މާލޭގެ މަގުމަތި-- ފޮޓޯ: ވޮއިސް
ހަބަރު
25 Jun 2024 | 15:31
މާލެ ސަރަހައްދުގައި ނުރައްކާތެރި 46 ވަގުން، 6 މަސްތެރޭ 4،000 ފަހަރު ފުލުހުން މުއާމަލާތް ކުރި!

މާލެ ސަރަހައްދުގައި އާއްމުކޮށް ވައްކަން ކުރާ 46 މީހުން ފާހަގަކުރެވިފައިވާ ކަމަށާއި، ފާއިތުވެދިޔަ 6 މަސްތެރޭ އެމީހުންނާއި 4،000 ފަހަރު ފުލުހުން މުއާމަލާތް ކުރިކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ފާހަގަކުރެވުނު މީހުންގެ ތެރެއިން އެއްބަޔަކު ހައްޔަރަށް ގެނެވުނު އިރު ބާކީ ތިބި މީހުން ނަސޭހަތް ދިނުމަށްފަހު ދޫކޮށްލި ކަމަށެވެ.

މިކަން އިތުރަށް އޮޅުންފިލުވައި ދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ހައްޔަރު ކުރެވޭ މީހާގެ ކުޑަ ކަމުދާ ތަކެތި މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެގެން ކޯޓަށް ގެންދިޔުމުން އެއީ ކްރިމިނަލް މައްސަލައެއް ކަމަށް ނިންމާކަމަށާއި، އެކަމާއި ގުޅިގެން ކްރިމިނަލް ކޯޓަށް އޭނާ ހާޒިރު ކުރުމުން އެއީ ޑްރަގް މައްސަލައެއް ކަމަށް ނިންމާކަމަށެވެ. އަދި ބައެއް ފަހަރު ކޯޓުތަކުގެ އިހުތިސާސް ނެތްކަމަށް ބުނެ ދޫކޮށްލުމުން ފުލުހުންނަށް ލިބޭ ބާރުތަކުގެ ތެރެއިން 24 ގަޑިއިރަށް ވުރެ ގިނައިރު އެމީހާ ބަންދުކޮށްފައި ނުބެހެއްޓޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ގޮންޖެހުމުގެ ސަބަބުން ފާއިތުވެދިޔަ 4،000 ފަހަރު މުއާމަލާތް ކުރުމަށްފަހު ވެސް މިއޮތް ހުރިހާ ދުވަހުވެސް 46 ވަގުން ތިބީ މަގުމަތީގައި ކަމަށާއި، އެހެންކަމުން، މިފަދަ ހާލަތްތަކުގައި ކަން ކުރަން ޖެހޭ ގޮތް ގާނޫނުގައި ސާފުކޮށް ބަޔާން ކުރުމުގެ މުހިންމުކަން ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

"މީގެ މައްސަލަ އަކީ އަޅުގަނޑުމެން އޭނަ ހައްޔަރު ކޮށްގެން، އޭނަގެ ޔޫރިން ޕޮސިޓިވް ވެގެން ކޯޓަށް ގެންދިޔައީމަ ބުނާނެ ނޫނެކޭ ތިއީ ޑްރަގް މައްސަލައެއް ނޫނޭ ތިއީ ކްރިމިނަލް މައްސަލައެކޭ. ކްރިމިނަލް ކޯޓަށް ގެންދިޔައީމަ ބުނެފާނެ މިއީ ޑްރަގް މައްސަލައެކޭ. އެހެންވީމަ ގާނޫނުގައި ސާފުކޮށް ބައެއްކަންކަން އެބަޖެހޭ ބަޔާން ކުރަން މިކަހަލަ ހާލަތުގައި މީނަ ގެންދަން ޖެހޭނީ ކްރިމިނަލް ކޯޓަށޭ."

ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، އާއްމުކޮށް ވައްކަން ކުރާ ކަމަށް ފާހަގަކުރެވޭ 46 މީހުންގެ ތެރެއިން އެންމެ ނުރައްކާތެރި ކަމަށް ފާހަގަކުރެވޭ 21 މީހަކު އެބަތިބި ކަމަށާއި، އެމީހުންނަށް އަމާޒުކޮށް މިދިޔަ ހަފްތާ އިން ފެށިގެން އޮޕަރޭޝަނެއް ހިންގާ، އޭގެ ތެރެއިން 10 މީހުން މިހާރު  ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާ އަށް ނެގިފައިވާ ކަމަށެވެ. މި މީހުން ފަރުވާ އަށް ނެގުމުންވެސް މާލެ ތެރެއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް މިކަމުގައި ހިމެނޭ 4 މީހަކު އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށާއި، ބާކީ 7 މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭގެ ތެރެއިން އަޅުގަނޑުމެންނަށް އެންމެ ކްރިޓިކަލް ކަމަށް ފާހަގަކުރެވޭ 21 މީހުންނަށް ޓާގެޓްކޮށްގެން މިދިޔަ ހަފްތާ އިން ފެށިގެން އޮޕަރޭޝަނެއް ހިންގާ އޭގެ ތެރެއިން 10 މީހުން މިހާރު ވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ފަރުވާ އަށް ނެގިފައި. އަނެއް 4 މީހުން ވަނީ އެކި މައްސަލަތަކުގައި ޕޮލިސް ކޭސްގައި މިހާރު ބަންދަށް ގެނެވިފައި. ބާކީ 7 މީހުން ހޯދުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން މިދަނީ ކުރަމުން."

ވަޒީރު އިހުސާން ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވަނީ މި ހުރިހާ އެންމެންނަކީ ވެސް ގާނޫނު ތެރެއިން ރިހެބިލިޓޭޓް ކުރަން ޖެހޭ މީހުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާއިރު، ދާދި ފަހުން މިސްކިތްތަކުން ތަކެތި ވަގަށް ނަގާ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ.

ކޮމެންޓް
ސަޢީދު
ޑުރަގުގެވިޔަފާރިކުރާމީހުންމަރަންގާނޫނެއްހަދާބަލަ އެއްވެސްމަސަތްކަތެއްނުކުރާމީހާގެނަމުގައި 6ހަ ކާރުރަޖިސްޓަރީކުރާއިރުއެހޯދިގޮއިބެލިފައިނުވޭ މީދެރަކަމެއް
25 Jun 2024
މުޖާ
ވަގުން އެންގެނީ މިހާރު ޔޫރިންަަެްއިން ދޯ؟
25 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.