ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން-- ފޮޓޯ: ދަ ޕްރެސް
ހަބަރު
19 Jun 2024 | 15:06
ކުށްކުރުން އިތުރުވެފައިވަނީ އެއްވެސް ހަމައެއް ނެތި ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލުމުން: ޝިފާން

ފަހަކަށް އައިސް މުޖުތަމައުގައި ކުށްކުރުން އިތުރުވެފައިވަނީ އެއްވެސް ހަމައެއް ނެތި ކުށްވެރިން މުޖުތަމައުއަށް ދޫކޮށްލުމުން ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްގެ ތަރުޖަމާނު އަދި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

"މާލޭގައި ވަގުންގެ ބޮޑު ނެޓްވޯކެއް، ހުއްޓުވޭނެ ގޮތެއް ނެތް!" މި ސުރުހީގައި ލިޔެފައިވާ ރިޕޯޓެއް އެކްސް ގައި ހިއްސާ ކުރައްވަމުން ޝިފާން ވިދާޅުވީ، މާލޭގައި ކުށްކުރުން އިތުރުވެފައިވާ ވާހަކައަކީ ހިތި ހަގީގަތެއް ކަމަށެވެ.

ޝިފާން ވިދާޅުވި ގޮތުގައި މިކަމުގެ އެއް ސަބަބަކީ މީގެ 10 ވަރަކަށް މަސް ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މޮނިޓާކުރެވޭނެ ހަރުދަނާ ނިޒާމެއް ނެތި 434 ކުށްވެރިން މުޖުތަމައު އަށް ދޫކޮށްލުމެވެ.

ހަމައެއާއިއެކު، ފުލުހުންގެ އިންފްރާސްޓްރަކްޗާ ތަރައްގީކޮށް ވަރުގަދަކުރުމަށްޓަކައި ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި މަސައްކަތްކޮށްފައިނުވުމަކީ ވެސް މިކަން ހައްލު ކުރުމަށް ކުރިމަތިވެފައިވާ ދަތިކަމެއްކަން ޝިފާން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން މި ތިބީ ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި،"

ޝިފާން ވިދާޅުވިއެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި މާލެ ސަރަހައްދުގައި ކުށްކުރުމުގެ މައްސަލަތައް އިތުރުވެފައިވާއިރު، އޭގެ ތެރެއިން ވައްކަމާއި ފޭރުމުގެ މައްސަލަތައް ގިނަ ކަން ފާހަގަކޮށްލަން ޖެހެއެވެ.

މިގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓެއްގެ އެޕާޓްމެންޓަށް މީހުން ގެންގޮސް ބިރުދައްކައިގެން ފޭރުމާއި، އެމްއޭސީއެލްގެ ވެހިކަލް ވަގަށް ނެގި މައްސަލަ ތަހުގީގު ކުރަނިކޮށް ފުލުހުންނަށް ހާމަވެގެންދިޔަ އުޅަނދުތައް ވަގަށް ނަގައި ވިއްކުމުގެ ނެޓްވޯކާއި ފިހާރަތަކާއި ގޭގެއަށް ވަދެ ވައްކަން ކުރާ މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ކޮމެންޓް
މާންބެ
ކުއް ކުރުން ގިނަ ވަނީ ދެދަތް ދޭތެރެ ދުރުކަމުން.
19 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.