މެޗަށްފަހު ސްލޮވެނިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ
ކުޅިވަރު
26 Jun 2024 | 03:23
އިންގްލެންޑާއި އެއްވަރުވެ ސްލޮވޭނިއާއަށް ތާރީޚީ ކާމިޔާބެއް

ޔުއެފާ ޔޫރޯ 2024 ގެ ގުރޫޕް ސީގައި އިންގްލޭންޑާއި ސްލޮވޭނިއާ ވާދަކުރި މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެ، ބޮޑު މުބާރާތެއްގެ ނޮކައުޓް ބުރުން ފުރަތަމަ ފަހަރަށް ސްލޮވޭނިއާ އިން ޖާގަ ހޯދައިފިއެވެ.

މުބާރާތުގައި އިންގްލޭންޑް ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވި ނަމަވެސް، ޑެންމާކާއި ދެކޮޅަށް ކުޅުނު ދެވަނަ މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި ސްލޮވޭނިއާ އިން މުބާރަތުގައި ކުޅުނު ފުރަތަމަ ދެމެޗުގައި ޑެންމާކް އަދި ސާބިއާ ދެކޮޅަށް ކުޅުނު ދެމެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި އިންގްލޭންޑުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެ ކުޅެ މެޗު ޑޮމިނޭޓްކުރިއިރު، މެޗުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ފޯވާޑް ބަކަޔޯ ސަކާ އެޓީމަށް ލަނޑެއްވެސް ކާމިޔާބުކޮށްދިނެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މީގެ އިތުރުން ފުރަތަމަ ހާފުގައި ލަނޑުޖަހާނެ މާ ރަނގަޅު ހުސް ފުރުސަތުތަކެއް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ތަނަވަސްކުރެވިފައި ނުވާއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި އިންގްލޭންޑުން ވަނީ ބަދަލުތަކަކާއެކު ލަނޑެއްޖެހޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެޓީމުގެ އެޓޭކުތައް ހުއްޓުވުމުގައި ސްލޮވޭނިއާ އިން ވަނީ ރޭވުންތެރިކަމާއެކު މޮޅު ދިފާއީ ކުޅުމެއް ދައްކަދީފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިނަތީޖާއެކު މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އިންގްލޭންޑް ދެވަނަ ބުރުން ޖާގަ ހޯދީ ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ކުޅުނު ތިން މެޗު ލިބުނު ތިން ޕޮއިންޓާއެކު ސްލޮވޭނިއާއަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބިފައިވަނީ، ހަ ގުރޫޕުން ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނިގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.