އެމްޑީޕީ އަދި ޕީއެންސީގެ ލޯގޯ--
ހަބަރު
20 Jun 2024 | 16:04
ކުޅުދުއްފުއްޓާއި މާލެ ސިޓީ ކައުންސިލްގެ ގޮނޑިތަކަށް ވާދަކުރަނީ ޕީއެންސީއާއި އެމްޑީޕީ

ހދ.ކުޅުދުއްފުށި ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލުން ހުސްވި ގޮނޑިތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގައި ވާދަކުރަނީ ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެނޑިޑޭޓުންކަން އިލެކްޝަން ކޮމިޝަން (އީސީ) އިން އާއްމުކުރި މައުލޫމާތުތަކުން ހާމަވެއްޖެއެވެ.

އަންނަ ޖުލައި މަހުގެ 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ދެ ބައި އިލެކްޝަން ގައި ވާދަކުރާ ކެނޑިޑޭޓުންގެ މައުލޫމާތު އީސީ އިން ވަނީ އާއްމުކޮށްފައެވެ.

މި އިންތިހާބުގައި،  މާލެ ސިޓީ ކައުންސިލުގެ ހެންވޭރު ހުޅަނގު ދާއިރާ އާއި މައްޗަންގޮޅި މެދު ދާއިރާ އާއި ހުޅުމާލެ ދާއިރާ އަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ހަމަޖެހިފައިވާއިރު، ކުޅުދުއްފުށި އުތުރު ދާއިރާ އަށް ވެސް ކައުންސިލް މެމްބަރަކު އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ގޮނޑިތައް ހުސްވީ، މީގެ ކުރިން އިންތިހާބުވެވަޑައިގެންނެވި ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރައްވާ، މަޖިލީހުގެ ގޮނޑި ކަށަވަރު ކުރެއްވުމުންނެވެ. 

މިގޮތުން، މާލެ ސިޓީ ކައުންސިލުން ހުސްވި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަހްމަދު އައިފާން އާއި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލަރު ކަން ކުރެއްވި އަހްމަދު ޒަމީރު އެ ދެ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވިއިރު، ހުޅުމާލެ ދާއިރާގެ ކައުންސިލަރަށް ހުންނެވި އިބްރާހިމް ޝުޖާއު ވަނީ ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

ހަމައެއާއިއެކު، ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރަށް ހުންނެވި މުހައްމަދު ދާއޫދު ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ކަށަވަރު ކުރައްވާފައެވެ. 

އީސީން ވަނީ މި ގޮނޑިތަކަށް ވާދަކުރައްވާ ކެނޑިޑޭޓުންގެ ނަންތައް އާއްމުކޮށްފައެވެ.

މިގޮތުން، ކުޅުދުއްފުށި އުތުރު ދާއިރާއަށް އެމްޑީޕީގެ ކެންޑިޑޭޓް ޝަމްނޫޒް މުހައްމަދު ނައީމް ވާދަކުރައްވާއިރު، ޕީއެންސީން ވާދަކުރައްވަނީ އިބްރާހިމް އަހްމަދެވެ.

އޭގެ އިތުރުން، މާލެ ސިޓީ ކައުންސިލުގެ ހުސްވި ގޮނޑިތަކުގެ ތެރެއިން ހުޅަނގު ދާއިރާ ވާދަ ކުރައްވަނީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު އިޝާން އަލީ އާއި އެމްޑީޕީގެ ކެންޑިޑޭޓް ހައްވާ ޝިފާނާ އެވެ. އަދި މައްޗަންގޮޅި މެދު ދާއިރާއަށް އެމްޑީޕީގެ ފަރާތުން މުހައްމަދު އަލީ ޖިނާދު ވާދަކުރައްވާއިރު، ޕީއެންސީގެ ފަރާތުން ވާދަކުރައްވަނީ ފާތިމަތު ޝައުފާ ސަލީމެވެ. އަދި ހުޅުމާލެ ދާއިރާ އަށް ޕީއެންސީގެ ކެންޑިޑޭޓް އަލީ އައިމަން އާއި އެމްޑީޕީގެ ކެންޑިޑޭޓް އަހްމަދު ރަޝީދު ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.
04 Aug 2026
މި ދައުރުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް ހުރިހާ ރަށަކަށް ފުޅާކުރެވޭނެ
މި ދައުރުގެ ތެރޭގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މަސައްކަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރެވިގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
04 Aug 2026
ކޮޅުވެއްޓިން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ކ. ގާފަރު ކައިރިން ބަންޑުންޖަހާލި އެލްސީވީން ގެއްލިގެން ހޯދަމުންދާ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑާއި ވައިގެ މަގުން ކުރިއަށްގެންދާ ކަމަށާ އެހެން ނަމަވެސް އަދި އެމީހުން ނުފެންނަ ކަމަށް އެ އިދާރާއިން ބުނެފިއެވެ.
04 Aug 2026
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15،403 މީހުން
މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގޮތުގައި 15،403 ފަރާތެއް ދަފްތަރުކުރެވިފައިވާ ކަމަށް އެންސްޕާއިން ބުނެފިއެވެ. މީގެ ތެރޭގައި އޭޕްރީލް މަހު އަލަށް ރަޖިސްޓަރީވި 96 ފަރާތެއްވެސް ހިމެނެއެވެ.
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.