ވާދެމުމުގެ މުބާރާތުގެ ޗެންޕިއަން ޓީމް: ފޮޓޯ/ ޖަމިއްޔަތުލް ޤަލަމް
ހަބަރު
20 Jun 2024 | 13:16
ދަނގެތި ޢީދު އުފާ: ވާދެމުމުގެ މުބާރާތުގެ ޗެންޕިއަން ޓީމްގެ ފައިސާ ހަދިޔާ ކުރީ ފަލަސްތީނަށް!

ބަރަކާތްތެރި އަޟުޙާ ޢީދު ފާހަގަކުރުމަށް އދ. ދަނގެތީގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ބޭއްވުނު ވާދެމުމުގެ މުބާރާތުގެ ސީނިއަރ ގުރޫޕް ސްޓޭޖްގެ ޗެންޕިއަން ޓީމަށް ލިބުނު ފައިސާ ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ހަދިޔާ ކޮށްފިއެވެ. 

ބަރަކާތްތެރި އަޟުޙާ ޢީދު އިސްލާމީ ރިވެތި އުސޫލުތަކާއި އެއްގޮތަށް ފާހަގަކުރުމަށް، ދަނގެތީ ޖަމިއްޔަތުލް ޤަލަމުން އިސް ނަގައިގެން ކުރިއަށް ގެންދާ ޢީދު އުފާ ހަރަކާތްތަކުގެ ތެރެއިން ވާދެމުމުގެ މުބާރާތް ބާއްވާފައި ވަނީ އަންގާރަ ދުވަހުއެވެ. އެ މުބާރާތުގެ ސީނިއަރ ގޮފިން އެއްވަނަ ހޯދާފައިވަނީ ވޭތުވެދިޔަ ފަސް އަހަރުގެވެސް ޗެމްޕިއަން ޓީމް، ޓީމް ފަތަހަ އެވެ. 

ޗެންޕިއަން ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު ފަތަހަ ޓީމަށް އެ ލިބުނު ހުރިހާ ފައިސާއެއް ފަލަސްތީނަށް ވަނީ ހަދިޔާ ކޮށްފައެވެ. 

ބީއެމްއެލް އިސްލާމިކް ދަނގެތީ ޢީދު އުފާ 1445ގެ ވާދެމުމުގެ މުބާރާތުގެ ދެވަނައަށް ގޮސްފައިވާ ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދީފައިވާއިރު، ތިންވަނައަށް ދިޔަ، ޓީމަށް 1000 ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހަވާލުކޮށްފައެވެ.

ވާދެމުމުގެ މުބާރާތުގެ އިތުރުން ޢީދު ފާހަގަކުރުމަށް އިއްޔެ ވަނީ މަސްރޭހެއްވެސް ކުރިއަށް ގެންގޮސްފައެވެ. ޖުމުލަ 16 ޓީމު ބައިވެރިވި އެ މަސްރޭހުގެ އެއްވަނައަށް ދިޔައީ ޓީމް ބަރިކެނޑިއެވެ. 

ދަނގެތި ޢީދު އުފާ ހަރަކާތްތައް ނިންމާލުމަށް ބާއްވާ އެންމެ ފަހުގެ ހަރަކާތް، ރައްޔިތުންގެ ބާބެކިޔު ބޭއްވުމަށް ހަމަޖެހިފައުވަނީ މިރޭއެވެ. މި ބާބެކިޔުގައި، ޢީދު އުފާ އިވެންޓްގެ ބޮޑު އިނާމް، ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕުންދޭ އުމްރާ ދަތުރު ލިބޭ ފަރާތް އިއުލާން ކުރެވިގެންދާނެއެވެ. 

ކޮމެންޓް
ވާނުވާ
އަރުފާތީ ދަނގެތީ ޤަލަމް ޖަމްޢިއްޔާ ޕްރިމޯޓް ކުރަން ގެންގުޅޭ ޕަޕެޓެއްތަ؟!!
20 Jun 2024
ގުޅޭ ލިޔުންތައް
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.