އެމްޑީޕީ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
23 Jun 2024 | 18:53
އައްޑޫ މަސްވެރިން ޑިމާންޑް ކުރަނީ 13 މިލިއަނެއްހާ ރުފިޔާއަށް، އެއީ ވަރަށް ކުޑަ އަދަދެއް: އެމްޑީޕީ

ފައިސާ ނުލިބިގެން އައްޑޫގައި މުޒާހަރާ ކުރަމުންދާ މަސްވެރިން ޑިމާންޑް ކުރަމުންދަނީ ގާތްގަނޑަކަށް 13 މިލިއަނެއްހާ ރުފިޔާ ދޭން ކަމަށާ އެއީ ބޮޑު އަދަދެއް ނޫން ކަމަށް އިދިކޮޅު އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބުނެފިއެވެ. 

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުން ލަސްވަމުންދާ މައްސަލާގައި އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާހިރު ވިދާޅުވީ، ދިވެހި ރައްޔިތުން ތަކެއް ތިން ދުވަސް ވަންދެން މުޒާހަރާއެއް ކުރުމުންވެސް އެ މައްސަލަ ހައްލުކޮށްނުދެވުމަކީ ސަރުކާރު ވަރަށްބޮޑު ނާޤާބިލިއްޔަތު ކަމެއް ކަމަށާ، އެ މައްސަލަ ހައްލުކޮށްދިނުމަކީ ސަރުކާރަށް ލާޒިމު ކަމެއް ކަމަށެވެ. 

މިއާއެކު އޭނާ ވިދާޅުވީ، މުޒާހަރާގެ ތެރެއިން ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ކަންކަން ކުރުމަކީ އެމްޑީޕީންވެސް ތާއީދު ކުރާ ކަމެއް ނޫން ކަމަށާ، އަދި އައްޑޫގައި މިހާރު ހިނގަމުންދާ މަސްވެރިންގެ އިހްތިޖާޖުގެ ތެރެއިން އެފަދަ ކަމެއް ނުހިނގާ ކަމަށެވެ. 

އައްޑޫގެ މަސްވެރިން މިހާރު ކުރަމުންދާ އިހްތިޖާޖުގައި، ގާތްގަޑަަކަށް އެ ޑިމާންޑް ކުރެވެނީ، 13 ވަރަކަށް މިލިއަން ރުފިޔާ. އެއީ ފާއިތުވެދިޔަ ދެމަސް ދުވަހު މަސްވެރިންނަށް ދޭންޖެހިފައިވާ ފައިސާ. އެއީ ވަރަށް ކުޑަކުޑަ އަދަދެއް ސަރުކާރަކަށް ނުވަތަ ދައުލަތަކަށް އެކަން ހައްލުކޮށްދޭން ބޭނުން ކަމަށް ވާނަމަ.  

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާހިރު

ކަންމިހެން ހުރުމުން، އެމްޑީޕީގެ ޕާލަމެންޓްރީގެ ފަރާތުންވަނީ، މަސްވެރިކަމާއިބެހޭ ވަޒީރު އައްޑޫ މަސްވެރިންނާއި ބައްދަލު ކުރައްވައި، އެ މަސްވެރިންގެ މައްސަލަތައް ވޭހާވެސް އަވަހަށް ހައްލުކޮށްދެއްވުމަށް ގޮވާލާފައެވެ. 

އަޅުގަނޑުމެންނަށް މީގެ ކުރިންވެސް ފެނުފައިވަނީ، މަސްވެރިން ކުރި މުޒާހަރާ ތަކުގައި މަސްވެރިކަމާއިބެހޭ ވަޒީރު ބައްދަލުކޮށް ހައްލުތަކެއް ހޯދަދިންކަން. ނުވަތަ، ފިނިކަމެއް ގެނެސްދިންކަން. 

ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާހިރު

އައްޑޫ މަސްވެރިންގެ މުޒާހަރާގެ ތެރެއިން: 

މަސްވެރިން ޑިމާންޑް ކުރަމުންދަނީ 13 މިލިއަނަށް ކަމަށް މައުރޫފް ވިދާޅުވެފައިވާއިރު، މެއި މަހުގެ 9 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ނުދެއްކި ހުރީ 52.6 މިލިއަން ކަމަށް މިފްކޯއިން ބުނެއެވެ. އަދި މިފްކޯއަށް މަސް ގަންނަމުން އަންނަނީ 8 ރުފިޔާގެ ގެއްލުމެއްގައި ކަމުން ފައިސާ ދިނުމުގައި ސަރުކާރާއި މަޝްވަރާ ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އައްޑޫ މަސްވެރިންގެ މުޒާހަރާގެ ތެރެއިން: 

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ބައެއް ދޯނިފަހަރުތަކުން ބުރާސްފަތި ދުވަހުން ފެށިގެން ހިންގަމުންދާ އިހުތިޖާޖުގައި އެ ފެސިލިޓީގައިހުރި މިފްކޯގެ މުދަލަށް ގެއްލުންދީ، މުވައްޒަފުންގެ އަސާސީ ޒަރޫރީ ބޭނުންތަކަށް ހުރަސް އެޅޭހެން ޢަމަލުތައް ބަހައްޓަމުން ގެންދާތީ މިކަން ޙައްލު ކުރުމަށް އެކުންފުންޏާއި، ކަމާއިގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

މިގޮތުން ކުންފުނީގެ މަސް ރައްކާކުރާ ކޯލްޑް ސްޓޯރޭޖާއި ޕަވަރ ހައުސް އިމާރާތްތާއި، މުވައްޒަފުން ދިރިއުޅެން ކަނޑައަޅާފައިވާ ސަރަހައްދުފަދަ ހުއްދަ ލިބިގެން ނޫނީ ވަނުން މަނާ ސަރަހައްދުތަކަށް ވަދެ، ތަނުގެ އޮޕަރޭޝަން ހުއްޓޭފަދަ ގޮތަކަށް އިހުތިޖާޖުގެ ބައިވެރިންގެ އަމަލުތައް ބަހައްޓާފައިވާކަން މިފްކޯއިން ވަނީ ފާހަގަކޮށްފައެވެ.

އަދި ހަމައެހެންމެ، މުވައްޒަފުންގެ ކެންޓީނަށް ގެއްލުންދީ، އެކަމޮޑޭޝަން އޭރިއާއަށް ރޭގައި ކަރަންޓު ދޭން ފުރުސަތު ދީފައިނުވާތީ، ތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ކެއުމާއި، ނިދުމާއި ފާޚާނާކުރުންފަދަ ޒަރޫރީ ކަންކަމަށް ބުރޫއަރާފައިވާކަމަށްވެސް މިފްކޯއިން ބުނެފައިވެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މިހާރު ހިނގަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ތަނުގެ އޮޕަރޭޝަން ހުއްޓި ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާތީ، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާއިބެހޭ ފަރާތްތަކާއި ގުޅިގެން މިފްކޯއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ތަން އޮޕަރޭޝަނަށް ގެނެސް ޢާންމު ހާލަތަކަށް ގެނައުމަށް މިފްކޯގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތްތަކާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރެވޭނޭ ކަމަށް މިފްކޯއިން މިއަދު ވަނީ ބުނެފައެވެ.

ކޮމެންޓް
އަހުދުނާމާ
ވަކި ބަޔަކައް އެކަންޏެއް ނޫން ފައިސާ ދޭން ޖެހޭނީކީ މި އެންޑީޕީއަކީ އެއްވެސް އިންސާފެއް ގެންގުޅޭ ބައެއް ނޫން.
23 Jun 2024
ގުޅޭ ލިޔުންތައް
30 Jun 2026
ޔާމީންގެ ފާޑު ވިދާޅުވުން؛ މަގާމަށް ހޮވުނީމަވެސް މުންޑު އަނދެގެން ނަޝީދު އޮތީ ގޭގައި
"ރައީސް ނަޝީދު އެމްޑީޕީގެ ޗެއާމަން ކަމަށް ކުރިމަތިލައިގެން އުޅުނުއިރު ވިދާޅުވި ތިމަންނަ މިކަން ކުރީމަ ދެން [ރައީސް] މުޢިއްޒު އޮންނަން ޖެހޭނީ މުންޑު އަނދެގެން ގޭގަ އޭ. ދެން މިއަދު އަޅުގަނޑު ސުވާލުކޮށްލަން ކާކުތޯ މުންޑު އަނދެގެން އޮތީ ގޭގައި," ޔާމީން ވިދާޅުވި އެވެ.
30 Jun 2026
މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާ ހިނގީ އޭސީ އިންޑޯ ޔުނިޓްގައި ރޯވެގެން: އެންޑީއެމްއޭ
އަލިފާން ރޯވި އެޕާޓްމަންޓަކީ މިވަގުތަށް ހުސްކޮށްފައިހުރި މީހުން ދިރިނޫޅޭ ތަނެކެވެ
30 Jun 2026
ސަލްޓަން ޕާކްގެ އީ-ސްޕޯ ޓްސް އޭރިއާއެއް، މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
އެހެންކަމުން އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ.
30 Jun 2026
2100 އަށްވުރެ ގިނަ ޕޭޕާލް ވޮލެޓް އެކްޓިވޭޓް ކޮށްފި
2100 އަށްވުރެ ގިނަ މީހުން ޕޭޕާލްގެ ވޮލެޓް އެކްޓިވޭޓް ކޮށްފައިވާ ކަމަށާ، ޕޭޕާލްގެ އިތުރު އޮޕްޝަންތައްވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ އަންނާނެ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
30 Jun 2026
މަގުތައް ހަދާ ނިމޭއިރު ފެންބޮޑުވުމުގެ މައްސަލައަށް ހައްލު ލިބޭނެ: މިނިސްޓަރު
މާލެ އާއި ވިލިމާލޭގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއު އަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
30 Jun 2026
ވޯލްޑް ކަޕުން ކެޓުމާ އެކު އުރުގުއޭއާއީ ޓީމުގެ ޗާޓާ ފްލައިޓް ކެންސަލްކޮށްފި
ގްރޫޕް ސްޓޭޖުން ކެޓުމުން އުރުގުއާއީ ފުޓުބޯޅަ ފެޑެރޭޝަނުން ޤައުމަށް ދިއުމަށް ހަމަޖައްސައިފައިވި ޗާޓާ ފްލައިޓް ކެންސަލްކޮށް ކުޅުންތެރިންނަށް ކޮމާޝަލް ފްލައިޓްތަކުން ދަތުރުކުރަން ޖެހުނެވެ.
30 Jun 2026
ތޯރިގް، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި
ސަފީރު ކަމަށް އައްޔަނުކުރެއްވުމަށް ތޯރިގަށް މަޖިލީހުން ރުހުން ދެއްވުމުން އެ މަގާމަށް އައްޔަނު ކުރެއްވީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
30 Jun 2026
އީސީގެ ރައީސްކަމަށް ޝަކީލް އައްޔަންކުރަން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޝަކީލް އީސީގެ ރައީސް ކަމަށް އައްޔަންކުރަން ފެންނަ ކަމަށް 51 މެމްބަރުން ވޯޓުދީފައިވާއިރު ނުފެންނަ ކަމަށް 8 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.