ބިލިއާޑް ސެންޓަރުގައި ބޭއްވި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން... ފޮޓޯ: ޔޫތް މިނިސްޓްރީގެ ޕޭޖުން
ކުޅިވަރު
24 Jun 2024 | 13:59
"މޯލްޑިވްސް އޯޕަން 2024" ގައި ވާދަކުރާ ގައުމީ ބިލިއާޑް ޓީމުގެ ކުޅުންތެރިންނާއި ޖޯޒީ ހަވާލުކޮށްފި

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށް ރާއްޖޭގައި ބާއްވާ "މޯލްޑިވްސް އޯޕަން 2024 -10 ބޯލް ޗެމްޕިއަންޝިޕް" ވާދަކުރާ ގައުމީ ބިލިއާޑް ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްފިއެވެ. 

ގައުމީ ބިލިއާޑް ސެންޓަރުގައި ރޭ ބޭއްވި ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކުޅުންތެރިންނާއި ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ.

މާދަމާ އިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް މާލެ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ޖުމްލަ 96 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އެގޮތުން މިމުބާރާތުގެ އެކި ކެޓަގަރީތަކުގައި ބައިނަލްއަގުވާމީ 80 ކުޅުންތެރިންނާއެކު ދިވެހި 16 ކުޅުންތެރިއަކު ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން މިއަހަރުގެ މުބާރާތަގައި ދުނިޔޭގެ ޗެންޕިއަންކަން ހޯދާފައިވާ ފަސް ކުޅުންތެރިއަކު ވާދަކުރާއިރު ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިންނާއެކު، އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިން ވެސް މި އަހަރުގެ މުބާރާތުން ފެނިގެންދާނެއެވެ. އަދި ޔޫރަޕުގެ ކުޅުންތެރިން ހިމެނޭހެން މި މުބާރާތުގައި 25 ގައުމެއްގެ ކުޅުންތެރިން ވާދަކުރާނެއެވެ.

މިއީ މޯލްޑިވްސް އޯޕަން ބިލިއާޑް މުބާރާތް ރާއްޖޭގައި ބާއްވާ ދެވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ބޭއްވި މުބާރާތުގައި 24 ގައުމަކުން 64 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެ މުބާރާތް ފަސް ދުވަހުގެ މުއްދަތަކަށް ކުރިޔަށްދިޔައިރު، ސޯޝަލް މީޑިއާއިން ފަސް މިލިޔަނަށް ވުރެ ގިނަ މީހުން މުބާރާތް ބަލާފައިވާ ކަމަށް އެމްޕީބީއޭއިން މައުލޫމާތުދެއެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ބޭއްވި ފުރަތަމަ ބައިނަލްއަގުވާމީ ބިލިއާޑް މުބާރާތުގެ ގޮތުގައި މިދިޔަ އަހަރުގެ މުބާރާތް ފާހަގަކޮށްލެވުނުއިރު، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޗައިނީސް ޓައިޕޭގެ ކޯ ޕިން ޗަންގްއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ފިލިޕީންސްގެ ޔޯހަން ޗުއާއާ ވާދަކޮށް 10-8 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

މީގެ އިތުރުން އެ މުބާރާތުގެ ގަދަ 32 ކުޅުންތެރިން ތެރޭގައި ރާއްޖޭގެ އެއްވަނަ ކުޅުންތެރިޔާ ހަސަން ޝާޒް މުޙައްމަދު ވަނީ ހިމެނިފައެވެ. މިއީ ރާއްޖޭގެ ބިލިއާޑުގެ ތާރީޚުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ކާމިޔާބީއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.