ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާއި އެކު-- ފޮޓޯ: މިނިސްޓްރީ
ހަބަރު
26 Jun 2024 | 12:09
ރާއްޖޭގެ އަސްކަރީ ނިޒާމާއި އިގްތިސާދު ހަރުދަނާކުރުމާއި ގުޅޭގޮތުން އެމެރިކާ އާއިއެކު މަޝްވަރާކޮށްފި

ދިވެހި ރާއްޖޭގެ އަސްކަރީ ނިޒާމާއި އިގްތިސާދު ހަރުދަނާކުރުމާއި ގުޅޭގޮތުން އެމެރިކާ އާއިއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކުރައްވާފައި ވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާ އަށް ކުރައްވަވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީ އަށް ވަޑައިގެން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާއި އެކު ބޭއްވެވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި، ދެގައުމުގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި، ރާއްޖޭގެ އަސްކަރީ ނިޒާމާއި އިގްތިސާދު ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން ވެސް މަޝްވަރާ ކުރެއްވިއެވެ. 

ހަމައެއާއިއެކު، ޑިމޮކްރަސީ ހަރުދަނާ ކުރުމާއި  މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުން ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް ޚާރިޖީ ވަޒީރު ވަނީ އެންޓަނީ ބްލިންކެން އާއި އެކު މަޝްވަރާ ކުރައްވާފައެވެ.

މީގެ އިތުރުންވެސް، ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހި ކުރެވޭނެ އިތުރު ދާއިރާތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއިރު، އެންޓަނީ ބްލިންކެން ވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ އިތުރުން މަޖިލިސް އިންތިހާބުގައި ސަރުކާރުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށާއި، ތިމާވެށި ހިމާޔަތްކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގެ ތެރެއިން ޚާރިޖީ ވަޒީރު ޒަމީރު ވަނީ އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދަވާ ތައުލީމީ ފުރުސަތުތައް ފާހަގަކުރައްވާ، އެމެރިކާއަށް ކިޔަވަންދާ ދަރިވަރުންނަށް ފަސޭހައިން ވިސާ ލިބޭނެ އިންތިޒާމެއް އެމެރިކާ ސަރުކާރުން ހަމަޖައްސައިދިނުމަކީ ސަގާފީ ގޮތުންނާއި ފަތުރުވެރިކަމާއި ވިޔަފާރީގެ ދާއިރާއިން ދެގައުމުގެ ދޭތެރޭގައިވާ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު ޒަމީރާއި އެކު އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓްއާއެކު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޢަބްދުލް ޣަފޫރު މުޙައްމަދާއި، ސެކެޓްރީ އޮފް ބައިލެޓަރަލް ރިލޭޝަންސް ޑރ. ޙާލާ ހަމީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވަޒީރު ޒަމީރު މިހާރު އެމެރިކާ އަށް ކުރައްވަމުންގެންދަވާ 3 ދުވަހުގެ ދަތުރުފުޅުގައި  އެމެރިކާ ސަރުކާރުގެ އިސް ވެރިންނާއި އދ. ގެ އިސް ވެރިންގެ އިތުރުން އެމެރިކާގެ ވޮޝިންގްޓަން ޑީސީއާއި، ނިއު ޔޯކުގެ އިތުރުން ނިއު ޖާޒީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.