ޕޯޗުގަލް އާއި ޖޯޖިއާ ވާދަކުރި މެޗުގެ ތެރެއިން
ކުޅިވަރު
27 Jun 2024 | 05:07
ޖޯޖިއާ އަތުން ބަލިވި ނަމަވެސް ގުރޫޕްގެ އެއްވަނަ ލިބުނީ ޕޯޗުގަލްއަށް

ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ 2024 ގެ ގުރޫޕް އެފްގައި ޕޯޗުގަލް އާއި ޖޯޖިއާ ވާދަކުރި މެޗުން 2-0 ގެ ނަތީޖާއަކުން ބަލިވި ނަމަވެސަ ގުރޫޕްގެ އެއްވަނަ ޕޯޗުގަލް އިން ހޯދައިފިއެވެ.

މުބާރާތުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗުގައި 2-1 ގެ ނަތީޖާއަކުން ޗެކް ރިޕަބްލިކް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ފަސޭހަކަމާއެކު 3-0 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށްފައެވެ. އަދި ޖޯޖިއާގެ ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން ތުރުކީ އަތުން ބަލިވި ނަމަވެސް ޗެކް ރިޕަބްލިކާއި ދެކޮޅަށް އެޓީމުން ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗު ފެށިގެން ދެވަނަ މިނެޓުގައި ޖޯޖިއާ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް ކުވިޗާ ކުވަރަޓްސްކޭލިއާއެވެ. މިއީ ޕޯޗުގަލްގެ ފަހަތުން އެޓީމުގެ ޒުވާން ޑިފެންޑަރު އެންޓޯނިއޯ ސިލްވާއަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެޓީމުގެ ޖޯގެސް މިކައުޓަޑްޒޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށްވަދެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑަށްފަހު ޕޯޗުގަލް އިންވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. އެގޮތުން މިހާފުގައި އެޓީމުންވަނީ ލަނޑުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ޖޯޖިއާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޕޮޗުގަލް އިން މެޗު ޑޮމިނޭޓުކުރިއިރު، މިހާފުގައި ވެސް އެޓީމުން ވަނީ ޖޯޖިއާގެ ގޯލަށް ގިނަ ހަނަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް އެޓީމަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ފަހުހާފުގެ 57 ވަނަ މިނެޓުގައި ޖޯޖިއާއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ.

މިލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޖޯގެސް މިކައުޓަޑްޒޭއެވެ. މިއީ ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު އެންޓޯނިއޯ ސިލްވާ ޖޯޖިއާގެ ލޫކާ ލޮޗޮޝްވިލީއަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓިމަށް ދިން ޕެނަލްޓީއެކެވެ.

ޑަލޯގެ ހަމަލާގެ ކުރިން ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން ފައުލްކޮށްފައިވޭތޯ ބެލުމަށް ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދައިފައެވެ. ވީއޭއާރްއަށް ބެލުމަށްފަހު ރެފްރީ ނިންމީ ޕެނަލްޓީ އޭރިއާ ތެރެއިން ލޫކާ ލޮޗޮޝްވިލީއަށް ޕޯޗުގަލް ޑިފެންޑަރު އެންޓޯނިއޯ ސިލްވާ ފައުލްކޮށްފައިވާ ކަމަށެވެ. މެޗުގެ 57 ވަނަ މިނެޓުގައި ޕެނަލްޓީ ކާމިޔާބުކޮށް، ޖޯޖިއާއަށް ލީޑު ފުޅާކޮށްދިނީ ޖޯގެސް މިކައުޓަޑްޒޭއެވެ.ޕޯޗުގަލުން ކުރިއަށް ޖެހި ކުޅެމުންދަނިކޮށް، މެޗުގެ 71 ވަނަ މިނެޓުގައި ވެސް ޖޯޖިއާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި އޮޓާ ކިޓެއިޝްވިލީ ދިން ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގިއޯގީ ޗަކްވެޓަޑްޒޭ ފޮނުވާލި ހަމަލާ، ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓިީމުންވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ޖޯޖިއާވކުރީގައި އޮވެގެންނެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ކުޅުނު ތިން މެޗުން ޖޯޖިއާއަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕްގެ ތިންވަނަ ޓީމުގެ ގޮތުގައި އެޓީމުން ވަނީ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުން ބަލިވި ނަމަވެސް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލްއަށް ވެސް ވަނީ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބިފައެވެ.

މީގެ އިތުރުން މިއީ ޔޫރޯގައި ޖޯޖިއާއިން ކުޅޭ ފުރަތަމަ ފަހަރެވެ. އަދި މިއީ މި މުބާރާތުގައި އެޓީމުން ހޯދި ފުރަތަމަ މޮޅެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.