ޣައްޒާގެ ރައްޔިތުންނަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގެ ފަހަތުގައި ތިބި ޔަހޫދީ ތިން ވެރިން-- ފޮޓޯ: އެރިއެލް ހަރމޮނީ
ދުނިޔެ
27 Jun 2024 | 15:44
ޣައްޒާގެ ގަތުލުއާއްމާއި ގުޅިގެން، ޔަހޫދީ ވެރިންނާއި ދެކޮޅަށް ދެކުނު ކޮރެއާގައި ދައުވާ އުފުލައިފި

ޔަހޫދީ ފައުޖުން ޣައްޒާގައި ކުރިއަށްގެންދާ ގަތުލުއާއްމާއި ގުޅިގެން، ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތްކަމަށްވާ އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭހެން އެ ސަރުކާރުގެ 7 މީހަކާއި ދެކޮޅަށް ދެކުނު ކޮރެއާގައި ދައުވާ ކޮށްފިއެވެ.

ދެކުނު ކޮރެއާގެ އެންޖީއޯއެއް ކަމަށްވާ ޕީޕަލްސް ސޮލިޑަރިޓީ ފޯ ޕާޓިސިޕޭޓަރީ ޑިމޮކްރަސީ (ޕީއެސްޕީޑީ) އިން އިސްވެ ހުށަހެޅި މި ދައުވާގައި އޭޝިއަން ޑިގްނިޓީ އިނިޝިއޭޓިވްސް އާއި ދެކުނު ކޮރެއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ހިމެނޭ ގޮތަށް 5،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.

ޕީއެސްޕީޑީ އިން ބުނީ އެމީހުން މި މައްސަލައިގައި ދައުވާ ކުރި އިސްރާއީލުގެ ވެރިންނަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމާއި ހަނގުރާމައިގެ ޖަރީމާތައް ރާވައި ހިންގުމުގައި ބައިވެރިވި ބައެއް ކަމަށެވެ.

މިގޮތުން، ދެކުނު ކޮރެއާގައި މި ދައުވާ އުފުލާފައިވާ ޔަހޫދީ ވެރިންނަކީ:
1) ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

2) ރައީސް އައިސާކް ހެރްޒޮގް

3) އައިޑީއެފްގެ ޗީފް އޮފް ސްޓާފް ހެރްޒީ ހަލެވީ

4) ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް

5) ފޮރިން މިނިސްޓަރު އިސްރާއީލް ކަޓްޒް

6) ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް

7) ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން ގްވިރް

މި އަނިޔާވެރިންގެ މައްޗަށް ޕީއެސްޕީޑީ އިން އުފުލި ދައުވާގައި އެމީހުން ހިންގި ޖަރީމާތައް ތަފްސީލުކޮށްފައިވާއިރު، އޭގެ ތެރޭގައި ޣައްޒާއަށް އިންސާނީ އެހީ ވެއްދުން ހުއްޓުވުމާއި، ސިއްހީ ނިޒާމަށް އަމާޒުކޮށް ހަމަލާދިނުމާއި، ކެމިކަލް ހަތިޔާރު ބޭނުންކުރުމާއި، ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ބޭތިއްބުން ހިމެނެއެވެ.

މި މައްސަލަ މިހާރު ދެކުނު ކޮރެއާ ގެ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާއިރު، އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ވެރިންގެ މައްޗަށް ދައުވާކުރަން އެގައުމުގެ ޕްރޮސެކިއުޓަރ ޖެނެރަލް އަށް ފޮނުވުން އޮތީ މިހާރު އެގައުމުގެ ފުލުހުންގެ އަތްމަތީގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.