މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން-- ފޮޓޯ: މަޖިލިސް
ހަބަރު
27 Jun 2024 | 15:46
ކުރީ ސަރުކާރުން ވޭރިއޭޝަންގެ ނަމުގައި، ނަހަމަ ގޮތުގައި ގިނަ ކުންފުނިތަކަކަށް ފައިސާ ދީފައިވާކަން ހާމަވެއްޖެ

ނިމިދިޔަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވޭރިއޭޝަންގެ ނަމުގައި، ނަހަމަ ގޮތުގައި ގިނަ ކުންފުނިތަކަކަށް ފައިސާ ދީފައިވާކަން ހާމަވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މާލީ ވުޒާރާއި އެކު ބޭއްވި ބައްދަލުވުމުގައި އެ ވުޒާރާއިން ވަނީ  ވޭރިއޭޝަންގެ ނަމުގައި އެކި ކުންފުނިތަކަށް ފައިސާ ދިނުން، މިދިޔަ ސަރުކާރުގައި އާމްދަނީ ހޯދާ ނިޒާމަކަށް ބަދަލުވެފައިވާކަމަށް ބުނެފައެވެ.

މިގޮތުން އެވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު ސާއިދު މުސްތަފާ ވިދާޅުވީ މަޝްރޫއުތަކުގެ ބިޑަށް ހުޅުވާލުމާއިއެކު، އެންމެ ކުޑަ އަގެއް ހުށަހަޅައި، ބިޑު ކާމިޔާބު ކުރުމަށްފަހު ވޭރިއޭޝަންގެ ނަމުގައި އިތުރަށް ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކުން ނަގާފައިވާ ކަމަށެވެ.

ސާއިދު ވިދާޅުވީ، ޓެންޑަރިން ޕްރޮސެސިންގައި އަގު ކުޑަކުރަން ބޭނުންވުމުުން، ކުޑަ އަގެއް ހުށަހަޅައި، ޓެންޑަރ ކާމިޔާބު ކުރެވޭނެކަން ކުންފުނިތަކަށް އެނގޭ ކަމަށެވެ. މިގޮތުން ބައެއްފަހަރު ދޮރު ފަދަ ތަކެތި ޖެހުން ފަދަ މަސައްކަތްތަކަށް 20 މިލިއަން ނުވަތަ 25 މިލިއަން ރުފިޔާ އިތުރު ކުރަން ކުންފުނިތަކުން އެދޭކަން ފާހަގަކުރައްވަމުން ސާއިދު ވިދާޅުވީ، މިފަދަ އެތައް ކަމެއް މިދިޔަ ސަރުކާރުގެ ތެރޭގައި ހިނގާފައި އެބަހުރި ކަމަށެވެ.

"ވޭރިއޭޝަން މިގޮތަށް އަންނަން ދިމާވާ މައްސަލައަކީ ޕްރޮޖެކްޓް މިއޮތީ އެވޯޑް ކުރެވިފައި. ބައެއް ފަހަރު އެބައާދޭ ދޮރުތައް ޖަހަން 20 މިލިއަން, 25 މިލިއަން އިތުރު ކުރަން. މިކަހަލަ އެތައް ކަމެއް އެބަހުރި. ދައުލަތުން ބޭސް ސަޕްލައި ކުރުމުގައި ވެސް ނުވަތަ ރީއެޖެންސް ސަޕްލައި ކުރުމުގައި ވެސް. ވޭރިއޭޝަން އަކީ އާމްދަނީ ހޯދުމުގެ މަގަކަށް ވެފައި މިއޮންނަނީ."

ސާއިދު ވިދާޅުވިއެވެ.

މާލީ ނިޒާމުތެރެއިން ނާޖާއިޒް ފާއިދާ ނެގޭ ގޮތަށް އޮތް މި ކަންތައް މާލިއްޔަތު ޤާވާއިދަށް އިސްލާހު ގެނެސްގެން މިކަން ހައްލުކުރުމަށް މަސައްކަތްކުރައްމުންދާ ކަމަށް ސާއިދު ވިދާޅުވިއެވެ.

ކޮމެންޓް
ސުން
ފެނަކަ ސައީދު އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު މުޢުނީ ގުޅިގެން ހިންގި ޖަރީމާތައް ބަލަންޖެހޭ.މުޢުނީ ދޯނިންކުރާ ދަތުރު އެއްދަތުރެއް ޖައްސާކޮންމެ ރަށެއް ވަކި ދަތުރެއްގޮތަށް ބަލާ ބިލްކޮށް ރުފިޔާ ނެގި ކަމުގެ ތުހުމަތު ކުރޭ.
27 Jun 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.