ކާބޯތަކެތީގެ އެހީ ބަހަމުންދިޔަ ސަރަހައްދެއްގައި ޣައްޒާގެ ކުޑަކުދިންތަކެއް-- ފޮޓޯ: ބްލޫމްބާގް
ދުނިޔެ
19 Jun 2024 | 13:35
ބަނޑުހައިހޫނު ކަމުގެ ސަބަބުން ޣައްްޒާގެ 35،000 ކުޑަކުދިން މަރުގެ ތުންފަތްމަތީގައި!

ފަލަސްތީނުގެ ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ޔަހޫދީން ކުރިމަތިކުރުވަމުންދާ ދަތިކުރުންތަކުގެ ސަބަބުން، ބަނޑުހައިހޫނު ކަމުގެ ސަބަބުން ޣައްްޒާގެ 35،000 ކުޑަކުދިން މަރުގެ ތުންފަތްމަތީގައި ތިބި ކަމުގެ އިންޒާރު ޣައްޒާގެ ލޯކަލް އޮތޯރިޓީ ތަކުން ދީފިއެވެ.

ޣައްޒާގައި ހުންނަ އެގައުމުގެ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ޣައްޒާ އަށް އެހީ ވެއްދުމަށް އެމެރިކާ އާއި އިސްރާއީލުން އަޅާފައިވާ ދަތިކުރުންތަކުގެ ސަބަބުން ބަނޑުހައިހޫނު ކަމުގެ ދުވަސްވަރަކަށް ޣައްޒާ އަވަސް ސްޕީޑެއްގައި މިސްރާބު ޖަހާފައިވާ ކަމަށެވެ.

މީޑިއާ އޮފީހުން ބުނީ ސިއްހަތަށް ފައިދާ ހުރި ކާނާ ނުލިބުމުގެ ސަބަބުންނާއި ރަނގަޅު ސިއްހީ ފަރުވާގެ ތެރެއިން ހާއްސަކޮށް ވެކްސިން ނުލިބުމުގެ ސަބަބުން އެތައް ކުޑަކުދިންނެއް ބަނޑުހައިހޫނު ކަމާއި ބަލިމަޑުކަމުގެ ވޭން ތަހައްމަލު ކުރަމުންގެންދާ ކަމަށެވެ.

އެއާއިއެކު، މީޑިއާ އޮފީހުން ވަނީ ޣައްޒާ އަށް ދަތިކުރުމުގެ ގަޮތުން ހައްދުފަހަނައަޅާފައިވާ އިސްރާއީލުން އަޅާފައިވާ ފިޔަވަޅުތައް އުވާލައި، ވީހާވެސް އަވަހަށް ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަގު ފަހިކޮށްދިނުމަށް  ގޮވާލާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން މެދުކެނޑުމެއްނެތި ޣައްޒާގައި ހިންގަމުން އަންނަ ގަތުލުއާއްމުގެ ސަބަބުން 37,350 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 85,400 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

ޔަހޫދީންގެ ލާއިންސާނީ އަމަލުތަކާއި ހަމަލާތަކާއި ގުޅިގެން ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.