ޖަމީލް ހުރި ޖަލު ގޮޅީގެ ސީސީޓީވީ ފުޓޭޖް ފުލުހުން ވަނީ ދައްކާފައި--
ހަބަރު
29 Jun 2024 | 14:11
މިހާތަނަށް ބެލިބެލުމުން ޖަމީލަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ދީފައިވާކަން އެނގޭކަށް ނެތް: ފުލުހުން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި މުޙައްމަދު ޖަމީލަށް ޖިސްމާނީ ގޮތުން އެއްވެސް އަނިޔާއެއް ދީފައިވާކަން މިހާތަނަށް ބެލި ބެލުމުން އެނގެން ނެތް ކަމަށް ފުލުހުން ބުނެފިއެވެ.

ޖަމީލްގެ މަރާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޗީފް އިންސްޕެކްޓަރު ވިދާޅުވީ، އޭނާ މާފުށީ ހޮސްޕިޓަލަށް ގެންދިއުމުން ފޮރެންސިކް އަދި ތަހުގީގު ފުލުހުން ގޮސް މައުލޫމާތު ސާފުކުރި ކަމަށާއި، ހަށިގަނޑުގައި ނިޝާންތަކެއް ހުރިނަމަވެސް، އޭނާއަށް ޖިސްމާނީ ގޮތުން މީހަކު އަނިޔާއެއް ދީފައިވާކަމަށް ނުބެލެވޭކަމަށެވެ.

ހަމައެއާއިއެކު، ފުލުހުން ބުނީ، ޖަމީލް ހުރި ގޮޅިއަށް ދިޔައިރު،  އޭނާ ސަޖިދައަށް ގޮސް އޮތުމުގައި އެއްވެސް ޙަރަކާތެއް ނެތި އޮއްވައި ފެނުނު ކަމަށާއި، އޭނާގެ އަނގައާއި ނޭފަތުން ފޮނު ޒާތުގެ އެއްޗެއް ބޭރުވެފައި ހުރިކަަން ފާހަގަވި ކަމަށެވެ. މި މައްސަލައިގައި މިހާތަނަށް ބެލި ބެލުމުގައި ވެސް އެއްވެސް މީހަކު ޖަމީލަށް ގޯނާއެއް ކުރިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޖަމީލް ހުރި ގޮޅީގެ ކެމެރާ ފޫޓޭޖް ފުލުހުން މި ބައްދަލުވުމުގައި ދެއްކިއިރު، އެކަމާއި ގުޅޭގޮތުން ފުުލުހުން ބުނީ އެ ފުޓޭޖުންވެސް  އެ ގޮޅިއަށް އެރޭ 09:30 އިން ހެނދުނު 11:34 ގައި ޖަލު ބަލަހައްޓާ އޮފިސަރަކު ވަދެފައިވާ ތަން ނުފެންނަ ކަމަށެވެ.

" މުހައްމަދު ޖަމީލްގެ ހަށިގަނޑު ބެލިބެލުމުން އަޅުގަނޑުމެންނަށް ހަށިގަނޑުގައި ފާހަގަކުރެވޭ ބައެއް ކަހަލަ ނިޝާންތަކެއް ހުރި ނަމަވެސް، އެހިނދާއި ހަމައަށް ނުވަތަ މިއަދާއި ހަމައަށް ވެސް އަޅުގަނޑުމެން މި ކުރި ތަހުގީގުން މުހައްމަދު ޖަމީލްގެ ހަށިގަނޑަށް ލިބިފައިވަނީ އެއްވެސް ފަރާތަކުން ޖިސްމާނީ ގޮތުން ދީފައިވާ އަނިޔާތަކެއް ކަމަށް ގަބޫލެއް ނުކުރެވޭ."

 ޗީފް އިންސްޕެކްޓަރު ވިދާޅުވިއެވެ.

ހަމައެއާއިއެކު، ޖަމީލްގެ ހަށިގަނޑުގެ ސީޓީ ސްކޭނެއްވެސް ހަދާފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ  އޭގެ ނަތީޖާ އަދި ލިބިފައި ނުވާ ކަމަށެވެ. 

ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ބަންދުކޮށްފައި ހުރި ޖަމީލު ގޮޅިން ބޭރަށް ނުނިކުމެ، ހަރަކާތް ނުކޮތް ގިނައިރު އޮތްކަން ފާހަގަ ކުރެވިގެން މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރް ދީފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ނަމަވެސް، ހާލަތަށް އެއްވެސް ބަދަލެއް ނައުމާ ގުޅިގެން، 12:13 ހާއިރު މާފުށީ ސިއްޙީ މަރުކަޒަށް ގެންގޮސް އޭނާއަށް ފަރުވާ ދޭން ފެށި ކަމަށާ، 12:45 ގައި ޑޮކްޓަރު ވަނީ މުޙައްމަދު ޖަމީލްގެ ހިތް ހުއްޓިގެން ނިޔާވިކަމަށް ކަނޑައަޅާފައިވާ ކަމަށް ކަރެކްޝަންސް އިން މައުލޫމާތު ދީފައިވެއެވެ.

ޕޯސްޓްމޯޓަމް ހެދުމަށް އާއިލާގެ ހުއްދަ ނުލިބުމުން، ޖަމީލްގެ ހަށިގަނޑު ވަނީ މިއަދު ފަތިހު ވަޅުލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.