މެމްބަރު އިބްރާހިމް ފަލާހް-- ފޮޓޯ: މަޖިލިސް
ހަބަރު
26 Jun 2024 | 15:43
ޖަރީމާތައް ހިންގި ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރުކޮށް މައްސަލަ ބަލާނަން: ފަލާހް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ޖަރީމާތައް ހިންގި ކުރީގެ ވެރިން މަޖިލީހަށް ހާޒިރުކޮށް މައްސަލަ ބައްލަވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން، ފެނަކައިގެ ކުރީގެ އިސް ވެރިންގެ އިހުމާލުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތައް ބަލައި ފިޔަވަޅު އަޅަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.

މިގޮތުން ފަލާހް ވިދާޅުވީ، ކުރީ ސަރުކާރު ނިނުމުއިރު ފެނަކަ އޮތީ ހަތަރު ބިލިއަން ރުފިޔާއަށް ދަރަނިވެރި ވެފައިކަމަށާއި، ކުރީ ސަރުކާރުން އެ ފައިސާ ހަރަދު ކުރި ގޮތް ނޭނގޭ އިރު، އެ ފައިސާ އިން ހިންގި އެއްވެސް މަޝްރޫއެއް ނެތް ކަމަށެވެ.

ފެނަކައިގެ އޭރުގެ އިސްވެރިން އެ ފައިސާއިން ހަރަދުކޮށްފައި ވަނީ އަމިއްލަ ބޭނުންތަކަށްކަމަށް ތުހުމަތުކުރައްވާ ފަލާހް ވިދާޅުވީ، އަނބިންނަށާއި ގުޅުން އޮންނަ އެހެން ފަރާތްތަކަށްއެ ފައިސާއިން ހަރަދުކޮށްފައިވާ ކަމަށެވެ.

ހަމައެއާއިއެކު، ކުރީ ސަރުކާރުގައި އެސްޓީއޯ އަދި އާރްޑީސީ ފަދަ ކުންފުނިތަކުން ވެސް އަމަލުކޮށްފައިވަނީ މިފަދައިންކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، މިފަދަ ޖަރީމާތައް ހިންގާފައިހުރި ހުރި ހުރިހާ ކުންފުނީގެ ވެރިން މަޖިލީހަށް ހާޒިރުކޮށް، މައްސަލަ ބަލާނެ ކަމަށެވެ. އަދި ދިވެހި ދައުލަތަށް ގެއްލިފައިވާ ރައްޔިތުންގެ ހުރިހާ ފައިސާއެއް ހޯދައިދިނުމަށް 20 ވަނަ މަޖިލީހުން މަސައްކަތްކުރާން ކަމުގެ ޔަގީންކަން ފަލާހް ދެއްވިއެވެ.

"މިފަދަ ނުބައި ޖަރީމާތައް ހިންގާފަ ހުރި ހުރިހާ ކުންފުނީގެ ވެރިން މިތަނަށް ހާޒިރު ކުރާނެމޭ، މައްސަލަ ބަލާނަމޭ. ދިވެހި ސަރުކާރަށް، ދިވެހި ދައުލަތަށް ދިވެހި ރައްޔިތުންގެ ފައިސާ މި ގެއްލިފަ ހުރި ހުރިހާ ފައިސާއެއް އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް ހޯދައިދިނުމަށްޓަކާ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" 

ފަލާހް ވިދާޅުވިއެވެ.

މީގެ ކުރިން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މުއާޒް މުހައްމަދު ރަޝީދުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެސް ވަނީ އެންމެ ހާލުގައި އޮތީ ފެނަކަ ކަން ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.