ ޚިދުމަތްތައް ފާހަގަކޮށްފައިވެއެވެ.

އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

މި ހަވީރުގެ ތެރެއިން އޭރު ޒަމާނުގައި ދިވެހިން ކޮށް އުޅުނު ބައެއް މަސައްކަތްތައް ދައްކުވައިދީ، އެކަންކަން ކޮށްލުމުގެ ފުރުސަތުވެސް ހަވީރުގައި ބައިވެރިވި މީހުންނަށް ވަނީ ދީފައެވެ. 

އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

އަދި އިސްރަށްވެހިންނަށްޓަކައި، އެ ބޭފުޅުންގެ އާއިލާގެ ކުޑަކުދިންގެ ފަރާތުން ޚާއްސަ ލަވައެއްވެސް ވަނީ ހުށަހަޅާއިދީފައެވެ.

އިސްރަށްވެހިންގެ ހަވީރުގެ ތެރެއިން: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް

ޢާއިލީ ހަވީރަށްފަހު، ރޭގައި ވަނީ ބޮޑުމަސް ޝޯވ އަކާއި އަންހެނުންގެ ކެއްކުމުގެ މުބާރާތް ‘ރަނިރަހަ’ގެ ފުރަތަމަ ރައުންޑްވެސް ކުރިއަށްގެންގޮސްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.