ނަޝީދާއި ރައީސް ޞާލިހު
ހަބަރު
26 Jun 2024 | 13:08
އެމްޑީޕީ އަދިވެސް އެނބުރެންވީ ބަރުލަމާނީ ގެނައުމުގެ މިސްރާބަށް: ރައީސް ނަޝީދު

އިދިކޮޅު މައި ޕާޓީ އެމްޑީޕީ ކުރިން އެނބުރުނީ، އަދި މިހާރުވެސް އެނބުރެންވީ ބަރުލަމާނީ ގެނައުމުގެ އަމާޒަށް ކަމަށް ކުރީގެ ރައީސް، އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅު ވެއްޖެ އެވެ.

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަހާ ގުޅިގެން އެކަމުގެ ތަހުނިޔާ ފޮނުވައި ނަޝީދު އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ އެންމެ އަސާސީ އެއް އުސޫލަކީ ރައްޔިތުންނަށް ފައިދާހުރި ވެެރިކަމެއް ހިންގޭނީ ޕާލިމަންޓަރީ ސިސްޓަމް، ނުވަތަ ބަރުލަމާނީ ނިޒާމަކުން ކަމަށް ދެކޭ ދެކުން ކަމަަށެވެ.

އަދި އެ ޕާޓީގެ އޮނިގަނޑު ރޭވިފައި ވަނީ ވެސް އެ ހަމައަށް ކަމަށް އެމަނިކުފާ ުވިދާޅުވިއެވެ.

"[އެމްޑީޕީ] އަދި ވެސް އެނބުރެންވީ އެ [ބަރުލަމާނީ ގެނައުމުގެ] މިސްރާބަށް،"

ކުރީގެ ރައީސް ނަޝީދު

ނަޝީދަކީ ފެށުނީއްސުރެވެސް ބަރުލަމާނީ ނިޒާމް ރާއްޖެއަށް ގެނައުމަށް ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި އޮންނާނެ ނިޒާމަކާއި ގުޅޭގޮތުން ރައްޔިތުންނަށް ފެންނަ ނުފެންނަ ވޯޓް ނެގިއިރު، އެމްޑީޕީ އިންވެސް ވާކާލާތު ކޮށއފައިވަނީ ބަރުލަމާނީ ނިޒާމަށެވެ. 

އެހެންނަމަވެސް، ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. 

އޭގެ ފަހުން އަދާއި ޖެހެންދެންވެސް ނަޝީދު ގޮވާލައްވަމުން އަންނަނީ ބަރުލަމާނީ ނިޒާމަށް ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރެއްވުމަށެވެ. އެމްޑީޕީ ބައިބައިވެ، ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ މެންބަރުން އެ ޕާޓީން ވަކިވުމުގެ ފަހަތުގައުވެސް އޮތް އެއް ސަބަބަކީ، ރާއްޖެއަށް ބަރުލަމާނީ ނިޒާމް ގެންނަން ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި، އެމަނިކުފާނަށް ތާއިދު ކުރައްވާ އެމްޑީޕީ މެންބަރުން އެއްބަސް ނުވުމެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.