ރޭގެ ޖަލްސާގައި ޔާމީން ވާހަކަ ދައްކަވަނީ: ފޮޓޯ/ ވޮއިސް
ހަބަރު
25 Jun 2024 | 13:26
ރާއްޖޭގެ މަސްވެރިކަން ހަލާކު ކުރީ އެމްޑީޕީ ސަރުކާރުން: ރައީސް ޔާމީން

ރާއްޖޭގެ މަސްވެރިކަން ހަލާކު ކުރީ އެމްޑީޕީ ސަރުކާރުން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ. 

ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، މަސްވެރިކަމަކީ ދިވެހި ރާއްޖޭގެ ލޭނާރު ކަމަށާ، މަސްވެރިންގެ ޚިދުމަތުގެ އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި މަސްވެރިން ދިވެހި ރާއްޖޭގައި ތިބެންޖެހޭ ކަމަށެވެ. އެހެންކަމުން، މަސްވެރިން ބާނާ މަސް ގަތުމަށްފަހު އެއަށްވާ ފައިސާ ދައްކަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ. 

މިއާއެކު، އެމްޑީޕީން މަސްވެރިންގެ ހައްގުގައި ކުރާ ކަންކަމާއި އެނޫންވެސް އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ކުރަމުންދާ ކަންކަމަށް ޕީއެންއެފްއިން ތާއީދު ކުރަންތޯ ނުވަތަ ނޫންތޯ ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވަނީ ޕީއެންއެފްއިން އެމްޑީޕީއަށް ތާއީދު ނުކުރާނެ ކަމަށާ، އެ ދެ ޕާޓީއަކީ އެއް ފިކުރެއްގެ ޕާޓީއެއް ނޫން ކަމަށް ވިދާޅުވެފައެވެ. 

އެހެން ނަމަވެސް، ރައްޔިތުންގެ ހައްގުގައި މަޖިލިސް ތެރެއިން، އެމްޑީޕީން ކުރަމުން އަންނަ ކަންކަމަށް ތާއީދު ކުރައްވާނެ ކަމަށް ޔާމީން ވިދާޫވިއެވެ. 

އެއީ އެމްޑީޕީ ވެއްދީމަ ތާއީދު ކުރަނީކީއެއް ނޫނޭ. އެއީ މަސްވެރިންގެ ހައްގެއް ގެއްލިގެންދާތީ، އެމީހުންނަށް އެ ފައިސާ ލިބެންޖެހޭ ކަމަށް އަޅުގަނޑުމެން ގަވޫލޫކުރާތީ. އެހެންވީމާ އެމްޑީޕީ ވެގެންނެއް އަޅުގަނޑުމެންނެއް، ތާއީދެއް ނުކުރާނަން. އެމްޑީޕީން ދެއްތޯ މިތަނުގައު މުޅި އަޚްލާގު ހަލާކުކޮށްލި ބަޔަކީ. ކީއްވެތޯ މިކަންކަން ހަނދާން ނައްތާލި ބަޔަކީ. 

ރައީސް ޔާމީން އަބްދުލް ގައްޔޫމް

ކަންމިހެން ހުރި ނަމަވެސް، ޔާމީން ވަނީ އެމްޑީޕީގެ ވެރިކަމުގައި ރާއްޖޭގެ އިގްތިޞާދު “ފުނޑާލައި” މަސްވެރިކަން ހަލާކުކޮށްލި ކަމަށް ވިދާޅުވެ އެޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެމީހުން (އެމްޑީޕީ) އިން ދިވެހިރާއްޖޭގެ އިގްތިޞާދު ފުނޑާލީ. ފުނޑާލީއޭ މި ދަންނަވަނީ އެމީހުން މަސްވެރިކަން ހަލާކު ކޮށްލީ އެމްޑީޕީ ސަރުކާރުން ކަމަށް ވީމަ. މަސްވެރިންގެ ދޯނީގައި މަހަށް ނުކުތް އެންމެނަށް އެއްގަމުން ވަޒީފާ ދިނީމަ، މަސްދޯނިތައް ވިއްކާލަން ޖެހުނީ. މަސްވެރިކަން ދިޔައީ އެ ސަބަބާހުރެ. 

ރައީސް ޔާމީން އަބްދުލް ގައްޔޫމް

ޔާމީން ވިދާޅުވީ، އެމްޑީޕީން ރާއްޖޭގެ އިގްތިޞާދު ފުނޑާލާފައި ވަނީ ރޭވުމެއްގެ ތެރެއިން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.