ކުރީގެ ރައީސް ނަޝީދު އަދި ކުރީގެ ރައީސް ޞާލިހް-- ފޮޓޯ: އެމްޑީޕީ
ހަބަރު
26 Jun 2024 | 14:50
ރައީސް ނަޝީދާއިއެކު ސުލްހަވާން އެދޭ ކަމަށް ރައީސް ޞާލިހު ވިދާޅުވެއްޖެ

ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ދެމެދުގައިވާ ޒާތީ މައްސަލަތައް އެއްފަރާތްކޮށް، ދެބޭފުޅުން އެކުގައި މަސައްކަތްކުރުމަށް އެދި ރައީސް ޞާލިހް ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގުރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުން އެމްޑީޕީ ބަލިވި ސަބަބަކީ އެޕާޓީ އުފައްދައި، އިސްކޮށް އުޅުނު ބަޔަކު ޕާޓީން ވަކިވެގެން ދިޔުން ކަމަށާއި، މިއަދަކީ އެކަމާއި ދޭތެރޭ އެބޭފުޅުންވެސް ވިސްނަންވީ ވަގުތު ކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ، އެމްޑީޕީއަކީ އެންމެންގެ ވެސް ޕާޓީ ކަމަށާއި، އެމަނިކުފާނާއި މެދު އޮތް ޒާތީ މައްސަލައެއް ވިޔަސް، އެކަން އެއްފަޅީގައި ބޭއްވުމަށްފަހު އެކީގައި ކުރިއަށް ދިޔުމަށް އެދި ދައުވަތުދެއްވިއެވެ.

"މިއީ ހަމަ އަޅުގަނޑުމެން އެންމެންގެ ޕާޓީ. އެންމެން އެކީގައި އުފައްދާފައި އޮތް ޕާޓީއެއް. އެކީގައި ވަޑައިންނަވަންވީ. އެ ޒާތީ، އޭރު އެހުރި މައްސަލަތައް އެކަހެރި ކުރެވޭނެ އިނގޭތޯ. އަދި އަޅުގަނޑާއި ދޭތެރޭ ހުރި މައްސަލައެއް ވިޔަސް އެކަން އެއްފަޅީގައި ބާއްވާފައި. އަދި އަޅުގަނޑުމެން މިކުރާ މަސައްކަތް ނިމުމަކަށް ނުދޭ. "

ރައީސް ޞާލިހު ވިދާޅުވިއެވެ.

ހަމައެއާއިއެކު ރައީސް ޞާލިހު ވިދާޅުވީ، މައްސަލަތައް ހައްލު ކުރަން ކޮންމެވެސް ތަނަކަށް އެއްވެ ކުރިއަށް ދެވޭނެ ގޮތެއް ދެބައި މީހުން ވެސް ހޯދަންޖެހޭ ކަމަށާއި، ދެ ފަޅީގައި ވެސް ތިބީ އެކުގައި އަދިވެސް މަސައްކަތް ކުރެވޭނެ ބޭފުޅުން ކަމަށެވެ.

އެހެން ޕާޓީތަކާއި ޚިލާފަށް ރައްޔިތުން އެމްޑީޕީއާއި މެދު އުއްމީދުތަކެއް ކުރާކަން ފާހަގަކުރައްވަމުން ރައީސް ޞާލިހު ވިދާޅުވީ، މި މައްސަލަތައް ހައްލު ނުކުރެވުމަކީ ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ދެރައެއް ކަމަށެވެ.

"އެމްޑީޕީއާއި ދޭތެރޭގައި ރައްޔިތުން އުންމީދުތަކެއް އޮވޭ އެހެން ޕާޓީތަކާއި ޚިލާފަށް. އެހެންވެގެން އަޅުގަނޑުމެން އެމްޑީޕީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު އެމްޑީޕީ އާއި ދޭތެރޭގައި، އެ ސަރުކާރާއި ދޭތެރޭގައި ރައްޔިތުންގެ އެ ބޭނުންވާ ބޭނުންތައް އިތުރުވަނީ. އެމީހުން އުންމީދުތަކެއް ކުރޭ ޕާޓީއާއި ދޭތެރޭގައި."

ރައީސް ޞާލިހު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީ އަށް ފަހު ޕާޓީގެ އެތެރޭގެ ކޯޅުންތަކަށް ފަހު ރައީސް ނަޝީދު ފުރަތަމަ އުފެއްދެވީ "ފިކުރެއްގެ ދިރުން" ނަމުގައި ޕާޓީގެ އެތެރޭގައި ގޮތްޕެކެވެ.

ޕާޓިގެ އެތެރޭގެ މަސްލަހަތު އިތުރަށް ގޯސްވެ، އެމްޑީޕީގެ އެންމެ އިސް ސަފުގައި ފެށުނީއްސުރެ މަސައްކަތްކުރައްވަމުން ގެންދެވި 13 ބޭފުޅަކު ޕާޓީއާއި ވަކިވެވަޑައިގެން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އައު ޕާޓީއެއް އުފެއްދެވިއިރު، ރައީސް ނަޝީދު ވެސް އެމްޑީޕީން ވަކިވެވަޑައިގަތެވެ.

އޭގެ ފަހުން، ރިޔާސީ އިންތިހާބުގެ ތެރެއިން ވެސް ޑިމޮކްރެޓްސް އިން އެމްޑީޕީއަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ދެމުންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.